ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަނީ އެ މަނިކުފާނަކީ އަނިޔާވެރިވާނެ ވެރިއަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް އެންވަރަޔަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
20 ސެޕްޓެމްބަރ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަނީ އެ މަނިކުފާނަކީ އަނިޔާވެރިވާނެ ވެރިއަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް އެންވަރަޔަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސްގެ ކެމްޕެއިނަށް ގަލޮޅުގައި ރޭ ބޭއްވި ޖަލްސާގައި ޝައުނާ ވިދާޅުވީ އެމްޑީޕީން ކުރަމުން އަންނަނީ މުޅި ރާއްޖެ ބަދަލުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
"އަނެއްދިވެހިރާއްޖެ" އަށް ދާން ފެށި ދަތުރު ފެށީ ދިވެހިންނަށް ހެޔޮ ވެރިކަމެއް ގެނެސްދޭން ކަމަށް ޝައުނާ ވިދާޅުވި އެވެ. އޭގެ ފަހުން ޖަޒީރާ ރާއްޖޭގެ ދަތުރުން މިހާރު އާދެވިފައި މި ތިބީ އަމާން ރާއްޖެއަކަށް ފެށި ދަތުރަށް ކަމަށް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތްކުރެއްވީ އެމްޑީޕީން އެކި ކެމްޕެއިންތަކުގައި ބޭނުންކުރި ސްލޯގަށް ތަކަށެވެ.
މި ދަތުރުގައި އެމްޑީޕީގެ ސަޕޯޓަރުންވީ ގުރުބާނީތަކުގެ ހަނދާން އާކުރައްވަމުން ޝައުނާ ވިދާޅުވީ، އެ ދުވަހު ޕެޕަ ސްޕްރޭ އާއި މުގުރާއި އެސްއޯ ފުލުހުންގެ އަނިޔާއަށް އެއްވެސް ބިރެއް ނެތި، ގައުމަށް ހެޔޮ ގޮތް ހޯދަން އެތައް ބަޔަކު ނުކުތް ކަމަށެވެ.
އެ މަސައްކަތުގައި ގަލޮޅު ރައްޔިތުންގެ ހިއްސާ ބޮޑުކަން ޝައުނާ ފާހަގަކުރެއްވި އެވެ.
"އެތައް ޒަމާނެއް އަޅުގަނޑުމެން ތިޔަ ބޭފުޅުންނާ އެކު މަގުމަތީ ހޭދަކުރިން. ޕެޕާ ސްޕްރޭ، މުގުރުތަކަށް އެ ދުވަހު ބިރެއް ނުގަނޭ، ބިރަކާ ނުލައި ވޯޓުން ބަލިކުރާނީ މި އަނިޔާވެރިކަން ނިންމަން، މި ކުރާ ދަތުރުތަކަކީ އެކަން ކުރުމަށް ކުރާ ދަތުރެއް،" ޝައުނާ ވިދާޅުވި އެވެ.
"ޝައްކެއް ނުކުރަން ކާމިޔާބު ލިބޭނެ ކަމާ މެދު، ބޮޑު ތަނުން ރައީސް ކާމިޔާބު ކުރެއްވުން."
ޝައުނާ ވިދާޅުވީ ރާއްޖޭގައި އޮތީ ސިޔާސީ ދެ ވިސްނުމެއް ކަމަށާއި އެއީ އަނިޔާވެރިކަމުގެ ފިކުރާއި ހެޔޮވެރިކަމުގެ ފިކުރު ކަމަށެވެ. އެމްޑީޕީ އަދި ރައީސަކީ އަނިޔާވެރި ނުވާނެ ވެރިއެއް ކަމަށް ޝައުނާ ވިދާޅުވި އެވެ.
"މި ހުންނެވި ރައީސަށް އަޅުގަނޑު ތާއީދުކުރަނީ ހަމަ ޔަގީނުން ވެސް އަނިޔާވެރިއެއް ނުވާނެތީވެ، ވައްކަން ނުކުރައްވާނެތީވެ، ޔަގީން ކުރައްވާ ތިޔަ ބޭފުޅުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ،" ޝައުނާ ވިދާޅުވި އެވެ.
ޝައުނާގެ ހިތްހަމަނުޖެހުން ނަޝީދުގެ ފެކްޝަނަށް!
ޝައުނާ ދެއްކެވީ ރައީސް ކޮވިޑް މެނޭޖްކުރެއްވި ގޮތް
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ