Roadha Mihaaru
ސަރޯޖް ހާންގެ ބަޔޮޕިކްގައި އޭނާގެ ރޯލު ކުޅޭނީ މާދުރީ

ސަރޯޖް ހާންގެ ބަޔޮޕިކްގައި އޭނާގެ ރޯލު ކުޅޭނީ މާދުރީ

19 ސެޕްޓެމްބަރ 2023

ބޮލީވުޑް ދުށް އެންމެ ކުޅަދާނަ އެއް ކޮރިއޮގްރާފަރު ކަމަށްވާ ސަރޯޖް ހާންގެ ބަޔޮޕިކް ފިލްމުގައި އޭނާގެ ރޯލު ކުޅެން މާދުރީ ދިކްޝިތަށް ފުރުސަތު ލިބިއްޖެ އެވެ.

ބޮލީވުޑް ދުށް އެންމެ ކުޅަދާނަ އެއް ކޮރިއޮގްރާފަރު ކަމަށްވާ ސަރޯޖް ހާންގެ ބަޔޮޕިކް ފިލްމުގައި އޭނާގެ ރޯލު ކުޅެން މާދުރީ ދިކްޝިތަށް ފުރުސަތު ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ސަރޯޖްގެ ރޯލު ކުޅެން މާދުރީ މިހާރު ވަނީ އެއްބަސްވެފަ އެވެ.

ސަރޯޖް ވަނީ މީގެ ތިން އަހަރު ކުރިން މަރުވެފަ އެވެ.

މާދުރީ އަކީ ސަރޯޖްގެ ދަރިވަރެއް ވެސް މެ އެވެ. މާދުރީގެ އައިކޮނިކް އެތައް ލަވައެއްގެ ކޮރިއޮގްރާފީ ހަދާފައި ވަނީ ސަރޯޖެވެ. އެމީހުން އެކުގައި ގިނަ މަސައްކަތްތަކެއް ކުރި އެވެ. އަދި ބައެއް އިންޓަވިއުތަކުގައި ސަރޯޖް ބުނެފައިވާ ގޮތުގައި، މާދުރީ އަކީ އޭނާގެ ފޭވަރިޓް ދަރިވަރެވެ.

ހިންދީ ފިލްމުތަކުގެ 2،000 އަށް ވުރެ ގިނަ ލަވައިގެ ކޮރިއޮގްރާފީ ހަދައިގެން ސަރޯޖަކީ ތިން ގައުމީ އެވޯޑް ވެސް ހޯދާފައިވާ ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް އަންހެން ކޮރިއޮގްރާފަރުންގެ ތެރެއިން އެކަކެވެ.

ރިޕޯޓްތައް ބުނީ ސަރޯޖްގެ ބަޔޮޕިކް ޑައިރެކްޓުކުރަނީ ހަންސަލް މެހެތާ ކަމަށެވެ. އަދި އެ ފިލްމަކީ ސްޓްރީމިން ޕްލެޓްފޯމަކަށް ހަދާ ފިލްމެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ޖުލައި 3، 2020 ގައި، އުމުރުން 71 އަހަރުގައި ސަރޯޖް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.