Roadha Mihaaru
ވަގުތުން އެކްޓިވޭޓްކުރެވޭ އެމްއައިބީގެ އިންސްޓަންޓްކާޑެއް

ވަގުތުން އެކްޓިވޭޓްކުރެވޭ އިންސްޓަންޓް ކާޑު އެމްއައިބީން ތައާރަފްކޮށްފި

04 ޖެނުއަރީ 2024

އެމްއައިބީގެ އެކައުންޓާ ލިންކުކޮށް ވަގުތުން އެކްޓިވޭޓުކުރެވޭ ވިސާ ޑެބިޓް ކާޑެއް އެމްއައިބީން ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްއައިބީގެ އެކައުންޓާ ލިންކުކޮށް ވަގުތުން އެކްޓިވޭޓުކުރެވޭ ވިސާ ޑެބިޓް ކާޑެއް އެމްއައިބީން ތައާރަފްކޮށްފި އެވެ.

އެ ބޭންކުން ބުނި ގޮތުގައި މި ކާޑު ތައާރަފްކުރީ އޮންލައިންކޮށް އެކައުންޓު ހުޅުވުމުގެ ހިދުމަތާ އެކު ފަސޭހައިން އެކައުންޓަށް ލިންކުކުރެވޭނެ ކާޑެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މި ކާޑާ އެކު ލިބޭ ކިއުއާރުކޯޑު ސްކޭންކޮށްގެން ފަސޭހައިން ކާޑު އެކައުންޓާއި ލިންކުކޮށް އެކްޓިވޭޓުކުރެވޭނެ އެވެ.

މި ކާޑު އެމްއައިބީގެ ބްރާންޗުތަކާ ސޭލްސް ސެންޓަރުތަކުން މިހާރު ލިބެން ހުންނާނެ އެވެ.

މި ކާޑާ އެކު އެކައުންޓް ހުޅުވާ އެކައުންޓުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމުގެ ހިދުމަތް އިތުރަށް ފުރިހަމަވާނެކަމަށް އެ ބޭންކުން ބުންޏެވެ. އެމްއައިބީން އޮންލައިންކޮށް އެކައުންޓު ހުޅުވުމުގެ ހިދުމަތް ތައާރަފް ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އެމްއައިބީން ވަނީ އެކައުންޓު ހުޅުވުމުގެ އިތުރުން އެ ބެންކުގެ ފައިނޭންސިން ފެސިލިޓީގެ ހިދުމަތްތައް ވެސް ޑިޖިޓަލައިޒް ކޮށްފަ އެވެ. އެ ބޭންކުގެ އަމާޒަކީ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ހުރިހާ ހިދުމަތްތަކަކީ ވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ފަސޭހައިން ހޯދޭނެ ހިދުމަތްތަކަކަށް ހެދުމެވެ.