އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ދެރައެއް ދީފައި ނޯންނާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.
26 ސެޕްޓެމްބަރ 2023
އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ދެރައެއް ދީފައި ނޯންނާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލައް އަދި އައްޑު އަށް ފެއްޓެވި ދަތުރުގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ދެ ވަނަ ބުރާ ހަމައަށް އައިރު ވާދަވެރި ޓީމުން ކުރި ކަންކަން ރައްޔިތުން ބަލައިނުގަނެ، ދޭނޭ ރައްދެއް ނެތުމުން ޒާތީ ގޮތުން ދިމާކޮށްލައި އެންޓި-ކެމްޕެއިން ކުރަމުންދާ ކަމަށެވެ.
މުއިއްޒުގެ ބައްޕަގެ މަރަށް ފަހު، ދޮންމަންމަ ނުހައްގުން ޑީޕޯޓް ކޮށްލި ކަމަށް ބުނެ މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން އޭނާ ވިދާޅުވީ، ޒާތީ ގޮތުން ޖައްސާލި ނަމަވެސް ހާސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި ޖަވާބު ނުދެވޭނެ އެެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ -- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާއަކީ މިހާތަނަށް ވެސް ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް މީހެއްގެ ހައްގަކަށް އަރައި އެއްވެސް މީހަކަށް ދެރައެއް ދީފައި އަނިޔާ ދީފައި ނޯންނާނެ. އެ ކަހަލަ ވާހަކަ ދައްކަވަން އޮތިއްޔާ ބައްލަވަންވީ ރަސްމީ އިދާރާތަކަށް ހުށަހަޅުއްވައިގެން. ރަސްމީ އިދާރާތަކުން ބައްލަވަން ވާނީ އިންސާފުން، ސިޔާސީ ނުފޫޒުން އެއްކިބާވެގެން. އޭރު އެ ހަދާ ހުރިހާ ދޮގުތަކެއް މާ ބޮޑަށް ފަލީހަތް ވެގެން ދާނެއޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ޒާތީ ގޮތުން ޖައްސާލައިގެން އެެކި ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، މި ސަރުކާރުން ގޯހަށް ކޮށްފައިވާ ކަންކަން ބަދަލު ނުވާނެ ކަމަށެވެ.
"ޒާތީ ވާހަކަ ދެއްކިއްޔަސް އިންޑިއާ ސިފައިން ނެތް ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް އިގްތިސޯދު އަނދަވަޅަކަށް ވައްޓާލައި ވަކި ގައުމަކަށް އަޅުވެތި ނުކުރާ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/މިހާރު
އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އެ ގެންދަނީ ކެމްޕެއިން ނޫން ކަން ފާހަގަކޮށް، މުއިއްޒު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ފަހު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވަން ކަމަށާއި ޕީޕީއެމް/ޕީއެންސީން ގެންދަނީ އެކަން ކުރަމުން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ގައުމަށް އަދުލުވެރިކަން ގެނެސް، އިންސާފުވެރިކަން ގާއިމްކޮށް، ގައުމަށް ހަމަޖެހުން އޭނާ ގެނެސް ދެއްވާނެ އެވެ. ކުރައްވަން މަސައްކަތް ކުރަނީ ވެސް އެކަން ކަމަށް ވިދާޅުވި އެވެ. އަދި، އޭނާގެ ވެރިކަމެއް ވާނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ނޫނީ އެއްވެސް ކަމެއް ނުހިނގާނެ ވެރިކަމަކަށް ކަމަށް ވިދާޅުވި އެވެ.
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
ފަހަރަކު ކަމެއް ނިންމަމުން ގޮސް ރާއްޖޭގެ ވެރިކަމަށް!
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"