ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ވަރަށް ބޮޑު ކަމަށާއި ގޮތް ހުސްވެގެން އުޅޭ ތަން ފެންނަ އެމްއެންޕީން މިއަދު ބުނެފި އެވެ.
06 ސެޕްޓެމްބަރ 2023
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ވަރަށް ބޮޑު ކަމަށާއި ގޮތް ހުސްވެގެން އުޅޭ ތަން ފެންނަ އެމްއެންޕީން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓް އަހުމަދު އުޝާމް ވިދާޅުވީ. ނާޒިމަށް ތާއީދު ހޯދަނީ އެމްއެންޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯ ދައްކައިގެން ކަމަށް ވިޔަސް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފު ވަރަށް ގިނަ ކަންތައް ކުރާ ތަން ފެންނަ ކަމަށެވެ.
ގާނޫނާއި ގަވާއިދުތައް ފުނޑުފުނޑު ކޮށްލުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ދެރަ ކަމެއް. އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކޮށްގެން ގެނެސްފައި އޮތް ގާނޫނުއަސާސީ އާއި މުޅި ނިޒާމު ފުނޑާލުމަކީ އެއީ އެއްވެސް ރައްޔިތަކު މިއަދު ބަލައިގަންނަން ވާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން،" ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް އެމްއެންޕީގެ ނައިބު ރައީސް އުޝާމް ވިދާޅުވި އެވެ.
ނާޒިމްގެ ކެމްޕެއިން މެނޭޖަރު ހުސައިން އިސްމާއިލް ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ދަނީ ރޯމާދުވާލު، ފާޅުގައި "ފައިސާގެ މުއާމަލާތްތައް" ހިންގަމުންނެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލު ހިންގާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެން މި ކަމާ އެންމެ ކަންބޮޑުވާ އެއް ކަމަކީ މި ކަންތައްތައް ބަލަން ދައުލަތުން އުފައްދާފައިވާ މުއައްސަސާތައް، އެ މީހުން އެ މީހުންގެ ޒިންމާ އަދާނުކުރާތީ. އެހެންވީމާ އެ މީހުން ޒިންމާ އަދާނުކުރުމާއި އެ ކަމުގައި އެއްޗެއް ނުބުނުމުން އިންތިހާބަށް ޝައްކު އުފެދޭ ހިސާބަށް މިހާރު ހިނގައްޖެކަން،" ހުސައިން ވިދާޅުވި އެވެ.
ނާޒިމްގެ ކެމްޕެއިން ޖަލްސާއެއްގައި އޭނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އުޝާމް ވެސް ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގައި އިންތިހާބަށް ނުފޫޒު ފޯރުވާއިރު ވެސް ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތައް އެއްގޮތަކަށް ވެސް ހަރަކާތްތެރި ނުވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނާއި އިންތިހާބާ ގުޅޭ ގޮތުން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި އޭސީސީ އަށް ވެސް އެ ވާހަކަ ދެންނެވި ކަމަށް އުޝާމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އިންތިހާބަށް 2-3 ދުވަހަށް ވެގެން ދާއިރު ވެސް އެ ކަންކަމަށް އެއްވެސް ފިޔަވަޅެއް އެޅިގެން ނުދާ ތަން. އޭގެ ބަދަލުގައި ސަރުކާރުގެ މިފަދަ އަމަލުތައް އިންތިހާ އަށް އިތުރު ވެގެންދާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ކަންކަން އެހެން ހުރުމުން މިއީ ހަމަހަމަ، އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް ނާޒިމް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"މިއީ ވަރަށް ދެރަ ކަމެއް. އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކޮށްގެން ގެނެސްފައި އޮތް ގާނޫނުއަސާސީ އާއި މުޅި ނިޒާމު ފުނޑާލުމަކީ އެއީ އެއްވެސް ރައްޔިތަކު މިއަދު ބަލައިގަންނަން ވާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން،"--- އުޝާމް
މިދިޔަ ފަސް އަހަރު ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ ވެހިކަލްތަކުގައި ޖަހާފައިވާ ސްޓިކާތައް މާފުކުރަން މި ސަރުކާރުން އިއްޔެ ނިންމި ނިންމުމަށް ވެސް ހުސައިން ފާޑުވިދާޅުވި އެވެ. ވިދާޅުވީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ސްޓިކާތަކުގެ ޖޫރިމަނާ ފައިސާ ދެއްކި މީހުންނަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށެވެ. އެހެންވެ، އެ ނިންމުން ނިންމާފައި ވަނީ އިންސާފުން ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ކުރުމުން އަޅުގަނޑުމެންނަށް މި ދޭހަވަނީ ފުލުހުންގެ މޫނުގައި ޖެހި ތަފާލެއްގެ ގޮތުގައި. އެ ބޭފުޅުން ވާޖިބު އަދާކުރުމަށް މަގުމަތީގައި އުޅުނު އިރު ރައްޔިތުންގެ އެތައް ފުރައްސާރައެއް ކުރިމަތިވި،" ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖެހުމަކީ މި ސަރުކާރު ވެރިކަމަށް އައުމުގެ ވައުދެއް ކަމަށާއި އެކަމަކު އެއާ ވެސް ހިލާފުވީ ކަމަށެވެ.
ހީވީ އާއިލާގެ ތެރެއަށް ވަދެވުނުހެން: ނާޒިމް
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޕީޕީއެމާ އެކު ކުރިއަށް ދާން އެމްއެންޕީން ނިންމައިފި
ގައުމު ކުރިއެރުވުމުގެ މަސައްކަތް ނުހުއްޓޭނެ: ނާޒިމް
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!
ހުރިހާ ކަމެއްގައި ވެސް "މޯލްޑިވްސް ފަސްޓް ޕޮލިސީ"
ނާޒިމްގެ ފަހު މަންޒިލަކަށް ދަނގެތި
އިގްތިސާދީ ކުރިއެރުމާ އެކު، ޒުވާނުންނަށް އުފާވެރިކަން!
ނާޒިމް ރައީސަށް؛ ފަހަތުން ދުވެވޭނެ ކަމެއް ނޯންނާނެ
ނާޒިމްގެ ވައުދު: ގައްދޫ-އެއާޕޯޓް ބްރިޖުން ގުޅާލުން