Roadha Mihaaru
އިގްތިސާދީ ކުރިއެރުމާ އެކު، ޒުވާނުންނަށް އުފާވެރިކަން!

އިގްތިސާދީ ކުރިއެރުމާ އެކު، ޒުވާނުންނަށް އުފާވެރިކަން!

07 ސެޕްޓެމްބަރ 2023

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ވެރިކަމެއްގައި އިގްތިސާދީ މައިގަނޑު އަސާސްތައް ބިނާކޮށްފައި ވަނީ އެންމެ ފަހި މާހައުލެއްގައި ދިވެހިންނަށް ވިޔަފާރި ކުރެވޭނެ ގޮތްތައް ހޯދައި ދިނުމަށެވެ. ރާއްޖެ އިން ފައިސާ ބޭރު ކުރުން ވީހާ ވެސް ބޮޑަށް ހަރުކަށިކޮށް، ރާއްޖޭގައި ފައިސާ ގެންގުޅޭ ގޮތްތަކަކަށް އިސްކަން ދެއްވާނެ އެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ވުރެ ދަށްކޮށް، ޒުވާނުންނަށް ވިޔަފާރީގެ ތެރެއަށް ވަންނަން ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައްވާނެ އެވެ. ޒުވާނަކު ލޯނަށް ހޯދަން ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ދިޔަޔަސް އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ވެރިކަމެއްގައި އިގްތިސާދީ މައިގަނޑު އަސާސްތައް ބިނާކޮށްފައި ވަނީ އެންމެ ފަހި މާހައުލެއްގައި ދިވެހިންނަށް ވިޔަފާރި ކުރެވޭނެ ގޮތްތައް ހޯދައި ދިނުމަށެވެ. ރާއްޖެ އިން ފައިސާ ބޭރު ކުރުން ވީހާ ވެސް ބޮޑަށް ހަރުކަށިކޮށް، ރާއްޖޭގައި ފައިސާ ގެންގުޅޭ ގޮތްތަކަކަށް އިސްކަން ދެއްވާނެ އެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ވުރެ ދަށްކޮށް، ޒުވާނުންނަށް ވިޔަފާރީގެ ތެރެއަށް ވަންނަން ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައްވާނެ އެވެ. ޒުވާނަކު ލޯނަށް ހޯދަން ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ދިޔަޔަސް އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ވެސް ރާއްޖޭގައި ލޯނު ދޫކުރެ އެވެ. އޭގެ ތެރޭގައި ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. އެކަމަކު، ނާޒިމް ބޭނުންވަނީ އެންމެ ހައްގުވެރިންނަށް އެސްއެމްއީ ލޯނު ދޫކުރާށެވެ.

"އަންހެނުންނަށް ހާއްސަކޮށް އަޅުގަނޑުމެން އެސްއެމްއީ ލޯނު ދޫކުރާނަން. ދެން އަލަށް ވިޔަފާރި ފަށައިގަންނަ މީހުންނަށް. އަޅުގަނޑުމެން ބޮޑަށް މި ޓާގެޓް ކުރަނީ އެެސްއެމްއީގައި ވެސް ކުދިކޮށް ވިޔަފާރި ފަށައިގަންނަން ބޭނުންވާ މީހުންނަށް. އެކަނި ވިޔަފާރިކުރާ މީހުން މިސާލަކަށް ކޮންމެވެސް ކަހަލަ ސޮފްޓްވެއާއެއް ހަދާ މީހެއް ކޭކު އަޅާ މީހެއް، އެ ކަހަލަ މީހުންނަށް އަޅުގަނޑުމެން އެސްއެމްއީތައް ބޮޑަށް އަމާޒު ކުރާނީ،" ނާޒިމްގެ ކެމްޕެއިން މެނޭޖަރު އަދި މެނިފެސްޓޯގައި ހިމެނޭ އިގްތިސާދީ ކަންކަން ލިޔުއްވުމުގައި އިސްކޮށް އުޅުއްވި ހުސައިން އިސްމާއިލް ވިދާޅުވި އެވެ.

ޒުވާނުންނަށް ހާއްސަ ކޮށްގެން ދެން ނާޒިމްގެ ސަރުކާރެއްގައި އޮތީ ކޮންމެ އަހަރަކު ވަކި ވަރަކަށް ކަނޑައަޅައިގެން ސަރުކާރުން ގެސްޓް ހައުސް އިމާރާތް ކޮށްދިނުމަށް ފަހު ތަޅުދަނޑި ހަވާލު ކުރުމެވެ. ފައިސާ އަނބުރާ ދައްކާނީ ސަރުކާރާއި އެ ގެސްޓް ހައުސް ހިންގަން ހަވާލުވާ މީހާއާ ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ.

އެމްއެންޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުނާއި ބައެއް އާންމު މެމްބަރުން.---ފޮޓޯ: މިހާރު

އެމްއެންޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުނާއި ބައެއް އާންމު މެމްބަރުން.---ފޮޓޯ: މިހާރު

"ވަކި ކަހަލަ ކޮންޑިޝަނެއް އެ މީހާ އަށް އަންނާނެ. ވަކި ވަރަކަށް ދިވެހިން ގެންގުޅެން ޖެހޭނެ. ހޮޓަލުގެ ހުރިހާ ކަމެއް އޭނާއަކަށް ނުކުރެވޭނެ. މިސާލަކަށް ލޯންޑަރީ ސާވިސް ކަހަލަ ހިދުމަތްތައް ދޭން ޖެހޭނީ އެހެން ބަޔަކު ލައްވައި. ޖެހޭނީ އައުޓްސޯސް ކުރަން. ސްވެނިއާ ތަންތަނާއި ކެފޭ ވެސް ޖެހޭނީ އައުޓްސޯސް ކުރަން. އޭގެ ބޭނުމަކީ މުޅި ރަށަށް އެ ވިޔަފާރި ފުޅާ ކުރުން،" ހުސައިން ވިދާޅުވި އެވެ.

ގެސްޓް ހައުސް ހަދަން ހޭދަކުރި ފައިސާގެ އަަދަދު ދައްކަން ޖެހެނީ ބޭންކަށެވެ. އިންޓަރެސްޓެއް ނުނަގާނެ އެވެ.

"ކުރުކޮށް ބުނާ ނަމަ މޯލްޑިވްސް އިސްލާމިކް ބޭންކުން އެ ގެންގުޅޭ އިސްލާމިކް ފައިނޭންސިންގެ އުސޫލު މި އަށް ވެސް ހިނގާނީ. ޓްރައިޕެޑް އެގްރީމަންޓެއް ހަދާނީ. ސަރުކާރާއި އެ މީހާ އާއި ބޭންކާ ދެމެދު އެ އެއްބަސްވުން ހަދާނީ،" ހުސައިން ވިދާޅުވި އެވެ.

ނާޒިމްގެ މެނިފެސްޓޯގެ މުހިންމު ބައެއް ބައިތައް

1- 2026 ގެ ކުރިން އިގްތިސާދު ދެގުނަ ކުރުން.

2- ޑިޖިޓަލް ކަރަންސީ ތައާރަފު ކުރުން

3- މަދުވެގެން 50،000 ވަޒީފާ އުފެއްދުން.

4- ޕްރޮގްރެސިވް ޓެކްސް ތައާރަފުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނަގާ ކޯޕަރޭޓިވް ޓެކްސް ކުޑަކުރުން.

5- މަސްވެރިންނަށް ޕެންޝަނާއި އިންޝުއަރެންސް ސްކީމެއް ގާއިމްކޮށް ދިނުން.

6- ފެމިލީ ޓޫރިޒަމް ތައާރަފު ކުރުމަށްޓަކައި ތީމް ޕާކް ހެދުން.

7- ޓޫރިޒަމް ފަންޑެއްގެ ގޮތުގައި 50 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމް ކޮށްދިނުން.

ދެން އޮތީ ޑޮލަރުގެ ސިޔާސަތެވެ.

ހުސައިން ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި ބޭނުންވަރަކަށް ޑޮލަރު ލިބެން އެބަހުއްޓެވެ. ފޮރުވާފައި އެބަހުއްޓެވެ.

އޭނާ ވިދާޅުވީ، ބޭންކުތަކުގައި ޑޮލަރު ސާކިއުލޭޓްވާ ވަރު އިތުރު ކުރުމަށްޓަކައި މަނިޓަރީ ސިޔާސަތަށް ބަދަލު ގެންނަން ޖެހެ އެވެ. ނާޒިމްގެ ހައްލަކީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ އާމްދަނީގެ 60 ޕަސެންޓް ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް މަޖުބޫރު ކުރުމެވެ. ގާނޫނަށް ގެންނަ ބަދަލަކުންނެވެ.

"ބޭންކުތަކުން ޓީޓީ ފޮނުވުމަށާއި އެ ހުރިހާ ކަމަކަށް ލާރި ދޭން ފެށީމާ، ކާޑުތަކަށް ލާރި ލިބެން ފެށީމާ ޑޮލަރުގެ ޑިމާންޑް ކުޑަވާނެ. ބްލެކް މާކެޓްގެ ޑިމާންޑް ކުޑަވާނެ. އެހެންވީމާ އެއްވެސް މީހަކު ބޭނުމެއް ނުވާނެ އަތުގައި ޑޮލަރު ބަހައްޓާކަށް،" ހުސައިން ވިދާޅުވި އެވެ.

"މިހާރު ހާއްސަކޮށް ބޮޑެތި ވިޔަފާރިވެރިން ކުރާ ކަމަކީ މަސް ނިމުނީމާ ބޮޑެތި އަދަދުތަކުން ޑޮލަރު ކޮށްލައިގެން ހަތަރު ފަސް މިލިއަން ރުފިޔާ ހޯދަނީ. އެ އިން މީހުންނަށް މުސާރަ ދީގެން މި އުޅެނީ. އެހާ ވަރަށް ޑޮލަރު ހިފަހައްޓައިގެން މި އުޅެނީ."

"އުޖާލާ ޒަމާން"ގެ ނަމުގައި އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމްގެ ގްރޭޓަ މާލޭގެ ތަރައްގީގެ ސިޔާސަތު ހިމެނޭ ޕްރެޒެންޓޭޝަނެއް އެ ޕާޓީގެ ނައިބު ރައީސް ހުސެއިން އިސްމާއިލް ހުށަހަޅުއްވައި ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އުޖާލާ ޒަމާން"ގެ ނަމުގައި އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމްގެ ގްރޭޓަ މާލޭގެ ތަރައްގީގެ ސިޔާސަތު ހިމެނޭ ޕްރެޒެންޓޭޝަނެއް އެ ޕާޓީގެ ނައިބު ރައީސް ހުސެއިން އިސްމާއިލް ހުށަހަޅުއްވައި ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީން ދެން ކަނޑައަޅާފައިވާ އޮތް ސިޔާސަތަކީ ރާއްޖޭގައި ބޮޑު އެސެޓެއް ވިއްކައިފި ނަމަ ޓްރާންސެކްޝަން ތިނަ މަސް ވަންދެން ރާއްޖޭގެ ބޭންކެއްގައި ބަހައްޓަން މަޖުބޫރު ކުރުމެވެ.

އެމްއެންޕީގެ އިގްތިސާދީ ސިޔާސަތުގެ ތެރެއިން މުހިންމު އަނެއް ކަމަކީ ދައުލަތުގެ ބޭކާރު ކުންފުނިތައް އުވާލުމެވެ. އޭގެ ބޭނުމަކީ ސަރުކާރުގެ ހަރަދު ކުޑަކުރުމެވެ. އެއް ވައްތަރެއްގެ ކުންފުނިތައް ނަމަ އެހެން ކުންފުންޏަކާ މާޖު ކުރާނެ އެވެ.

"ފެނަކަ އާއި ސްޓެލްކޯ ފަދަ ތަންތަނަކީ އަސާސީ ހިދުމަތްތައް ދޭ ބައެއް. އެ މީހުން ކުރަން ޖެހޭނީ އެކަން އެކަނި. އެ މީހުން ވިޔަފާރިތަކަށް އިންވެސްޓް ކުރުމާއި ފްލެޓް އެޅުމާއި ހޮޅި އަޅާކަށް ނުޖެހޭ. އަސާސީ ހިދުމަތް ވެސް ދޭން ވާނީ އެންމެ މިނިމަމްކޮށް ހަރަދު ކުރަން. އަސާސީ ހިދުމަތްތައް ފިޔަވައި އެ ކުންފުނިތަކަށް އިތުރު ކަންކަން ނުކުރެވޭ ގޮތަށް މެއިންޑޭޓް ހެދީމާ ހައްލުވީ. ކޮރަޕްޝަން ވެސް މަދު ކުރެވޭނެ،" ހުސައިން ވިދާޅުވި އެވެ.

ދައުލަތުގެ ކުންފުނިތަކުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަކީ ނާޒިމްގެ މިހާރު ވެސް ކަންބޮޑުވުމެކެވެ.

ނާޒިމްގެ ވެރިކަމެއްގެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގެ އިގްތިސާދު ޑައިވާސިފައި ކުރުމެވެ. ހަމައެކަނި ޓޫރިޒަށާއި މަސްވެރިކަމަށް ބަރޯސާވެފައި ވުން ކުޑަކުރުމެވެ.

ތައުލީމާއި ޓެކްނޮލޮޖީ އަކީ ވެސް ވަކި ސިނާއަތުތަތަކެއްގެ ގޮތުގައި ތަރައްގީ ކުރާނެ އެވެ.

"މިސާލަކަށް ބަލަމާ ޗުއްޓީއެއް ލިބޭއިރަށް ކޮންމެ މީހަކު ވެސް މިދަނީ ރާއްޖެ އިން ބޭރަށް. ރާއްޖޭގައި މޯލެއް ނެތް. ތީމް ޕާކެއް ނެތް. އެކަމަކު އެ ތީމްޕާކާއި ހުރިހާ އެއްޗެއް ރާއްޖޭގައި ހެދިއްޖެ ނަމަ ބޭރަށް ދާ ހުރިހާ ލާރިއެއް ހިފެހެއްޓޭނެ. އެއީ އިކޮނޮމީ އަށް އަންނަ ބޫސްޓަކަށް ވާނެ،" ހުސައިން ވިދާޅުވި އެވެ.