Roadha Mihaaru
އެންސިސްގެ ކޭނަރީ އަށް ދެ އަހަރު ފުރުން ފާހަގަކޮށްފި

އެންސިސްގެ ކޭނަރީ އަށް ދެ އަހަރު ފުރުން ފާހަގަކޮށްފި

20 ޑިސެމްބަރ 2021

އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި އިމާރާތް ކުރި ކޭނަރީ އަށް ދެ އަހަރު ފުރުން ފާހަގަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި އިމާރާތް ކުރި ކޭނަރީ އަށް ދެ އަހަރު ފުރުން ފާހަގަކޮށްފި އެވެ.

މި މަސް ފެކްޓަރީ ހުޅުވީ 2019 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު އެވެ. އެ ފެކްޓަރީގައި އަންނަނީ މަހުގެ ގިނަ ބާވްތަކެއް ބަންދުކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ވިއްކާ މަސް ދަޅާއި ރާއްޖެއިން ބޭރުގައި ވިއްކާ މަސް ދަޅު ވެސް ހިމެނެ އެވެ.

އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވީ، ދަޅުގައި މަސް ބަންދުކޮށް ރާއްޖެއިން ބޭރަށް ފޮނުވުމާއި ރާއްޖޭގައި ވިއްކުމަކީ ދިވެހި މަސްވެރިންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އެންސިސް ކޭނިން ފެކްޓަރީގެ އެންމެ ބޮޑު ބޭނުމަކީ މަހުގެ އެއްވެސް ބާވަތެއް ބޭކާރު ނުކޮށް ހުރިހާ ބާވަތަކުން އެކި ރަހަތައް އެކުލަވާލައިގެން މަސްދަޅާއި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުމެވެ. އޭގެ ތެރޭގައި ތެލާއި ފެނުގައި ބަންދުކުރާ ދަޅުމަހާއި ޗިލީ ސޯސް އާއި ސަން ފްލާވާ އޮއިލްގައި ބަންދުކުރާ ދަޅު މަސް ވެސް ހިމެނެ އެވެ، އެ ފެކްޓަރީ އަށް ދެ އަހަރުވީ އިރު އެންސިސް އިން އުފައްދާ ބާވަތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.