Roadha Mihaaru
އީސީގެ ޕޯޓަލް ހެކްކުރަން އުޅުނު ކަމުގެ ތުހުމަތު!

ރީރެޖިސްޓްރޭޝަން ޕޯޓަލް ހެކް ކުރަން ބަޔަކު ދަނީ މަސައްކަތް ކުރަމުން: އިދިކޮޅު

17 ސެޕްޓެމްބަރ 2023

ރަށްވެހިވެގެން ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނާ ހަވާލާދީ އިދިކޮޅުން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރަށްވެހިވެގެން ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނާ ހަވާލާދީ އިދިކޮޅުން މިއަދު ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން އެންމެ ދެ ދުވަސް ތެރޭގައި 25،000 މީހުން ރީރަޖިސްޓަރި ވެފައި ވާތީ އިދިކޮޅުގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯލިޝަނުގެ ލީޑަޝިޕުން ވަނީ އިލެކްޝަންސް ކޮމިޝަނާ މިއަދު ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާތަނަށް ރީރަޖިސްޓަރީ ވާން އެދުނު 25،000 މީހުންގެ ތެރެއިން 22،000 މީހުން ފޯމު ހުށަހެޅީ އޮންލައިންކޮށް ކަމަށް ވާއިރު، އެ ކަމުގައި ސުވާލު އުފެދޭ ކަންކަން ހުރި ކަމާ މެދު ދެބަސް ވެވެން ނެތް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ މި ކަމަށް ހުންނަ ކޮންސަލްޓެންޓް އެ ޔަގީން ކޮށްދެނީ ހެކް ކުރުމުގެ ބައެއް ކަންތައްތަކެއް އެބަ ކުރެއޭ. އެހެންވީމާ އެއީ އަޅުގަނޑުމެން ދެއްކި ވާހަކައިގެ ތެދުކަން ހާމަވާ ކަމެއް،" ސައީދު ވިދާޅުވި އެވެ.

"ވަރަށް ގިނަ އަދަދެއްގެ ޝަކުވާ އެބަހުރި. ނޭނގި ނުވެސް ދަންނަ ތަންތަނަށް ރެޖިސްޓާ ކޮށްގެން."

ދެ ވަނަ ބުރުގައި ވޯޓު ލާން އެންމެ ދެ ދުވަސް ތެރޭގައި އާދަޔާ ހިލާފަށް ގިނަ ބަޔަކު ރީރަޖިސްޓަރި ވެފައި ވާތީ އިދިކޮޅުގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯލިޝަނުގެ ލީޑަޝިޕުން އީސީއަށް ދިއުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސައީދު ވިދާޅުވީ، އެ ކަމާ މެދު އަމަލު ކުރާނެ ގޮތް ނިންމާނީ އިލެކްޝަނުން ކަމަށާއި ނަމަވެސް އިދިކޮޅުން ދޫނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ފޯމުތަކުގެ ސާމްޕަލް ޗެކުކުރުމުގެ ފުރުސަތު އެމްޑީޕީ އާއި ޕީޕީއެމަށް ވެސް އީސީން ދޭން ޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ވަގުތުން ހައްލު ކުރާ ކަމުގެ ޔަގީންކަން ދިން ކަން ފާހަގަކޮށް ސައީދު ވިދާޅުވީ، މައްސަލަ ޖެހިފައި ހުރީ އެ ސަބަބާ ހުރެ ކަމާ މެދު ކަމެއް ޔަގީންކަން ދީފައި ނުވާ ކަމަށެވެ.

އިދިކޮޅު ލީޑަޝިޕުން ވަނީ ރީރެޖިސްޓްރޭޝަނަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމަށް އެދިފަ އެވެ. ސައީދު ވިދާޅުވީ އެކަމާ މެދު ސީދާ ޖަވާބެއް ނުދިން ނަމަވެސް، ފޯމުތަކުގެ އަދަދު ގިނަވުމާ އެކު ސައްހަކަން ޔަގީން ކުރަން ވަގުތު ބޭނުންވާނެ ކަން ކޮމިޝަނަށް ވެސް އެނގޭ ކަމަށެވެ.

ދެ ވަނަ ބުރުގައި ވޯޓު ލާން އެންމެ ދެ ދުވަސް ތެރޭގައި އާދަޔާ ހިލާފަށް ގިނަ ބަޔަކު ރީރަޖިސްޓަރި ވެފައި ވާތީ އިދިކޮޅުގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯލިޝަނުން އީސީ ކައިރިއަށް އެއްވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، އެކި ބާވަތުގެ މައްސަލަ އެބަހުރި ކަމަށާއި އެ މައްސަލަތައް ރިޕޯޓުކޮށް، ނޯޓު ކުރުމުގެ ކަންކަން އެ ޕާޓީން ކުރަމުން އަންނަ ކަމަށެވެ.

"ރާއްޖެ އިން ބެރުން ވެސް ރަށްރަށުން ވެސް ވަކިވަކިން އަޅުގަނޑުމެން މިދަނީ އެޕްލިކޭޝަންތައް ލަމުން، ފޯމުތައް ވެސް ފުރަމުން. މައްސަލަ ޖެހުނު ސީދާ އަދަދެއް ދަންނަވަން އެނގޭނީ ޕްރޮސެސް ނިމުނީމާ،" މުންދު ވިދާޅުވި އެވެ.

ހެކް ކުރުމުގެ ވާހަކައަށް ބާރުދީ، މުންދު ވިދާޅުވި ގޮތުގައި، އެ ކަންކަން ހިނގާފައި ހުރީ ވަކި ތަންތަނުން ކަމަށެވެ.