ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓު އަމީން އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
23 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓު އަމީން އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
އެމްޑީޕީ އާ ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޖޭޕީގެ ނައިބު ލީޑަރު އަމީންގެ އިތުރުން ގާސިމްގެ އެޑްވައިޒަރަކަށް ހުންނެވި މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މިހާރުގެ ނައިބު ލީޑަރު އަހުމަދު ސައުދު ވެސް ވަނީ ރައީސަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މެންބަރުން ވަނީ މިރޭ ރައީސްގެ ކެމްޕެއިނާ ގުޅިވަޑައިގެންފަ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ބޭފުޅުންނަކީ އެމަނިކުފާނު ކުރައްވާ މަސައްކަތުގައި އާ މޫނުތަކެއް ނޫން ކަމަށެވެ.
އެއީ އިސްލާހީ މަސައްކަތްތަކެއް ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގްސަދާއި އަމާޒަކީ އެއް އަމާޒެއް. އެއީ އަނިޔާވެރިކަމަށް ނޫނެކޭ ބުނުން އަދި ރައްޔިތުންނަށް އުފާވެރި ދުވަހެއް ހޯދައިދިނުން." ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭޕީގެ އެ މެންބަރުންނާއެކު މޭޑޭ ގައި ކުރެއްވި މަސައްކަތްތައް ވެސް ހަނދާން ކުރައްވައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ނަމުގައި ވަޑައިނުގަތް ނަމަވެސް މި ބަދަލުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
މި ހުރީ ޖޭޕީގެ ނިންމުން ތަންފީޒު ކުރުމުގައި ސާބިތުވެ
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅަށް!
ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!