Roadha Mihaaru
"ރައީސް މިވާ ވައުދުތަކުން ވެއްޓޭނީ ނުރައްކާހާލަތަކަށް"

ޕްލޭނެއް ނެތި ރައީސް މިވާ ވައުދުތަކުން ގައުމު ވެއްޓޭނީ ނުރައްކާ ހާލަތަކަށް: ސައީދު

25 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރައްވަން އެއްވެސް ޕްލޭނެއް ނެތި ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަމުންދާ ވައުދުތަކާ އެކު، ރާއްޖެ ވެއްޓޭނީ އެންމެ ނުރައްކާތެރި ހާލަތަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރައްވަން އެއްވެސް ޕްލޭނެއް ނެތި ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަމުންދާ ވައުދުތަކާ އެކު، ރާއްޖެ ވެއްޓޭނީ އެންމެ ނުރައްކާތެރި ހާލަތަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ މެނިފެސްޓޯ އިއުލާން ކުރުމަށް ފަހު ބޭއްވި ޕެނަލް ޑިސްކަޝްގައި ސައީދު ވިދާޅުވީ، މި ސަރުކާރުން ހަރަދު ކުޑަ ކުރަމުންދަނީ ވަރަށް ޒިންމާދާރު ކަމެއް ނެތި ކަމަށާއި އެކަމުގެ ސަބަބުން އިގުތިސާދު ވަނީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުން ސައީދު ފާހަގަ ކުރެއްވީ ބަޖެޓް ކުރުމެއް ނެތި ކޮމަންޑޫ އަދި ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނާ ދިމާކޮށް، ސަރުކާރުން އިއުލާން ކުރި ބިލިއަން ރުފިޔާގެ މަޝްރޫއުތަކެވެ. މިހާރު އަނެއްކާ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ޒިންމާއެެއް، ވިސްނުމެއް ކަމެއް ކުރާނެ ވިޝަނެއް، ހަކަތައެއް ނެތި ހަމަ ކަނޑަށް ޣަރަގު ވެގެންދާ މީހަކު ސަލާމަތްވުމަށްޓަކައި ދެވަނަ ދައުރެއް ހޯދުމަށްޓަކައި ވައުދުވަމުންދާ ތަން މި ފެންނަނީ. އޭގެ އަގަކީ ދިވެހިރާއްޖެ މިހާތަނަށް ދެކޭނެ އެންމެ ނުރައްކާތެރި ހާލަތު،" ސައީދު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އެ ހުޅުވާލެއްވީ ރައީސް ޔާމީންގެ ޓެކްސްޓް ފޮތް. އެ އަށް ވުރެ ބޮޑު ޔަގީން ކަމެއް އަޅުގަނޑަކަށް ހިއެއް ނުވޭ ދިވެހި ރައްޔިތުންނަށް މި ވަގުތު އޮންނާނެހެނެއް،"--- ސައީދު

"އެ ހާލަތަށް އަޅުގަނޑުމެން ދާނީތޯ ނުވަތަ ކޮންފިޑެންސްއާ އެކު އިގުތިސާދު ޓްރާންސްފޯމް ކުރެވޭނެ އުއްމީދީ ދުވަސްތަކަކަށް އަންނަނީތޯ ގޮތް ނިންމާނީ ދިވެހިން. އެ އުއްމީދީ ހާލަތު އަޅުގަނޑުމެންގެ ކެންޑިޑޭޓް އެ ކިޔައި ދެއްވަނީ."

ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގުތިސާދީ ބޮޑު ބަދަލެއް ގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. މުއިއްޒަކީ ޔާމީންގެ އަރިހުން ދަރިވަރުވެ، އެ މަނިކުފާނުގެ ފުރިހަމަ އިތުބާރާއި ތާއީދު އޮތް ބޭފުޅެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެހެންކަމުން، މިއަދު ރާއްޖެ އޮތް އިގުތިސާދީ އަނދަވަޅުން ކޮޅަށް ޖަހާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"ޑރ. މުއިއްޒު އެ ހުޅުވާލެއްވީ ރައީސް ޔާމީންގެ ޓެކްސްޓް ފޮތް. އެ އަށް ވުރެ ބޮޑު ޔަގީން ކަމެއް އަޅުގަނޑަކަށް ހިއެއް ނުވޭ ދިވެހި ރައްޔިތުންނަށް މި ވަގުތު އޮންނާނެހެނެއް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއިއްޒަކީ ފަންނީ ބޭފުޅުންގެ ވާހަކަ ކަނުލައި އަޑުއައްސަވާ، ހަމައެކަނި އަމިއްލަ އަށް ހިސާބު ޖެއްސެވުމަށް ފަހު ގޮތް ބޭފުޅެއް ނޫން ކަމަށާއި އޭނާ ދެއްވާ ހައްލަކީ އަންނަ ފަސް އަހަރަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގިނަ ދަރަނިތަކެއް ދައްކަން ޖެހޭއިރު އެކަމުން ގައުމު ސަލާމަތް ކޮށްދެވޭނެ ހައްލެއް އޮތީ މުއިއްޒުގެ ތަސައްވުރުގަ އެވެ.

މުއިއްޒުގެ އިގުތިސާދީ މެނިފެސްޓޯ އިއުލާން ކުރަން ބޭއްވި ޕެނަލް ޑިސްކަޝްގައި ސައީދު ވާހަކަ ދައްކަވަނީ: އެންމެ ރަނގަޅު ހައްލެއް އޮތީ އެ މެނިފެސްޓޯގައި ކަމަށް ސައީދު ވިދާޅުވި

މުއިއްޒުގެ އިގުތިސާދީ މެނިފެސްޓޯ އިއުލާން ކުރަން ބޭއްވި ޕެނަލް ޑިސްކަޝްގައި ސައީދު ވާހަކަ ދައްކަވަނީ: އެންމެ ރަނގަޅު ހައްލެއް އޮތީ އެ މެނިފެސްޓޯގައި ކަމަށް ސައީދު ވިދާޅުވި

މުއިއްޒުގެ އިގްތިސާދީ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން:

- ޑޮލަރު އެކްސްޗޭންޖް ރޭޓް ތިރިކޮށް، އެއް ހަމައެއްގައި ހިފެހެއްޓުން.

- އެސްޑީއެފަށް ޑޮލަރު ޖަމާކުރުމާއި ގާނޫނެއް ހަދައިގެން އިތުރަށް ވަރުގަދަކުރުން.

- އެސްއީޒެޑް ގާނޫނު ފުރިހަމަ އަށް ތަންފީޒު ކުރުން.

- ޒުވާނުންނަށް އިންޓަނޭޝަނަލް ޕޭމަންޓް ނިޒާމްގެ ތެރެއަށް ވަދެވޭނެ ގޮތް ހެދުން.

ސައީދު ފާހަގަ ކުރެއްވި ގޮތުގައި ބޭރުގެ އެކިއެކި ފަންޑުތަކުގައި އިންވެސްޓްކުރެވޭ ގޮތަށް ގާނޫނީ ބާރު ދީގެން އުފައްދާ މިނިވަން ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަކީ ދަރަނިތައް ދެއްކުމަށް އޮތް އެންމެ ރަނގަޅު ވަސީލަތް ކަމަށެވެ. އެކަން ކުރުމަށް މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

"އެ ފަންޑުގައި މިނިމަމް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ބަހައްޓަވާނެ ކަމަށް އެ ވިދާޅުވަނީ. އެއީ އަޅުގަނޑަށް ހީވަނީ 2026 ގައި މެޗުއާ މިވާ 1 ބިލިއަން ޑޮލަރު އަނބުރާ ދެއްކުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ފަންޑަކީ ޔާމީންގެ ވެރިކަމުގައި ލޯނުތައް ދެއްކުމުގެ މަގުސަދުގައި އުފެއްދި ފަންޑެއް ކަމަށާއި ވެރިކަން ނިމުނުއިރު ފަންޑުގައި ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ތިން އަހަރުން ހުންނާނެ ކަމަށެވެ. އެ ރޭޝިއޯގައި 2026 އާ ހަމައަށް ބައްދަލުކުރި ނަމަ، ރައްޔިތުންގެ އަތުގައި ދަރަނިތައް އަނބުރާ ދައްކަން އެއް ބިލިއަންނަށް ވުރެ ގިނަ ފައިސާ ހުރީސް ކަމަށް ސައީދު ވިދާޅުވި އެވެ.

"އެހެންވީމާ އެކަން އަލުން ރުޖޫއަ އެ ކުރައްވަނީ ގާނޫނީ ބާރަކުން ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު އުފައްދަވާފައި އެ ފަންޑުގަ މިނިވަން ބޯޑެއް އެސްޓަބްލިޝް ކޮށްފައި އަދި ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ކުންފުނިތަކުގައި އިންވެސްޓްކުރެވޭނެ ފަންޑެއް، އެ ފަންޑަކީ ގްރޯ ކުރެވޭނެ ފަންޑެއް،" ސައީދު ވިދާޅުވި އެވެ.