Roadha Mihaaru
ބްރެޒިލް އާއި އާޖެންޓިނާގެ މެޗު އަލުން ނުކުޅެނޭ

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި އާޖެންޓިނާ މެޗު އަލުން ނުކުޅެން ނިންމައިފި

17 އޯގަސްޓް 2022

ސައު ޕޯލޯ (އޯގަސްޓް 17) - ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ސެޕްޓެމެބަރު މަހު ބްރެޒިލް އާއި އާޖެންޓީނާ ކުޅެމުން ދިޔަ މެޗު ވަކި ހިސަބަކުން ހުއްޓާލި ނަމަވެސް އެ މެޗު އަލުން ނުކުޅެން ފީފާއިން ނިންމައިފި އެވެ.

ސައު ޕޯލޯ (އޯގަސްޓް 17) - ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ސެޕްޓެމެބަރު މަހު ބްރެޒިލް އާއި އާޖެންޓީނާ ކުޅެމުން ދިޔަ މެޗު ވަކި ހިސަބަކުން ހުއްޓާލި ނަމަވެސް އެ މެޗު އަލުން ނުކުޅެން ފީފާއިން ނިންމައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ދެ ޓީމު ކުޅެން އޮތް އެންމެ ފަހު މެޗު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ސައު ޕޯލޯގައި ކުޅުން ފެށި ނަމަވެސް މެޗު ހުއްޓާލަން ޖެހުނީ ބްރެޒިލްގެ ހެލްތު އެތޯރިޓީން މެޗު ހުއްޓާލަން އެންގުމުންނެވެ. މެޗު ހުއްޓާލީ އާޖެންޓިނާގެ ބައެއް ކުޅުންތެރިން ކޮވިޑް-19 ގެ ޕްރޮޓޮކޯލް މުގުރާލި ކަމަށް ބުނެ އެވެ.

ފީފާއިން ކުރިން ރާވަފައި ވަނީ އަންނަ މަހު އެ މެޗު ކުޅުމަށެވެ. ނަމަވެސް ބްރެޒިލުން ވެސް އަދި އާޖެންޓީނާއިން ވެސް އެ މެޗު އަލުން ކުޅޭކަށް ބޭނުމެއް ނުވެ އެވެ. ދެ ޓީމުގެ ހުށަހެޅުމަކީ އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް ދެ ޓީމު އޮތް މަގާމަށް ބަދަލު ނާންނާނެތީ މެޗު ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ދެކުނު އެމެރިކާގެ ގުރޫޕްގެ އެއްވަނަ އާއި ދެވަނަ ލިބެނީ ބްރެޒިލް އަދި އާޖެންޓީނާ އަށެވެ.

އެ މެޗު ނުކުޅުނު ނަމަވެސް ބްރެޒިލް އާއި އާޖެންޓީނާއިން ވެސް ދަނީ ވޯލްޑް ކަޕުގެ ކުރިން އެކުވެރި ކަމުގެ މެޗެއް ކުޅުމަށެވެ.

ނޮވެމްބަރު އަދި ޑިސެމްބަރުގައި ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގައި ބްރެޒިލް ހިމެނެނީ ސާބިއާ، ސްވިޒަލެންޑް އަދި ކެމެރޫން އާއެކު ގުރޫޕް ޖީ ގަ އެވެ. ގްރޫޕް ސީގައި އާޖެންޓީނާ އާއކެު ހިމެނެނީ މެކްސިކޯ، ޕލެނެްޑް އަދި ސައުދީ އަރަބިއާ އެވެ.