Roadha Mihaaru

ޗިކިން، ގްލޯރިއާ ޖީންސް އަދި މޯތީ މަހަލްއާ ގުޅިގެން އެމްއައިބީން ބޮޑު ޕްރޮމޯޝަނެއް

ޗިކިން އާއި ގްލޯރިއާ ޖީންސް އަދި މޯތީ މަހަލްއާ ގުޅިގެން އެމްއައިބީން ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް

ޗިކިން އާއި ގްލޯރިއާ ޖީންސް އަދި މޯތީ މަހަލްއާ ގުޅިގެން އެމްއައިބީން ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ބޭންކުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ޗިކިން، ގްލޯރިޔާ ޖީންސް އަދި މޯތީ މަހަލްގެ ކަސްޓަމަރުންގެ ތެރެއިން އެމްއައިބީ ޕީއޯއެސް މެޝިނުން ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ހަފުތާއަކު 35 ކަސްޓަމަރުންނަށް، ކޮންމެ ކަސްޓަމަރަކަށް 1،000ރ. ލިބޭނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި ހިންގާ ޗިކިންގެ ތިން އައުޓްލެޓާއި ގްލޯރިއާ ޖީންސްގެ ތިން އައުޓްލެޓްގެ އިތުރުން މާލޭގައި ހިންގާ މޯތީ މަހަލްއިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

އެމްއައިބީން އަންނަނީ ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް، އެ ބޭންކުގެ ކަސްޓަމަރުންނަށް ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުނެވެ. ބޭންކުގެ ކާޑުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާ އަކު ފަސް ކަސްޓަމަރަކަށް ދެ މީހެއްގެ ރޯދަވީއްލުން ލިބޭނެ އެވެ. އެއްވަނަ އިނާމަކަށް ދުބާއީ ދަތުރެއް ލިބޭއިރު ދެވަނަ އަށް ހޮވޭ މީހަކަށް އައިފޯން 16 ޕްރޯމެކްސްއެއްގެ އިތުރުން ތިން ވަނައަށް ދާ މީހަކަށް ރިސޯޓް ދަތުރެއް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.