Roadha Mihaaru
ކުޑަ ކުއްޖާ ހަވާލު ކުރުމުން އިންޑިއާ އަށް ޝުކުރު

ޕާކިސްތާނުން ގެންދިޔަ ކުއްޖާ ހަވާލު ކުރުމުން އިންޑިއާ އަށް ޝުކުރު

05 ފެބުރުއަރީ 2017

އިސްލާމްއާބާދު (ފެބްރުއަރީ 5) - އެގާރަ ވަރަކަށް މަސްކުރިން ޕާކިސްތާނުން ގެންދިޔަ ފަސް އަހަރުގެ ކުއްޖާ އަނބުރާ ހަވާލު ކުރުމުން އިންޑިއާ އަށް ޝުކުރު އަދާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ފެބްރުއަރީ 5) - އެގާރަ ވަރަކަށް މަސްކުރިން ޕާކިސްތާނުން ގެންދިޔަ ފަސް އަހަރުގެ ކުއްޖާ އަނބުރާ ހަވާލު ކުރުމުން އިންޑިއާ އަށް ޝުކުރު އަދާކޮށްފި އެވެ.

އިފްތިކާރު އަހުމަދު ޕާކިސްތާނުގެ އޮފިޝަލުންނަށް ހަވާލުކޮށްފައި ވަނީ ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގައި އިއްޔެ އެވެ. ކުއްޖާގެ ބައްޕަ ގުލްޒާރު އަހުމަދު ޓަންޓްރޭ އެ ކުއްޖާ މިދިޔަ އަހަރު އިންޑިއާ އަށް ގެންދިޔައީ ކައިވެންޏެއްގައި ބައިވެރިވުމަށް ކަމަށް ބުނެ އޮޅުވާލައިގެންނެވެ.

ޕާކިސްތާނުން ގެންދިޔަ ކުޑަ ކުއްޖާ އިފްތިކާރު އަދި އެ ކުއްޖާގެ މަންމަ ކަޔާނީ.

ޕާކިސްތާނުން ގެންދިޔަ ކުޑަ ކުއްޖާ އިފްތިކާރު އަދި އެ ކުއްޖާގެ މަންމަ ކަޔާނީ.

"ދަރިފުޅު އަނބުރާ ލިބޭނެކަމުގެ ހުރިހާ އުއްމީދެއް ކަނޑާލާފައި ވަނިކޮށް މި ކުއްޖާ ލިބުމަކީ މުއުޖިޒާތެއް ފަދަ ކަމެއް. އެކަމަށް އެހީތެެރިވެދީނީތީ ޕާކިސްތާން ސަރުކާރަށް ޝުކުރު އަދާކުރަން،" ކުއްޖާގެ މަންމަ ރޮހީނާ ކަޔާނީ ބުންޏެވެ.

ކަޔާނީ ދިރިއުޅެނީ ކަޝްމީރުގެ ޕާކިސްތާން ފަޅީފަ އެވެ. އެ ކުއްޖާގެ ބައްޕަ ޓަންޓްރޭ އުޅެނީ ކަޝްމީރުގެ އިންޑިއާ ފަޅީގަ އެވެ.

ޕާކިސްތާނުން ގެންދިޔަ ކުޑަ ކުއްޖާ އަދި އެ ކުއްޖާގެ މަންމަ ކަޔާނީ އާއި ބައްޕަ ޓަންޓްރޭ.

ޕާކިސްތާނުން ގެންދިޔަ ކުޑަ ކުއްޖާ އަދި އެ ކުއްޖާގެ މަންމަ ކަޔާނީ އާއި ބައްޕަ ޓަންޓްރޭ.

އިފްތިކާރުގެ މައްސަލަ ސަމާލު ކަމަށް އައިސްފައި ވަނީ ކަޝްމީރުގެ ޕާކިސްތާން ފަޅީގައި ދިރިއުޅުނު ޓަންޓްރޭ މިދިޔަ އަހަރުގެ މާޗު މަހު އިންޑިއާ އަށް ދިއުމުން އޭނާ ހައްޔަރު ކުރި ހިސާބުންނެވެ. އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގެ އަވަށެއް ކަމަށްވާ ގަންޑާބަލްގައި އުޅެ ބޮޑުވި ޓަންޓްރޭ ކަޝްމީރުގެ ޕާކިސްތާން ފަޅިއަށް ހިޖުރަކުރީ 1990 ވަނަ އަހަރު އެވެ. އެހާ ދުވަހު ޕާކިސްތާނުގައި އުޅެފައި ކުޑަ ދަރިފުޅާ އެކު އިންޑިއާ ދިޔަ ނަމަވެސް ޓަންޓްރޭ ވަނީ ހައްޔަރުކޮށްފަ އެވެ. ކުއްޖާގެ މަންމަ ކަޔާނީ ތުހުމަތު ކޮށްފައި ވަނީ ދަރިފުޅު ވަގަށް ނަގައިގެން ފިލީ ކަމަށެވެ. އެކަމަކު ޓަންޓްރޭގެ އާއިލާ އިން އެކަން ދޮގު ކުރެ އެވެ.