މަސްވެރިންގެ އަތުން މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން އެންސިސް ފިޝަރީސް އިން މަސް ގަތުން ހުއްޓާލައިފި އެވެ.
16 ސެޕްޓެމްބަރ 2023
މަސްވެރިންގެ އަތުން މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން އެންސިސް ފިޝަރީސް އިން މަސް ގަތުން ހުއްޓާލައިފި އެވެ.
އެންމެ ފުޅާކޮށް މަސް ގަންނަ އަމިއްލަ ކުންފުނި, އެންސިސް ފިޝަރީސްގެ ޑިރެކްޓަރު އަބްދުލް ވާހިދު މިއަދު ވިދާޅުވީ، މަސްވެރިންގެ އަތުން ކަނޑު މަސް ގަތުން ހުއްޓާލީ، 25ރ. އަށް ގެނެގެން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީ ކަމަށެވެ.
މިފްކޯ އިން ރޭ ވަނީ ކަޅުބިލަ މަސް ކިލޯއެއް 25ރ. އަށް ގަންނަން ފަށައިފަ އެވެ.
ވާހިދު ވިދާޅުވީ، ކަޅުބިލަ މަސް ކިލޯއެއް 17ރ. އަށް ގަނެގެން، ހަމަޖައްސާލެވެނީ ވެސް ކިރިޔާ ކަމަށާއި، މިފްކޯ އިން މަސް ކިލޯއެއް 25ރ. އަށް ހެދުމުން، ކޮންމެ ކިލޯއަކުން 12ރ. ވަރުގެ ގެއްލުމެއް ވާނެ ކަމަށެވެ. އަދި ވިދާޅުވީ، މިފްކޯ އަށް އެހާ އަގު ބޮޑު އަގެއްގައި މަސްވެރިން އަތުން މަސް ގަނެވެނީ، ސަރުކާރުން ސަބްސިޑީ ދޭތީ ކަމަށާއި، އެކަމަކު އެ އަގުގައި އަމިއްލަ ފަރާތްތަކަށް އެ ވިޔަފާރި ކުރިއަށް ގެންދަން ވަރަށް އުނދަގޫވާނެ ކަމަށެވެ.
"މަސްވެެރިންނަށް ސީދާ އެ ސަބްސިޑީ ލިބޭނެ ގޮތެއް ވެއްޖެ ނަމަ އަމިއްލަ ކުންފުނިތަކަށް ވެސް އެ ކަނޑައަޅާ އަގެއްގައި ވިއްކޭނެ. އެ މަޝްވަރާތަކުގައި ތިއްބާ ސަރުކާރުން މި އެނައުންސް ކުރަނީ 25ރ. އަށް މަސް ގަންނަނީއޭ. ސަރުކާރުން މި ވިދާޅުވަނީ ޑިއުޓީ އެބަ ކަނޑާލައޭ. އެކަމަކު އެއަކީ ވެސް އެއްވެސް ތާރީހެއް އޮތް ކަމެއް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.
ވާހިދު ވިދާޅުވީ، ވިޔަފާރީ އުސޫލުން މަސް ގަންނަން ބަލާއިރު ކިލޯއަކަށް 25ރ. އަކީ އެ ކުންފުންޏަށް ގަނެވޭނެ އަގެއް ނޫން ކަމަށެވެ.
"25ރ. އަށް މިފްކޯ އަށް މަސް ވިއްކެން އޮއްވާ މަސްވެރިން އަޅުގަނޑުމެންނަށް މަހެއް ނުވިއްކާނެ. އެހެންވެ މަސް ގަތުން ހުއްޓާލީ. އެހެންވީމަ ސަރުކާރަށް މި އެދެނީ އެ ޑިފަރެންސް [އަގު ބޮޑު ކުރި އަދަދު] ދޭން. އެ ޑިފަރެންސް ނުދޭ ކަމުގައި ވާ ނަމަ ޖެހޭނީ ފެކްޓްރީ ވެސް ބަންދު ކުރަން،" އޭނާ ވިދާޅުވި އެވެ.
އެންސިސް އިން ހުޅުމާލޭގައި ހެދި ފެކްޓްރީގައި ދުއިސައްތައެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި އޭގެ ތެރެއިން 80 ޕަސެންޓު މުވައްޒަފުންނަކީ އަންހެނުންނެވެ.
ވާހިދު ވިދާޅުވީ، މަސް ކޭނަރީއަކާއި, ބޮޑު ފެކްޓްރީއެއް ހެދީ ބޭރުން ލޯނު ނަގައިގެން ކަމަށާއި އެހާ ބޮޑު ގެއްލުމެއްގައި އެ ވިޔަފާރި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރީ، އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސިސް ފިޝަރީސް ވިޔަފާރީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ކަނޑު މަހާއި ކަނޑުމަހުން އުފައްދާ ތަކެއްޗަށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ރާއްޖެ އިން އެކްސްޕޯޓްކުރާ މަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެކަމުގެ މަޝްވަރާތައް ކާމިޔާބު ކަމާ އެކު ކުރިއަށްދާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީ އަށް 22 ޕަސެންޓް ނަގަ އެވެ.
އާ ފެކްޓަރީއާ އެކު އެންސިސްއަށް ހިނިތުންވުން
އެކްސްޕޯޓަރުން އެދެނީ ސަބްސިޑީ މަސްވެރިންނަށް ދޭން
14 ޓަނުގެ ކަންނެއްޔާ އެކު ފީއަލީ ދޯންޏަކުން ރެކޯޑު
ފުލް ކެޕޭސިޓީގައި މިދަނީ މަސް ގަންނަމުން: އެންސިސް
އެންސިސްގެ ކޭނަރީ އަށް ދެ އަހަރު ފުރުން ފާހަގަކޮށްފި
އެންސިސްގެ މުވައްޒަފުންނަށް ހިޔާ ފްލެޓް ހަދަން އެހީދީފި
އެންސިސް އިން މަސްދޯނިތަކަށް ހާއްސަ އިނާމުތަކެއް!
މަސްވެރިކަން ވެސް، ބިލިއަން ޑޮލަރަށް ނާރަންވީ ކީއްވެ؟
ކޮވިޑް-19:ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުން ހުއްޓިއްޖެ
އެންސިސްގެ 20 މިލިއަން ޑޮލަރުގެ ފެކްޓަރީ ނިމެނީ