Roadha Mihaaru
ގުޅިފަޅުގެ ގޯތިތައް ވެސް ހަވާލުކުރަން ފަށައިފި

ގުޅިފަޅުގެ ގޯތިތައް ހަވާލުކުރަން ފަށައިފި، އަމާޒަކީ ދެ އަހަރު ތެރޭ އާބާދުކުރުން

05 ސެޕްޓެމްބަރ 2023

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައި ގޯތީގެ ރަޖިސްޓްރީ ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައި ގޯތީގެ ރަޖިސްޓްރީ ދޭން ފަށައިފި އެވެ.

ގުޅިފަޅުން މިއަދު ވަނީ އެރަށުން ގޯތި ލިބުނު 21 މީހަކަށް ބިން ކަނޑައި އެ ތަންތަނުގެ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ.

ގުޅިފަޅުން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލުކުރި ފުރަތަމަ މީހަކީ އުމުރުން 65 އަހަރުގެ އަހުމަދު ޝާކިރެވެ. އޭނާ ބުނީ މިދިޔަ ތިރިހަކަށް އަހަރު އުޅުނީ މާލޭގެ އެކި ތަންތަނުގައި ކުއްޔަށް ކަމަށާއި މިއަދު މި ލިބުނީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ގުޅިފަޅުން ފުރަތަމަ ގޯތި ލިބުނު އަހްމަދު ޝާކިރަށް ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ކ) ގޯތީގެ ރަޖިސްޓްރީ ކުރަނީ: ޝާކިރަށް ލިބުނީ 2،400 އަކަފޫޓުގެ ގޯއްޗެއް. -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަޅުގަނޑުގެ ބައްޕަގެ ގޯއްޗެއް މި އޮންނަނީ. 10 ކުދިން ތިބޭ. އެހެންވީމާ އަމިއްލަ ގޯއްޗެއް ލިބުނީމަ ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިފަޅުން ގޯތި ލިބުނު އިތުރު މީހުންނަށް ވެސް ބިން ކަނޑައި ގޯތީގެ ރަޖިސްޓްރޭޝަން ހަވާލު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ގޯތި ދޫކޮށް ގުޅިފަޅުގައި މީހުން އާބާދުވާނެ ކަމަށް ބަލަނީ ދެ އަަހަރުގެ ތެރޭގައި ކަމަށެވެ. މީހުން އާބާދުވާން ވާއިރަށް ގުޅިފަޅަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފަޅުން 2،218 ގޯތި ދޫކުރާނެ އެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި މާލޭގެ 18،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ވަނީ ދީފަ އެވެ.

ގުޅިފަޅުން ގޯތި ލިބުނު މީހުން ގޯތި ދޫކުރާ ސަރަހައްދަށް ދަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ގުޅިފަޅުން ގޯތި ލިބުނު މީހުން ގޯތި ދޫކުރާ ސަރަހައްދަށް ދަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަކްރަމް ވިދާޅުވީ، އަމާޒަކީ ނޮވެމްބަރު މަހުގެ 5 ގެ ކުރިން ހުރިހާ ތަނަކުން ގޯތި ކަނޑައި ރަޖިސްޓްރޭޝަން ހަވާލުކުރުން ކަމަށެވެ.

"މިހުރިހާ ސަރަހައްދެއް އެކުއެކީގައި ކުރިއަށްދާނެ. ޕްލޭނާ އެއްގޮތަށް މި ހުރިހާ ކަމެއް ވެސް ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.

ގޯތި ލިބުނު މީހުންނާ އެކު ހައުސިން މިނިސްޓްރީން ސޮއިކުރަން ފެށީ މިދިޔަ މަހުގެ 27 ގަ އެވެ. އެގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރީ މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމަށް މަގުފަހިކުރުމަށް، ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ސީދާ ހައުސިން މިނިސްޓްރީ އަށް ގޯތީގެ ރަޖިސްޓްރީ ދެވޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްގެންނެވެ.