20 ޖޫން 2022
ކިތަންމެ އުނދަގޫ ހާލަތަކަސް ރައްޔިތުންނަށް ދަތިވިޔަނުދީ ގައުމު ސަލާމަތް ކުރައްވާނެ ކަމުގެ އިތުބާރާއި ޔަގީންކަން އޮތް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ވަނަ ދައުރަކަށް އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ތާއީދު ކުރައްވާ ކަން މިއަދު ހާމަކުރައްވައިފި އެވެ.
ކިތަންމެ އުނދަގޫ ހާލަތަކަސް ރައްޔިތުންނަށް ދަތިވިޔަނުދީ ގައުމު ސަލާމަތް ކުރައްވާނެ ކަމުގެ އިތުބާރާއި ޔަގީންކަން އޮތް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ވަނަ ދައުރަކަށް އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ތާއީދު ކުރައްވާ ކަން މިއަދު ހާމަކުރައްވައިފި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ރައީސް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވުމާ އެކު، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުން ވަނީ އެ މަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވިކަން ހާމަކުރައްވައިފަ އެވެ.
ރައީސްގެ ކެންޑިޑެސީ އެންޑޯސްކުރެއްވި މައިގަނޑު އެއް ސަބަބަކަށް ޝައުނާ ދެއްކެވީ ކޮވިޑް މެނޭޖްކުރެއްވި ގޮތެވެ. އެހެން ގައުމުތަކާ އެއް ހާލަތަކަށް ރާއްޖެ ނުދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑަޝިޕާއި ކޮންމެ ރެއަކު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުންތަކަށް ފަހު އެޅުއްވި ފިޔަވަޅުތަކުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޮލިސީ ސެކްރެޓަރީއަކަށް ހުންނެވި އިރު, ރައްޔިތުންގެ ފުރާނަ ސަލާމަތްކުރައްވައި ކަންކަން ދަތިވިޔަ ނުދީ ކޮވިޑުން އަރައިގަތުމަށް ރައީސް ދެއްވެވި އިސްކަމާއި އިގްތިސާދީ ހާލަތު ގޯހުން ގޯހަށް ދިޔަ ނުދެއްވަން އެޅުއްވި ފިޔަވަޅުތައް ގާތުން ފެނިވަޑައިގަތް ކަމަށެވެ.
"ކޮންމެ ރެއަކު ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެއް މޭޒު ދޮށެއްގައި މަޝްވަރާ ކުރެވި، ހަރުދަނާ ފިޔަވަޅުތަކަށް ވާހަކަ ދެއްކެވޭ. އެންމެ ރެއެއް ވެސް ނުދޭ ރައީސް ޗެއާ ކުރައްވަވާ ބައްދަލުވުން ނުބާއްވަވާ," ޝައުނާ ވިދާޅުވި އެވެ.
"ބަލީގެ ހާލަތު ރަށްތަކުގައި ފެތުރޭ މިންވަރާއި ދެން އަޅަންވީ ފިޔަވަޅުތައް ބެއްލެވި. މާސްކާއި ގައުމުގެ ތެލުގެ ސްޓޯރޭޖާއި ހަނޑޫ, ހަކުރު ފުށް ހުރި މިންވަރަށް ބައްލަވާނެ. ކޮވިޑް ފެސިލިޓީސްތަކުގައި ކުރަން ހުރި ކަންކަން އޮޅުންފިލުއްވާ. އެންމެ ކަމެއް ވެސް ދޫވިޔަނުދީ ތަފްސީލު މައުލޫމާތު އަބަދުވެސް ހޯއްދަވާ. ފިޔަވަޅު އެޅުއްވީ އެ ކަންކަން އަޑުއެއްސެވުމަށް ފަހު."
އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މަޖިލީހުގައި ވާހަކަދައްކަވަނީ. --ފޮޓޯ | މަޖިލިސް
ޝައުނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުންތައް ބައެއް ރޭ ތަކުގައި މެންދަމު ތިނެއް ޖަހަންދެން ވެސް ދިގުލައިގެންދެ އެވެ.
ދުވާލުގެ ވަގުތުތަކުގައި ވާޗުއަލްކޮށް ބޭއްވެވި ބައްދަލުވުންތަކުގައި ގައުމަށް އެހީ ހޯއްދެވުމަށް ވަގުތު ހުސްކުރެއްވި ކަމަށް ވިދާޅުވި އެވެ. އެހެން ގައުމުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ލިބި ކޮވިޑުން އަރައިގަނެވުމުގެ ނަތީޖާއަކީ އެއީ ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގާތުން ފެނުނު ކޮވިޑް ހާލަތުގައި އެހެން ގައުމުތަކުގެ ހާލަތާއި މިހާރު ވެސް ގައުމުތަކަށް އަރައިނުގަނެވި ގޯހުން ގޯހަށް ގޮސް ހަމަޖެހުން ގެއްލިގެން ދިޔަ މަންޒަރު. އެ ހިސާބަށް ރާއްޖެ ނުގޮސް ސަލާމަތްވެވުނީ ރައީސްގެ ލީޑަޝިޕުން, އެއީ ކޮންމެ ބޭފުޅަކަށް ކުރެއްވޭނެ ކަމެއް ނޫން," ޝައުނާ ވިދާޅުވި އެވެ.
ޕެންޑަމިކެއްގައި ހުރިހާ މުއައްސަސާއެއް އެއް މޭޒެއްގައި ބައިތިއްބައި ކަންކަން ނިންމަވަމުން ގެންދެވި ގޮތަކީ ދެން ވެސް އެފަދަ ކާރިސާއެއް އެގޮތަށް މެނޭޖްކުރައްވާނެ ކަމުގެ އިތުބާރު އުފެދުނު ސަބަބެއް ކަމަށް ޝައުނާ ވިދާޅުވެ އެވެ.
އޭނާ ވިދާޅުވީ ކޮވިޑާ އެކު އިގްތިސާދަށް ކުރިމަތިވި ލޮޅުންތަކާއި ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުން އިންތިހާއަށް އަސަރުކުރަމުންދާ އިރު ވެސް ގައުމީ އުފެއްދުންތެރިކަން ސަރުކާރުން ހިފަހައްޓަމުން އަންނަ ކަމަށެވެ.
ސިޔާސީ ނިޒާމަކުން 2008 ގައި ރާއްޖޭގައި ވެރިކަން ކުރަން ފަށައި ދައުރުތަކެއް ބަދަލުވިޔަސް ކޮންމެ ފަސް އަހަރަކުން އަންނަ ބަދަލުތެރޭގައި ކުރިމަތިވާ ގޮންޖެހުންތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަން ރާވައި ހިންގަން އުނދަގޫވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ސަރުކާރަކުން ރާވައި ފަށާ މަޝްރޫއުތައް ހިންގަން ފަސް އަހަރަކީ އެކަށީގެންވާ މުއްދަތެއް ކަމަކަށް އަދި ކޮންމެ ފަހަރަކު ބަދަލުވާ ސަރުކާރަކުން ކުރީގެ ސަރުކާރުގެ ސިޔާސަތަށް އަމަލުނުކުރުމުގެ ނިންމުން ޝައުނާއަށް ގަބޫލެއް ނުކުރެއްވެ އެވެ.
އެ ހުރިހާ ބަދަލެއްގެ ތެރޭގައި ގާނޫނީ ނިޒާމުގައި ކަށަވަރު ކޮށްދީފައިވާ ގޮތަށް މުއައްސަސާތައް ވެސް ނުހިނގާ ކަމަށާއި މި ވެރިކަން ފެށުނުއިރު ހާލަތު މާ ގޯސްކޮށް ކަމަށް ވިދާޅުވި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައި ޝައުނާ އަށް ރައީސް ފަތްކޮޅު ދެއްވަނީ -- ފޮޓޯ | ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ބޮޑު މަޝްރޫއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަން ޖެހިވަޑައިގަތް ކަމަކީ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ހައްގުތައް ނިގުޅައިގަތުމުގެ ބިރު ފިލުވައިދީ، އަމާންކަމާއި ހަމަޖެހުން ހޯދައި ދެއްވުމެވެ. އެންމެ ފުރަތަމަ ވެސް އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އަވަހަށް ނިންމަވާ ތަން ދެއްކެވުމުގެ ބަދަލުގައި ސީދާ ރައްޔިތުންގެ ދިރިއުޅުމާ ހަމައިން ކަންކަން ފެއްޓެވި ކަމަށް ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާ އާއި މަގު ހެދުމާއި ބަނދަރު ހެދުމާއި އިންޖީނުގެތަކާއި ފެރީގެ ނިޒާމުން ދަތުރުފަތުރުގެ ލުއި ފަސޭހަތަކާއި ހިލޭ ޑިގްރީ އާއި ނާސްތާ ޕްރޮގްރާމާއި މަތީ ތައުލީމަށް ލޯނުތަކަކީ ސީދާ ރައްޔިތު މީހާއަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަންކަން ކަމަށެވެ.
"ކޮވިޑުގެ ދެ އަހަރު ދިމާވި ހާލަތު މެނޭޖްކުރައްވަން މި ސަރުކާރު މަސައްކަތް ކުރަން ޖެހުމަކީ ހިސާބުޖަހައި ޕްލޭންކޮށް ތަރުތީބުކޮށްފައިވާ ގޮތަށް ހުރިހާ ކަންކަން މިހާތަނަށް ނުނިމި ހުރި މައިގަނޑު ސަބަބު," އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވު ގޮތުގައި އެހެންވިޔަސް ހުއްޓުމެއް ނެތި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން އަވަހަށް ފުއްދައިދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޝައުނާ ވިދާޅުވީ 2008 ގައި ރައްޔިތުންގެ މަޖިލީހުގެ ކަންކަމުގައި ރައީސް ސޯލިހް އިސްކޮށް އެމްޑީޕީގެ ކަންކަން ކުރެއްވި އިރު ވެސް ގާތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ ގެއްލި އޭރުގެ އިދިކޮޅު ޕާޓީތަކަށް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް އިރު ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވި ތަން ފެނިވަޑައިގަތީ ހިކުމަތްތެރިކަމާ އެކު ކަންކަން ތަންފީޒުކުރެއްވި ލީޑަރެއްގެ ކަމަށް ވިދާޅުވި އެވެ.
އެންމެ މުހިއްމު ބިލްތައް ކަމަށްވާ ޓެކްސްގެ ނިޒާމާއި ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުން ފަދަ މުހިއްމު ބިލްތައް ވުޖޫދު ކުރައްވަން މަސައްކަތް ކުރެއްވި ކަމަށެވެ. ސަރުކާރުން ހުށަހެޅި ގޮތް ނޫނަސް މަޖިލީސް ތެރެއިން އެކަން ނިމި ފަށައިގަނެވުނު ކަމަށް ވިދާޅުވި އެވެ.
"އެފަދަ މުހިއްމު ބިލްތައް ފާސްކުރުމުގައި މައިނޯރިޓީއާ އެކު އެ ގެންގުޅުއްވި ވިސްނުންފުޅާއި ސްޓްރެޓެޖީސްތަކާއި އެންމެންނާ ގުޅުން ރަނގަޅުކަން ފާހަގަކުރެވުނު," ޝައުނާ ވިދާޅުވި އެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް: އެމަނިކުފާނުގެ ދެ ވަނަ ދައުރަަށް ވާދަކުރައްވާނެ ކަން ގިނަ ވަޒީރުން ވަނީ އިއުލާންކުރައްވާފައި.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަން 2012 ގައި ބަޣާވާތަކުން ވައްޓާލުމަށް ފަހު، ގައުމުގައި ހިނގައި ދިޔަ ކަންކަމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެނިވަޑައިގަތީ އެންމެންނާ ވާހަކަ ދައްކަވައިގެން ކަންކަމުގައި ހައްލު ހޯއްދަވާ ބޭފުޅެއްގެ ގޮތުގަ އެވެ.
"އަބަދުވެސް ވަރަށް މަޝްވަރާ އަށް ޖާގަ ދެއްވާ. ކަންކަން ނިންމަވަނީ އެހެން މީހުންގެ ވިސްނެވުމަށް އިހްތިރާމްކޮށް، ކަންކަމުގައި އެންމެ ރަނގަޅު ގޮތް ބައްލަވާފައި," ޝައުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރަށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއްގެ 40 ޕަސެންޓް ކޮވިޑާ ހެދި ގެއްލުނަސް މިހާތަނަށް ނެރެވުނު ނަތީޖާ ރަނގަޅެވެ. މުއައްސަސާތައް އިސްލާހުކުރަން ކުރަން ހުރި ކަންކަން އަދިވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ވައުދުވެވަޑައިގަތް ހުރިހާ ކަމެއް މިހާތަނަށް ނުނިމުނަސް ދެން ވެސް އެ ކަންކަން އެންމެ ފުރިހަމައަށް ކުރެއްވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށާއި އެކަމަކު އެ ނިންމުން އޮތީ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ އަތްމަތީގައި ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
މަސައްކަތް ކުރެވިއްޖެ، ބޮޑު ކާމިޔާބީއެއް ލިބޭނެ:ރައީސް
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
"އަސާސީ ހިދުމަތް ފުރިހަމަވެ ހުށަހެޅުން ބަދަލުވެއްޖެ"
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
ރައީސް އަނިޔާވެރިނުވާނެކަން ޔަގީން: ޝައުނާ
ކެމްޕޭނަށް ފުރުސަތު ދޭން ރައީސް އެދިވަޑައިގެންފި
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
ހުޅުދުއްފާރުގައި ރައީސްގެ ހަނދާނަށް އަބްދުﷲ ގާޒީ