ހޮލީވުޑްގެ އެކްޓްރެސް ސޯފިއާ ވަގޭރާގެ އާ ސީރީޒް "ގްރިސެލްޑާ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ހޮލީވުޑްގެ އެކްޓްރެސް ސޯފިއާ ވަގޭރާގެ އާ ސީރީޒް "ގްރިސެލްޑާ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒްގައި ސޯފިއާ ކުޅެނީ އެމެރިކާގެ މަޔާމީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބޮޑެއް ނުވަތަ "މަޔާމީ ޑްރަގް ކުއީން"ގެ ގޮތުގައި މަޝްހޫރުވި ކޮލަމްބިއާގެ މީހެއް ކަމަށްވާ ގްރިސެލްޑާ ބްލެންކޯ ރޯލެވެ.
އޭނާ އަށް "ދަ ގޮޑްމަދާ" ވެސް ކިޔާ އުޅުނެވެ.
"ގްރިސެލްޑާ"ގެ ފަހަތުގައި ހުރީ، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ދުނިޔޭގައި އެންމެ ނުފޫޒުގަދަ އެކަކަށްވި ކޮލަމްބިއާގެ ޑްރަގް ލޯޑް، ޕަބްލޯ އެސްކޯބާގެ ހަޔާތަށް ބިނާކޮށް ގެނެސްދިން "ނާކޮސް" ސީރީޒްގެ އުފެއްދުންތެރިޔާ އެރިކް ނިއުމަން އެވެ. އަދި ޑައިރެކްޓަރަކީ އެންޑްރެސް ބާއިޒް އެވެ.
މި މިނީ ސީރީޒްގައި ހަ އެޕިސޯޑް ހިމެނެ އެވެ.
އާންމުކޮށް ކޮމެޑީ ރޯލުތަކުން ފެންނަ، ކޮލަމްބިއަން-އެމެރިކަން އެކްޓްރެސް ސޯފިއާ މިފަހަރު ފެންނާނީ ވަރަށް ސީރިއަސް ރޯލަކުންނެވެ. އެހެންވެ، މި ސީރީޒަށް ކުރެވޭ އިންތިޒާރު ވަރަށް ބޮޑެވެ. އަދި މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ވެސް ސޯފިއާ ހިމެނެ އެވެ.
ނެޓްފްލިކްސް އިން މި ސީރީޒް ސްޓްރީމް ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހު 25 ގަ އެވެ.
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ސްޓްރޭންޖާ ތިންގްސްގެ ފުރަތަމަ 5 މިނެޓް މިހާރު ބެލޭނެ
ސްޓްރޭންޖާ ތިންގްސް: ފަހު ތަޅާލުންގަނޑަށް ތައްޔާރު!
"ވަން ޕީސް"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗުގައި
"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން ޖެނުއަރީގައި
"ދަ ވިޗާ"ގެ އާ ސީޒަންގެ ޓްރެއިލާ ނެރެފި
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނޮވެމްބަރު 26 ގައި
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް