ގުވަހަޓީ (މާޗް 26) - ވޯލްޑް ކަޕް ކޮލިފައިންގެ ތިންވަނަ ބުރަށް އިންޑިއާ ނުގެންދެވިއްޖެނަމަ، މަގާމުގައި ނުހުންނާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗު އީގޯ ސްޓިމަޗް ބުނެފި އެވެ.
ގުވަހަޓީ (މާޗް 26) - ވޯލްޑް ކަޕް ކޮލިފައިންގެ ތިންވަނަ ބުރަށް އިންޑިއާ ނުގެންދެވިއްޖެނަމަ، މަގާމުގައި ނުހުންނާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗު އީގޯ ސްޓިމަޗް ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު، ގުވަހަޓީގައި އިންޑިއާއިން ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.
އޭޝިއާގެ ޗެމްޕިއަން ގަތަރާއި އަދި ކުވައިތު ވެސް ހިމެނޭ ގުރޫޕްގައި އިންޑިއާ އޮތީ ހަތަރު ޕޮއިންޓާ އެކު ދެވަނައިގަ އެވެ. ތިންވަނަ ބުރުން ސީދާ ޖާގަ ލިބޭނީ ކޮންމެ ގުރޫޕަކުން ވެސް ގަދަ ދެ ޓީމަށެވެ.
އެ ގުރޫޕުން، އެ ފުރުސަތު ގަތަރާއި އިންޑިއާ އަދި ކުވައިތަށް ވެސް އެބަ އޮތެވެ.
މިދިޔަ އަހަރު އަމިއްލަ ބޭއްވި ސާފް ޗެމްޕިއަންޝިޕް ކުވައިތު ބަލިކުރުމަށް ފަހު، އެ އިންޑިއާ އަށް ހޯދައި ދިން ސްޓިމަޗް ބުނީ، ތިންވަނަ ބުރަށް އިންޑިއާ އަށް ނުދެއްވިއްޖެނަމަ ކޯޗުކަން ދޫކޮށްލާނީ އެއް ވެސް ފަސް ޖެހުމެއް ނެތި ކަމަށެވެ.
"އިންޑިއާ ތިން ވަނަ ބުރަށް ނުގެންދެވިއްޖެ ނަމަ، އަހަރެންގެ ފަހުރުވެރިކަމާ އެކީގައި، ފަސް އަހަރު ދުވަހުގެ މަސައްކަތުގައި ކުރެވުނު ހުރިހާ ކަމަކާ އަހަރެންގެ ޝަރަފާ އެކު ކޯޗުކަން ދޫކޮށްލާނަން. އަހަރެންގެ މަގާމު އެހެން މީހަކަށް ދޫކޮށްލާނަން،" ޗެލެންޖްކޮށްފައި ސްޓީމަޗް ބުންޏެވެ.
އިންޑިއާގެ ގައުމީ ޓީމާ 2019 ގައި ހަވާލުވި، ސްޓިމަޗާ މިދިޔަ ފަސް އަހަރު ކުރި މަސައްކަތް ރަނގަޅުވުމުން، އިންޑިއާގެ ފެޑެރޭޝަބުން ވަނީ އޭނާގެ ކޮންޓްރެކްޓް ޖޫން 2026 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ކްރިކެޓަށް މަރުދޭ އިންޑިއާގައި، މިރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ މެޗު ބަލަން 23،000 މީހުން ދަނޑަށް ވާންނާނެ ކަމަށް ބެލެވެ އެވެ. ސްޓިމަޗް ބުނީ ސަޕޯޓަރުން ތިބެގެން ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
މާލޭގައިވެސް ރާއްޖެއަށް ބަންގްލަދޭޝް ބަލި ނުކުރެވުނު
އަހްނަފަށް ދިފާއީ މަގާމު ދޭން ސުޒޭން ޖެހިލުމެއްނުވޭ
މިއަހަރު އެންމެ މެޗަކުން ވެސް އިންޑިއާ މޮޅެއް ނުވި
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ފަލަސްތީނު އެފްއޭގެ ރައީސަށް އޮސްޓްރޭލިއާއިން ވިސާނުދިން