17 އޮކްޓޯބަރ 2024
ކުޑަ މުސާރައަކަށް ވިޔަސް ބޭނުންވަނީ ޔުވެންޓަސްއާ އެކު ކުރިއަށް ދާން ކަމަށް، މަނާބޭހުގެ މައްސަލައެއްގެ ސަސްޕެންޝަނަކަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރުވެފައިވާ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ކުޑަ މުސާރައަކަށް ވިޔަސް ބޭނުންވަނީ ޔުވެންޓަސްއާ އެކު ކުރިއަށް ދާން ކަމަށް، މަނާބޭހުގެ މައްސަލައެއްގެ ސަސްޕެންޝަނަކަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރުވެފައިވާ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ޕޮގްބާ ދެ ވަނަ ފަހަރަށް ޔުވެންޓަސްއާ ގުޅުނު ފަހުން މިދިޔަ އަހަރު ކުރިމަތިވި ހަތަރު އަހަރުގެ ސަސްޕެންޝަނަށް ބައިނަލްއަގްވާމީ ކޯޓުން މިހާރު ލުއިދީފައިވާތީ އަންނަ އަހަރުގެ މާޗު މަހުން ފެށިގެން ކުޅެވޭނެ އެވެ.
އެކަމަކު ރިޕޯޓްތައް ކުރިން ބުނީ ޕޮގްބާ ވެސް، ޔުވެންޓަސް އިން ވެސް ބޭނުންވަނީ ކޮންޓްރެކްޓް އުވާލަން ކަމަށެވެ. އަދި ފްރާންސްގެ މާސޭ ނުވަތަ އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ބަދަލުވާން ޕޮގްބާ ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.
ނަމަވެސް އިޓަލީގެ ގެޒެއްޓާ ޑެލޯ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބޭނުންވަނީ ޔުވެންޓަސް އަށް ކުޅެން ކަމަށެވެ. އަދި އެކަމަށްޓަކައި މުސާރައިން ބައެއް ކަނޑާލަން ވެސް ތައްޔާރު ކަމަށް ބުންޏެވެ.
"އަހަރެން ބޭނުންވަނީ މި ކްލަބާ އެކު އެނބުރި އަންނަން. ހަގީގަތަކީ އަހަންނަކީ ޔުވެންޓަސްގެ ކުޅުންތެރިއެއް. އަދި ތައްޔާރުވަމުން މި އަންނަނީ ވެސް ޔުވެންޓަސް އަށް ކުޅެން،" ފްރާންސާ އެކު 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ބުންޏެވެ.
ޕޮގްބާ ވަނީ މިކަމުގައި ޔުވެންޓަސްގެ ކޯޗު ތިއާގޯ މޮޓާއާ ވެސް ވާހަކަދައްކާނެ ކަމަށް ބުނެފަ އެވެ. ފަހަކަށް އައިސް ޕޮގްބާ އަށް އޭނާ ކުރީގެ ކުޅުން، އަނިޔާގެ ސަބަބުންނާއި ފޯމު ކެޓުމުގެ ސަބަބުން ނުދެއްކެ އެވެ. އެކަމަކު އޭނާ ހުރީ އެނބުރި އައިސް ކުރީގެ ކުޅުން ދައްކަން އަޒުމު ކަނޑައަޅައިގެންނެވެ.
"އެނބުރި އަންނާނީ މުޅިން އާ ޕޮގްބާއެއް،" އޭނާ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފުރަތަމަ ފާހަގަކުރެވުނު ޕޮގްބާ ވަނީ 2012-201 އަށް ވެސް ޔުވެންޓަސް އަށް ކުޅެފަ އެވެ. އެ މުއްދަތުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ޔުނައިޓެޑުން އޭނާ އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޔޫރޯ އަށް ގެންދިޔަ އެވެ. އޭނާ އަލުން ޔުވެންޓަސް އަށް އައީ ޔުނައިޓެޑުގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި 2022 ގަ އެވެ.
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޕޮގްބާގެ މުސާރައިގެ ބޮޑު ބައެއް އުނިކޮށްފި!
މަނާބޭހަށް ޕޮގްބާ ޕޮޒިޓިވް ބޮޑު ސަސްޕެންޝަނެއްގެ ބިރު
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި
ކޯޓުން ވެސް ޔުވެންޓަސް އަށް ކާމިޔާބެއް ނުލިބުނު