Roadha Mihaaru
"ވަން ޕީސް" ނެޓްފްލިކްސްގެ ރެކޯޑެއް މުގުރާލައިފި

"ވަން ޕީސް"ގެ ލައިވް އެކްޝަން ސީރީޒް ނެޓްފްލިކްސްގެ ރެކޯޑެއް މުގުރާލައިފި

08 ސެޕްޓެމްބަރ 2023

މިދިޔަ ހަފުތާގައި ސްޓްރީމް ކުރަން ފެށި "ވަން ޕީސް"ގެ ލައިވް އެކްޝަން ސީރީޒް ނެޓްފްލިކްސްގެ ރެކޯޑެއް މުގުރާލައިފި އެވެ.

މިދިޔަ ހަފުތާގައި ސްޓްރީމް ކުރަން ފެށި "ވަން ޕީސް"ގެ ލައިވް އެކްޝަން ސީރީޒް ނެޓްފްލިކްސްގެ ރެކޯޑެއް މުގުރާލައިފި އެވެ.

ޖަޕާނުގެ އެނިމޭޓެޑް ސީރީޒް "ވަން ޕީސް" އަށް ހެދި މި ލައިވް އެކްޝަން ސީރީޒް ވަނީ ނެޓްފްލިކްސްގެ އެންމެ ހިޓު ސީރީޒްތައް ކަމަށްވާ "ވެނިސްޑޭ" އާއި "ސްޓްރޭންޗާ ތިންގްސް"ގެ ރެކޯޑުތައް މުގުރާލައިފަ އެވެ.

މި ސީރީޒް ސްޓްރީމް ކުރިތާ މަދު ދުވަސްކޮޅެއްގައި ތެރޭގައި ވަނީ 84 ގައުމެއްގައި އެންމެ ގިނައިން މީހުން ބަލާ ސީރީޒަށް ވެފަ އެވެ. އާންމުކޮށް އެހެން ސީރީޒްތައް އެ ހިސާބަށް ގޮސްފައި ހުރީ ސްޓްރީމް ކުރާތާ ހަފުތާއެއް ވާ ފަހުންނެވެ.

"ވަން ޕީސް"ގެ ލައިވް އެކްޝަން ފިލްމަށް ގިނަ ބައެއް ތައުރީފު ވެސް ވަނީ ލިބިފަ އެވެ. އެނިމޭ އަށް ލޯބިކުރާ ގިނަ މީހުން ވެސް ބުނީ މި ސީރީޒް ގެނެސްދީފައި ގޮތް ވަރަށް ރަނގަޅު ކަމަށެވެ.

މި ސީރީޒްގެ ލީޑު ރޯލުން ފެންނަ އިނާކީ ގޮޑޯއީ ކުޅެނީ މަންކީ ޑީ ލޫފީގެ ރޯލެވެ. ކާސްޓުގައި ދެން ހިމެނެނީ ރޮރޮނޯއާ ޒޯރޯ (މެކެންޔޫ)، ނާމީ (އެމިލީ ރުޑް)، އުސޮޕް (ޖެކޮބް ރޮމޭރޯ) އަދި ސަންޖީ (ޓާޒް ސްކައިލާ) އެވެ.