Roadha Mihaaru
އަމާން އޮޑިއަށް އެންމެން އަރައި ނިންމާލައިފި: ރައީސް

އަމާން އޮޑިއަށް އެންމެން އަރައިފި, ވާދަވެރިން ގެއަށް ވަދެއްޖެ: ރައީސް

08 ސެޕްޓެމްބަރ 2023

ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭނުގައި ހއ. އަތޮޅު ތުރާކުނުން ފެށިގެން ރޭ އައްޑޫއާ ހަމައަށް ވެސް ފެނުނީ "އުފާވެރި އަމާން ރާއްޖެ" އޮޑިއަށް އެންމެން އަރާ ތިބި ތަން ކަމަށާއި އެންމެ މުހިއްމު ވަގުތު ވާދަވެރިން ކެމްޕޭން ނިންމާލައި ގެއަށް ވަދެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭނުގައި ހއ. އަތޮޅު ތުރާކުނުން ފެށިގެން ރޭ އައްޑޫއާ ހަމައަށް ވެސް ފެނުނީ "އުފާވެރި އަމާން ރާއްޖެ" އޮޑިއަށް އެންމެން އަރާ ތިބި ތަން ކަމަށާއި އެންމެ މުހިއްމު ވަގުތު ވާދަވެރިން ކެމްޕޭން ނިންމާލައި ގެއަށް ވަދެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި ފ. އަތޮޅަށް ވަޑައިގެން ރައީސް ތަކުރާރު ކުރެއްވި ގޮތުގައި "އެއްބުރުން" މި އިންތިހާބު ނިމިއްޖެ އެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފ. އަތޮޅު ބިލެތްދު އާއި ފީއަލިން ވެސް މި ކާމިޔާބީގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ބުންވަރު އެބަހުރި, ހިތްވަރު އެބަހުރި, ކެރުން އެބަހުރި. އަޅުގަނޑުމެން މިތިބީ ރޭ އައްޑޫ ސިޓީގައި ތިބެފައި މި ރަށަށް އައިސް. އަދިއެއް ނިދާނެ ކަމެއް ނެތް ތިޔަ ބޭފުޅުން ވެސް. މި ހަތް ގަޑިއިރު ކެމްޕޭން ކޮށްފައި މާދަމާ ވޯޓުލާފައި ދެން އަޅުގަނޑުމެން އެއަށް ފަހުގައި ކުރާނެ ކަމެއް ކުރާނީ.

ބޭސްކާންޖެހޭ ވަރުން ވެރިކަން ކުރެއްވޭވަރު ނުވާނެ ކަމަށް ވާދަވެރިން އަމާޒުކުރި ފާޑުކިއުމަށް ވެސް ރައީސް މިއަދު ރައްދު ދެއްވި އެވެ.

"އަޅުގަނޑުމެންގެ ބުންވަރު އެބަހުރި, ހިތްވަރު އެބަހުރި, ކެރުން އެބަހުރި. އަޅުގަނޑުމެން މިތިބީ ރޭ އައްޑޫ ސިޓީގައި ތިބެފައި މި ރަށަށް އައިސް. އަދިއެއް ނިދާނެ ކަމެއް ނެތް ތިޔަ ބޭފުޅުން ވެސް. މި ހަތް ގަޑިއިރު ކެމްޕޭން ކޮށްފައި މާދަމާ ވޯޓުލާފައި ދެން އަޅުގަނޑުމެން އެއަށް ފަހުގައި ކުރާނެ ކަމެއް ކުރާނީ. ހަމަ ގައިމު ވެސް އަޅުގަނޑު ބޭސްކާނީ މިކަން ނިންމާފައި."

ނިލަންދޫން ރައީސަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން. -- ފޮޓޯ | އެމްޑީޕި

ނިލަންދޫން ރައީސަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން. -- ފޮޓޯ | އެމްޑީޕި

މި ފަސް އަހަރާއި އޭގެކުރީގެ ފަސް އަހަރުގެ ތަފާތު ރައްޔިތުންނަށް އިހްސާސްވާ ކަމަށާއި އެނބުރި އަނިޔާވެރިކަމަށް ދާން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު 2018 ގައި ހޮވީ އެ އަނިޔާވެރިކަން ބަދަލުކޮށް އަމާންކަމާއި ހަމަޖެހުން އަދި އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭން ކަމަށް ވިދާޅުވި އެވެ.

ވިސްނުންތެރިކަމާ އެކު ތިޔަބޭފުޅުންގެ ވޯޓު މާދަމާ ފޮއްޓަށް ވައްޓާލުމަކީ އިލްތިމާސެއް. -- ރައީސް

"އަޅުގަނޑު މިގެންދަނީ އެއްވެސް ތަފާތު ކުރުމެއް ނެތި އެއްވެސް ރަށެއް ބާކީ ކުރުމެއް ނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން," ރައީސް ވިދާޅާވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގައުމިއްޔަތާއި ދީނާއި މިނިވަންކަމުގެ ވާހަކަ ދައްކައި އެމަނިކުފާނުގެ ވާދަވެރިން ދަނީ ބުހުތާނު ދޮގު ހަދަމުންނެވެ. އެއީ އެއްވެސް ހަގީގަތެއް ނެތް އޮޅުވާލުންތަކެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ފަސްއަހަރަކީ މިނިވަންކަމަށްޓަކައި ވެސް އެންމެ ގިނަ މަސައްކަތްތައް ކުރެވުނު ދައުރު ކަމަށެވެ.

ވާދަވެރިން ދައްކާ އެއް ވާހަކަ މިނިވަންކަމުގެ ވާހަކަ, ގައުމިއްޔަތުގެ ވާހަކަ, ދަރާ ވިކިފައި އޮތް ވާހަކަ, މިހިރީ ހަމަ ހުސް ދޮގު. -- ރައީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ.

"ވާދަވެރިން ދައްކާ އެއް ވާހަކަ މިނިވަންކަމުގެ ވާހަކަ, ގައުމިއްޔަތުގެ ވާހަކަ, ދަރާ ވިކިފައި އޮތް ވާހަކަ, މިހިރީ ހަމަ ހުސް ދޮގު." ރައީސް ވިދޅާވި އެވެ.

"މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިއަދު ކުރަން ޖެހޭ ކަމަކީ ކަނޑި އާއި ބަޑި ހިފައިގެން ނުކުތުމެއް ނޫން. ވަށާ ބޮޑުފާރުލުމެއް ނޫން. ބޭނުންވަނީ ގައުމުތަކާ އެކު ބަދަހި ގުޅުން އިތުބާރު ހިފޭ ގުޅުން އުފެއްދުން. އަޅުގަނޑުމެން މިދަނީ ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކު އެ ގުޅުން އުފައްދަމުން."

ނިލަންދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.

ނިލަންދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.

ރައީސް ވިދާޅުވި ގޮތުގައި 180 އަށް ވުރެން ގިނަ ގައުމާ އެކު ބަދަހި ގުޅުން އުފެއްދިއްޖެ އެވެ. ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނާ މަތިކޮށްފައި އޮތީ ވަރަށް މުހިންމު ވާޖިބެއް ކަމަށެވެ. އަމާނާތްތެރިކަމާ އެކު އެ ވާޖިބު އަދާކޮށްދެއްވަން ރައީސް އެދިވަޑއިގަތެވެ.

"ގާނޫނުއަސާސީން ތިޔަ ބޭފުޅުންނަށް ދީފައިވާ ބާރު އޭގެ ނަހަމަގޮތުގައި ބޭނުންކޮށްފި ކަމަށް ވަންޏާ ރައްޔިތުންނަށް, ގައުމަށް އޭގެ ނުހަނު ގެއްލުމާއި ދަތި ކުރިމަތިވެދާނެ," ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ވިސްނުންތެރިކަމާ އެކު ތިޔަބޭފުޅުންގެ ވޯޓު މާދަމާ ފޮއްޓަށް ވައްޓާލުމަކީ އިލްތިމާސެއް."