Roadha Mihaaru
އަލުން ވޯޓަށް އެހުމުގެ ބާރު ރައްޔިތުންނަށް ދޭނަން:އިބޫ

މަޖިލިހުން ފާސްކުރާ ކަންކަމަށް އަލުން ވޯޓަށް އެހުމުގެ ބާރު ރައްޔިތުންނަށް ދޭނަން: އިބޫ

18 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ކަމަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނަމަ ވަކި އަދަދަކަށް ސޮއި ހަމަކޮށް ހުށައަޅާ ޕެޓިޝަނަކަށް ބިނާކޮށް، އެ ނިންމުމަކާ މެދު އަލުން ވޯޓަށް އެހޭ ގޮތް ހަމަޖައްސާނެ ކަމަށް، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ، ފ. ބިލެއްދޫގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ކަމަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނަމަ ވަކި އަދަދަކަށް ސޮއި ހަމަކޮށް ހުށައަޅާ ޕެޓިޝަނަކަށް ބިނާކޮށް، އެ ނިންމުމަކާ މެދު އަލުން ވޯޓަށް އެހޭ ގޮތް ހަމަޖައްސާނެ ކަމަށް، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ، ފ. ބިލެއްދޫގައި ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ނިންމާ ކަންކަމާ މެދު "ފުޅާކޮށް ބަސް ބުނުމުގެ ފުރުސަތު" އިއްތިހާދުގެ ސަރުކާރަކުން ހުޅުވާާލާނެ ކަމަށެވެ.

"މަޖިލިހުން ފާސްކުރާ ގާނޫނެއް، އެއީ ރައްޔިތުން ބަލައިނުގަންނަ، ކަންބޮޑުވުންތަކެއް ހުރި ނަމަ، ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއްގެ ގޮތުގައި ހުށަހެޅީމަ އެއަށް ވޯޓަށް އަހައި ގޮތެއް ނިންމަން ޖެހޭ ގޮތަށް އަޅުގަނޑުމެންގެ މެޖޯރިޓީން ކުރާނަން،" ރައްޔިތުންގެ މަޖިލިހުގައި 25 އަހަރު ހޭދަކުރައްވާފައިވާ އިބޫ ވިދާޅުވި އެވެ.

މިއީ ބައެއް ގައުމުތަކުގައި މިހާރު ވެސް އޮންނަ އުސޫލެކެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަނުޖެހޭ އެތައް ގާނޫނެއް ފާސްކޮށް އަދި ބައެއް ގާނޫނުތަކަށް، ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ބަދަލުގެނެސްފައިވެ އެވެ.

އިބޫ ވިދާޅުވީ ސަރުކާރުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން އުޅޭ ނަމަވެސް ޕެޓިޝަނެއްގެ ގޮތުގައި ހުށަހަޅައިގެން އެހެން ގޮތެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ޒުވާނުންގެ ބަސް ސަރުކާރަށް އިއްވަން ޒުވާނުންގެ ކައުންސިލެއް އުފައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިނިވަންކަމާ އެކު ބަހުސްކޮށް، އެބޭފުޅުންގެ [ޒުވާނުންގެ] އަޑު، އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތް ހުށަހެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯލިޝަނުން އެކުލަވާލާ ސަރުކާރަކީ އެންމެ މީހެއްގެ ސަރުކާރެއް ނުވަތަ އެންމެ ޕާޓީއެއްގެ ސަރުކާރަކަށް ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އިދިކޮޅު ކޯލިޝަންގެ ސަރުކާރު ވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ސަރުކާރަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ފ. ބިލެއްދޫގައި ބޭއްވި ބޮޑު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަނުން ރޭ ފ. ބިލެއްދޫގައި ބޭއްވި ބޮޑު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. - ފޮޓޯ: އެމްޑީޕީ

ބިލެއްދު އަށް އިބޫ ވެވަޑައިގެންނެވި މުހިންމު ވައުދުތަކުގެ ތެރޭގައި ބިން ހިއްކައި، ގޯތި ދޫކުރުން ހިމެނެ އެވެ. އަދި ފާނައިގެ މަސްވެރިކަން ކުރިއަރުވައި ހަމަ އަގު ހޯދައި ދޭން ވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން ފ. އަތޮޅުގެ ކައިރީގައި އޮންނަ ފަޅުރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ގިނަ ރަށްތަކަކަށް ފެއްޓެވި ކެމްޕެއިން ދަތުރު ރޭ ނިންމާލުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި އިބޫ ވިދާޅުވީ ހުރިހާ ރަށަކުން ވެސް ފެންނަނީ އުޖާލާ މަންޒަރެއް ކަމަށެވެ. އަދި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށް ވެސް ވިދާޅުވި އެވެ.