Roadha Mihaaru
ޔާމީން އެދުމަކީ މުުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވުން

މުއިއްޒު ހޮވަން ޔާމީން ބޭނުން، އެދުމަކީ ކެމްޕެއިނުގައި ބައިވެރިވުން: ސައީދު

01 ސެޕްޓެމްބަރ 2023

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޔާމީން ކޯޓަށް ހާޒިރުކުރި ދުވަހެއްގައި ސައީދު މެދުވެރިކުރައްވައި މުއިއްޒާ ދެކޮޅަށް ނޯޓުކޮޅެއް ފޮނުއްވި ވާހަކަތަކާ ގުޅުވައިގެން، ފޮނަދޫ ކެމްޕެއިނު ޖަލްސާގައި ސައީދު މިރޭ ވިދާޅުވީ މުއިއްޒު ހޮވަން ޔާމީން ބޭނުންފުޅުވާ ކަމަށެވެ.

ވާދަވެރިން އެކިއެކި ވާހަކަ ދައްކަނީ ފިތުނަ އުފެއްދުމަށް ކަމަށް ތުހުމަތުކޮށް ސައީދު ވަނީ އެފަދަ ވާހަކަތަކުގައި ނުޖެހުމަށް އެދިވަޑައިގެންފަ އެވެ. ސައީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ ޑިމޮކްރެސީގެ ސިފަތަކުން ފުރާ ފުރިހަމަވެފައިވާ ޕާޓީއެއް ކަމަށެވެ.

"ރައީސް ޔާމީންގެ މެސެޖަކީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާށޭ، އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ މި ހުންނެވީ އޭ ޑރ. މުއިއްޒޭ. ތި ބޭފުޅުން ނަންބަރު 4 އަށް ވޯޓު ޖައްސަވާށޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ޔާމީން ޖަލަށް ވަޑައިގެންނެވުމަށް ފަހު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އަދުރޭ އަކީ ޔާމީނަށް މުޅި ރާއްޖޭގައި ވެސް ހުރި އެންމެ ވަފާތެރި ސިޔާސީ ބޭފުޅާ ކަމަށެވެ.

މުއިއްޒުގެ ވެސް ހިންގަވަނީ އެ މަގުން ކަމަށާއި، ވެރިކަން ވެސް ކުރައްވާނީ ސީދާ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.