Roadha Mihaaru
އިންޑިއާ އަށް ޖާސޫސް ކުރަމުންދިޔަ ބައެއް އަތުލައިގެންފި

އިންޑިއާ އަށް ޖާސޫސް ކުރަމުންދިޔަ ބައެއް ޕާކިސްތާނުން އަތުލައިގެންފި

04 ނޮވެމްބަރ 2016

އިސްލާމްއާބާދު (ނޮވެމްބަރު 4) - އިސްލާމްއާބާދުގައި ހުންނަ އިންޑިއާގެ މިޝަނަށް ޖާސޫސްކޮށްދެމުން ދިޔަ ނެޓްވޯކެއް އަތުލައިގެންފައިވާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ނޮވެމްބަރު 4) - އިސްލާމްއާބާދުގައި ހުންނަ އިންޑިއާގެ މިޝަނަށް ޖާސޫސްކޮށްދެމުން ދިޔަ ނެޓްވޯކެއް އަތުލައިގެންފައިވާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޖާސޫސް ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ އަށް މީހުންގެ ނަމާއި ފޮޓޯ އިސްލާމްއާބާދުން ވަނީ މީޑިއާ އަށް އާއްމުކޮށްފަ އެވެ.

ޕާކިސްތާނުން މި ތުހުމަތު ކުރިއިރު ދިއްލީގައި ހުންނަ ޕާކިސްތާނުގެ މިޝަނުގެ ހަ އޮފިޝަލެއްގެ މައްޗަށް އިންޑިއާ އިން ވެސް ވަނީ ޖާސޫސްކުރާ ކަމުގެ ތުހުމަތު ބުދަ ދުވަހު އަޅުވައިފަ އެވެ.

"ޓެރަރިޒަމަށް ހިތްވަރު ދީ އެކަމަށް އިންޑިއާ އިން ފައިސާ ހޭދަކުރުމުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ޖާސޫސް ކުރަމުން ދިޔުމަކީ ހިތާމަހުރި ކަމެއް،" ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެކަމަކު ނޫސްވެރިންނާ ވާހަކަ ދައްކަމުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިކާސް ސްވަރަޕް ވިދާޅުވީ އިސްލާމްއާބާދުގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ މުވައްޒަފުން ޖާސޫސް ކުރާ ކަމަށް ބުނެ ޕާކިސްތާނުން ފަތުރާފައި ވަނީ އެއްވެސް އަސްލެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި މަޝްރަހު ހޫނުވެފައި މި ވަނީ ކަޝްމީރުގައި އިންޑިއާ ސިފައިންގެ މަރުކަޒަކަށް ސެޕްޓެމްބަރު މަހު ހަމަލާދީ 18 ސިފައިން މަރާލި މައްސަލައިގަ އެވެ. އެ ހަމަލާގެ ޒިންމާ އިންޑިއާ އިން އަޅުވާފައި ވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ.