26 ސެޕްޓެމްބަރ 2023
އެމްއައިބީ އިން އޮންލައިންކޮށް ވަގުތުން އެކައުންޓު ހުޅުވުން މިއަދު ތައާރަފްކޮށްފި އެވެ.
އެމްއައިބީ އިން އޮންލައިންކޮށް ވަގުތުން އެކައުންޓު ހުޅުވުން މިއަދު ތައާރަފްކޮށްފި އެވެ.
މިއީ މި ހިދުމަތް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
އެމްއައިބީ އިން ބުނީ އެ ބޭންކުގެ އެކައުންޓެއް ހުޅުވަން މިހާރު ހުށަހެޅުމުން ވަގުތުން އެކައުންޓް ނަންބަރު ލިބޭނެ ކަމަށެވެ. އެ އެކައުންޓަށް ފައިސާ ޖަމާކުރުމުން އެކައުންޓު އެކްޓިވޭޓް ވާނެ ކަމަށް ވެސް ބުންޏެވެ.
އަލަށް އެމްއައިބީ އިން ފެށި އެ ހިދުމަތާ އެކު، އެކައުންޓް ހުޅުވުމަށް ފަހު ވަގުތުން "ވިސާ އެވްރީޑޭ" ކާޑެއް ވެސް ލިބޭނެ އެވެ. އެ ކާޑު އެކައުންޓް ހުޅުވި ބްރާންޗް ނުވަތަ އެންމެ ކައިރީގައި ހުރި އެމްއައިބީގެ ބްރާންޗަކަށް ދިޔުމުން ލިބޭނެ ކަމަށް ބުންޏެވެ. އިންޓަނެޓް ބޭންކިން ހިދުމަތް ހޯދުމަށް ވެސް އޮންލައިންކޮށް އަމިއްލައަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
އެމްއައިބީގެ ސީއެފްއޯ އަލީ ވާސިފް ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ހިދުމަތެއް ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި އެ މީހަކު ހުރި ތަނަކުން ފަސޭހަކަމާ އެކު ހިދުމަތް ލިބުމަކީ ކަސްޓަމަރުގެ ހައްގެއް، މިއީ މި އަމާޒަށް ވާސިލު ވުމައްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް." ވާސިފް ވިދާޅުވި އެވެ.
އެމްއައިބީ އިން ދާދި ފަހުން ވަނީ ބެންކަށް ނުގޮސް އީ-ފާސް ވެރިފިކޭޝަނާ އެކު އޮންލައިންކޮށް އެކައުންޓު ހުޅުވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. މިއީ އޮންލައިންކޮށް ބެންކަށް ނުގޮސް އަލަށް އެކައުންޓް ހުޅުވޭނެ ގޮތް ނިޒާމެއް ރާއްޖޭގައި ގާއިމު ކުރި ފުރަތަމަ ބެންކެވެ.
ވަގުތުން އެކައުންޓު ހުޅުވުމަށް ކަސްޓަމަރުންނަށް "އެޕްލައި ނައު" ޕޯޓަލްއަށް ހުށަހެޅޭނެ އެވެ.
ވަގުތުން އެކްޓިވޭޓްކުރެވޭ އެމްއައިބީގެ އިންސްޓަންޓްކާޑެއް
"އުޖާލާ ދިރިއުޅުމު"ގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި
އެމްއައިބީ ކަސްޓަމަރުންނަށް އިންޖީނުން ޑިސްކައުންޓް ދެނީ
ހުޅުމާލެ 2ގެ ފުރަތަމަ އޭޓީއެމް އެމްއައިބީން ހުޅުވައިފި
އެމްއައިބީގެ އެކްސްކްލޫސިވް ހިދުމަތްތައް ލިބޭ ކްލަބެއް
އެމްއައިބީއަށް 12 އަހަރު، މިއަދު ގިނަ ހަރަކާތްތަކެއް
"އުޖާލާ ރަމަޟާން ޕްރޮމޯޝަން"ގައި އުމްރާ ދަތުރެއް
އެމްއައިބީ ހައްޖު ސޭވިންގްސް އެކައުންޓު ތައާރަފްކޮށްފި
އެމްއައިބީން އާ ކޭޝްބެކް ޕްރޮމޯޝަނެއް ފަށައިފި
ވެލާނާ އެއާޕޯޓުގައި އެމްއައިބީގެ އޭޓީއެމެއް ހުޅުވައިފި