އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
21 ސެޕްޓެމްބަރ 2023
އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ކޮންމެ މަހަކު މިހާރު ދެމުން އަންނަނީ މަހަކު 5،000ރ. އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހުވަދޫ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް ވިދާޅުވީ އަމިއްލައަށް ބޭނުންވެގެން ރިޓަޔާވެވޭ އުމުރު، 65 އަހަރުން 70 އަހަރަށް ބޮޑުކޮށްދޭނެ ކަމަށެވެ.
ރިޓަޔަމަންޓް އުމުރު 65 އަށް ހަމަޖައްސާފައި އޮތުމުން، އެކި ދާއިރާތަކުން ތަޖުރިބާކާރު ބޭފުޅުންގެ ހިދުމަތުން މާ އަވަހަށް އެކަހެރިވެވަޑައިގަންނަވަން ޖެހޭތީ ޝަކުވާ ބޮޑެވެ. އެކަމަކު ރިޓަޔަވާ އުމުރު 70 އަށް މަތިކުރިޔަސް މިހާރު ގާނޫނުގައި އޮތް ގޮތަށް 65 އަހަރުގައި ވެސް ރިޓަޔާވެވޭނެ އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ހަމަޖައްސަން ނިންމެވިކަން ރައީސް މިރޭ އިއުލާންކުރެއްވި އިރު މިހާރު ދެމުން އަންނަ އެލަވަންސް ބޮޑުކުރާނެ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް އޮތީ މިދިޔަ ޖޫން މަހުގެ ތެރޭގައި އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.
"އިރާދަކުރެއްވިއްޔާ އެކަމަށް [އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވަންސް] ވެސް ވަރަށް އަވަހަށް ހެޔޮ ބަދަލެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ. އެ ބަދަލާއި ގުޅޭ މާބޮޑު ތަފްސީލު ނުދެއްވައި އޭރު ވިދާޅުވީ އެއީ އަންނަ ދައުރަށް އެކުލަވާލާ މެނިފެސްޓޯގައި ހިމަނާނެ ކަންތައްތައް ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް އެލަވެންސް ދޭން ފުރަތަމަ ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ މަހަކު 2،000ރ. ގެ އިނާޔަތެކެެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނަށް ބަދަލު ގެނެސް އެ އެލަވެންސް ވަނީ 5،000ރ. އަށް ބޮޑުކޮށްފަ އެވެ.
އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރަނީ
އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރަނީ
"ރިޓަޔާކުރާ އުމުރު މަތިކުރުމުން އާމްދަނީ އިތުރުވާނެ"
ދުވަސްވީ މީހުންގެ އެލަވަންސް ކުޑައެއް ނުކުރާނަން: އިބޫ
އެލްޑާލީ ކްލަބް: މިއީ ބޭނުންވާ އުފާވެރިކަމާއި އަޅާލުން
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ކުރީގެ ފަސްޓް ލޭޑީ ފަޒްނާގެ މަންމާފުޅު އަވަހާރަވެއްޖެ
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ