05 ސެޕްޓެމްބަރ 2023
ރިއޯ ޑި ޖެނީރޯ (ސެޕްޓެމްބަރު 5) - މި މަހު ކުޅޭ އިންޓަނޭޝަނަލް މެޗުތަކަށް އެކުލަވާލި ބްރެޒިލްގެ ގައުމީ ޓީމުގެ ފޯވާޑް އެންޓޮނީ އަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުމުން އޭނާ ގައުމީ ޓީމުން ބޭރުކޮށްފި އެވެ.
ރިއޯ ޑި ޖެނީރޯ (ސެޕްޓެމްބަރު 5) - މި މަހު ކުޅޭ އިންޓަނޭޝަނަލް މެޗުތަކަށް އެކުލަވާލި ބްރެޒިލްގެ ގައުމީ ޓީމުގެ ފޯވާޑް އެންޓޮނީ އަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުމުން އޭނާ ގައުމީ ޓީމުން ބޭރުކޮށްފި އެވެ.
އެންޓޮނީގެ މައްޗަށް ތުހުމަތު ކުރެވުނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ގެބްރީލާ ކަވަލިން އަށް ގެވެށި އަނިޔާ ކުރި ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ދޮގު ކުރި އެވެ.
ބްރެޒިލްގެ ގައުމީ ޓީމުން ނެރުނު ބަޔާނުގައި ބުނީ އެންޓޮނީއާ މެދު ފެންމަތިވި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޭނާގެ މައްސަލަ ތަހުގީގު ކުރުމަށް ފުރުސަތު ދޭން ސްކޮޑުން އުނިކުރަން ނިންމާފައިވާ ކަމަށެވެ.
"އަނިޔާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހާގެ ހައްގުގައި އަދި ކުޅުންތެރިޔާ އާއި ބްރެޒިލްގެ ޓީމާއި ސީބީއެފް [ބްރެޒިލްގެ ފުޓްބޯލް ކޮންފެޑްރޭޝަން] ހިމާޔަތް ކުރުމުގެ ގޮތުން އެ އެތުލީޓް [އެންޓޮނީ] ބްރެޒިލް ޓީމުން ވަކިކޮށްފައިވާކަން ހާމަކުރަން،" ބްރެޒިލްގެ އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އޭނާގެ ބަދަލުގައި ގައުމީ ޓީމަށް ނެގީ އާސެނަލްގެ ގެބްރިއަލް ޖެސޫސް އެވެ.
ބްރެޒިލްގެ ނޫހެއް ކަމަށްވާ ޔޫއޯއެލް އަށް ކަވަލިން އިއްޔެ ބުނީ އެންޓޮނީ ގެ ފަރާތުން އެންމެ ފުރަތަމަ އަނިޔާ ލިބުނީ މިދިޔަ އަހަރު ޖޫން މަހު ކަމަށެވެ. އޭރު ދުއްވަމުން ދިޔަ ކާރު ތެރެއިން ނެރެ އެއްލާލާނެ ކަމަށް ވެސް އެންޓޮނީ ބުނި ކަމަށް ކަވަލިން ބުންޏެވެ.
މި އަހަރު ޖަނަވަރީގައި މެންޗެސްޓާގެ ހޮޓަލެއްގެ ރޫމްގައި ތިބި އިރު ވެސް އެންޓޮނީ އަނިޔާ ކުރި ކަމަށާއި އެ އަނިޔާގައި މޭމައްޗަށް ތަދުވި ކަމަށް ކަވަލިން ބުންޏެވެ. އަދި މި އަހަރު މެއި މަހު އޭނާގެ ފަރާތުން ލިބުނު އަނިޔާއެއްގައި އަތުގެ އިނގިއްޔަކަށް ވެސް އަނިޔާވި ކަމަށް ކަވަލިން ބުންޏެވެ.
އެންޓޮނީ ނެރުނު ބަޔާނުގައި ބުނީ ކަވަލިންއާ މައްސަލަ ޖެހުނު ނަމަވެސް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށެވެ.
ބްރެޒިލް ތައްޔާރު ވަމުން ދަނީ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު އޮތް ދެ މެޗަށެވެ. ފުރަތަމަ މެޗިުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ބޮލީވިއާ އާ ދެކޮޅަށެވެ. އަދި އަންނަ އަންގާރަ ދުވަހު ޕެރޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
ބްރެޒިލް އާއި އާޖެންޓިނާގެ މެޗު އަލުން ނުކުޅެނޭ
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
ރޭސިޒަމްއާ ދެކޮޅު މެޗުން ޗެރިޓީއަށް ފައިސާއެއް ނެތް
އަނެއް ބުރަށް އިންޑިއާ ނުދެވިއްޖެނަމަ އިސްތިއުފާ ދޭނަން
ރޮނާލްޑީނިއޯގެ އަތްމަތިދަތިވެ މުޅިން ބަނގުރޫޓްވެއްޖެ
ޑިއާޒްގެ ގޯލުތަކާއެކު ބައްޕަގެ ލޮލުން އުފަލުގެ ކަރުނަ
ކުރިއަށްވުރެ ބޮޑަށް އާއިލާއާއި ރައްޓެހިންގެ އެހީ ބޭނުން
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން