08 ސެޕްޓެމްބަރ 2023
ހިތްގައިމު ރީތި ޕާސިން ގޭމެއް ކުޅެ ރާއްޖޭގެ މައްޗަށް 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފި އެވެ.
ހިތްގައިމު ރީތި ޕާސިން ގޭމެއް ކުޅެ ރާއްޖޭގެ މައްޗަށް 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފި އެވެ.
ބޫޓާނުގައި މިހާރު ކުރިއަށްދާ މުބާރާތުގައި އިންޑިއާގެ އެންމެ ބޮޑު ތަފާތަކީ އެ ޓީމުން ދަމަހައްޓަމުން އަންނަ ބޯލް ޕޮޒެޝަނާއި ޕާސިން ގޭމެވެ. ގުރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އަދި ނޭޕާލާ ދެކޮޅަށް ކުޅުނު ދެ މެޗު ގައި ވެސް އިންޑިއާއިން އެ ސްޓައިލް ދެމެހެއްޓި އެވެ. އެ ދެ މެޗު އިންޑިއާ މޮޅުވީ އެއް ނަތީޖަ އަކުންނެވެ. ދެ މެޗު ވެސް ކާމިޔާބު ކުރީ 1-0 ންނެވެ.
އިންޑިއާގެ އެމްޑީ އަބްޝާ އާއި އައިރްބޯލަންގް ކަރްތަންގްމާވް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމަށް އެއް ވެސް މަސައްކަތެއް ނުކުރެވުނެވެ. އިންޑިއާ އެ ހާފް ނިންމާލީ ދެ ލަނޑުގެ ލީޑްގައި އޮވެގެންނެވެ.
މެޗުގެ 21 ވަނަ މިނެޓްގައި ވިޝާލް ޔަދޭވް އިންޑިއާ އަށް ލީޑް ނަގައިދިނީ މުހައްމަދު ކައިފް ނަގައިދިން ބޯޅައިންނެވެ. ދެވަނަ ލަނޑު ކައިފް ޖެހީ ނެގި ކޯނަރަ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ.
އައިރްބޯލަންގް ކަރްތަންގްމާވް ލަނޑު ޖެހުމަށް ފަހު އުފާފަޅު ކުރަނީ: އޭނަ ވަނީ އިންޑިއާ އަށް ދެ ލަނޑު ޖަހައި ދީފަ --- ފޮޓޯ: އޭއިއެފް
ދެވަނަ ހާފްގެ ކުރީކޮޅު ލެވިޝް ޒަންގްމިންލުން ވަނީ ރޫޅި ހާވިއާ ވެފައި އޮތް ރާއްޖޭގެ ޑިފެންސްތެރެއިން ވަދެ އިންޑިއާގެ ތިންވަނަ ލަނޑު ޖެހައި ދީފަ އެވެ. އޭގެ 10 މިނެޓް ފަހުން ކަރްތަންގްމާވް އިންޑިއާގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ.
މަންބްހާ މަލަންގިއަން އިންޑިއާގެ ފަސްވަނަ ލަނޑު ޖެހީ 70 ވަނަ މިނެޓްގަ އެވެ. އަބްޝާ ވަނީ 78 އަދި 84 ވަނަ މިނެޓްގައި އިންޑިއާ އަށް ލަނޑުތައް ޖަހައި ދީފަ އެވެ. އޭނާގެ ދެވަނަ ލަނޑު ޖެހުމުގެ ކުރިން ކަރްތަންގްމާވް އިންޑިއާ އަށް ހަތްވަނަ ލަނޑު ޖަހައިދިނެވެ.
ފައިނަލުގައި އިންޑިއާ އާ ވާދަކުރަން ޖެހޭނީ ބަންގްލަދޭޝާއި ޕާކިސްތާނުގެ ތެރެއިން ޓީމެކެވެ. ގުރޫޕް ބީ ގެ އެއްވަނަ ހޯދި ޕާކިސްތާނާއި އިންޑިއާ ހިމެނޭ ގުރޫޕް ބީ ގެ ދެވަނަ ހޯދި ބަންގްލަދޭޝް ސެމީ ފައިނަލު ދެވަނަ މެޗުގައި މިއަދު ވާދަކުރާނެ އެވެ.
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ސްޕެޝަލް އޮލިމްޕިކްސް؛ ރާއްޖޭން އިންޑިއާ ބަލިކޮށްފި
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
ޑިފެންސް ޗީފް، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި
މުހިއްމު ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވޭ
ފުޓްބޯޅައިގައި ބްރެޒިލަށް ވަންޏާ އިންޑިއާއަށް ވާނެ
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު