Roadha Mihaaru
އެމްޑީޕީ/ޑިމޮކްރެޓްސް ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ލިބޭ

އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ނުހޯދޭ ރަށެއް މަދު: ރައީސް

27 ސެޕްޓެމްބަރ 2023

އެމްޑީޕީ އާއި އެ ޕާޓީން މެމްބަރުން ވަކިވެ އުފެއްދި ޑިމޮކްރެޓްސް އެއްވުމުން ޕީޕީއެމްއަށް ވުރެ ވޯޓު ގިނަ ކަމަށާއި އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ މެންބަރުންގެ ތާއިދު ލިބުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭ ބޮޑު ޔަގީންކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ގދ. ތިނަދޫން ނާޒިމް ހަސަން

އެމްޑީޕީ އާއި އެ ޕާޓީން މެމްބަރުން ވަކިވެ އުފެއްދި ޑިމޮކްރެޓްސް އެއްވުމުން ޕީޕީއެމްއަށް ވުރެ ވޯޓު ގިނަ ކަމަށާއި އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ މެންބަރުންގެ ތާއިދު ލިބުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭ ބޮޑު ޔަގީންކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ހަރަކާތްތެރިވާ "ދަ ޑިމޮކްރެޓްސް"ގެ ގިނަ މެންބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ވަނީ ނިންމައިފަ އެވެ. އެމަނިކުފާނު މިރޭ ތިނަދުއަށް ވަޑައިގެންނެވި އިރު މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުކުމެ ތިއްބެވެ. ގައުމީ މަސްލަހަތު އޮތީ ރައީސާ އެކު ކަމަށް ބުނެ، ތިނަދޫގައި ބޭއްވި ޖަލްސާގައި ވެސް ޑިމޮކްރެޓްސްގެ މެމްބަރުން ބައިވެރިވި އެވެ.

"އުފާވެރި ތިނަދޫ"ގެ ނަމުގައި މިރޭ މި ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓުންގެ ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ނުހޯދޭ ރަށެއް ވަރަށް މަދު ކަމަށެވެ. ދެ ޕާޓީ އެއްވީމަ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ އާންމު މެންބަރުންތަކެއް ރައީސަށް މަރުހަބާ ކިޔަނީ: އެ ޕާޓީ މެންބަރުންގެ ތާއިދު ލިބުމަކީ ކާމިޔާބު ޔަގީންވާ ކަމެއް ކަމަށް ވިދާޅުވި

ޑިމޮކްރެޓުންގެ އާންމު މެންބަރުންތަކެއް ރައީސަށް މަރުހަބާ ކިޔަނީ: އެ ޕާޓީ މެންބަރުންގެ ތާއިދު ލިބުމަކީ ކާމިޔާބު ޔަގީންވާ ކަމެއް ކަމަށް ވިދާޅުވި

"އަޅުގަނޑުމެންނާ އެކު ތިބި ބަޔަކު ފުރަތަމަ ބުރުގައި ކުޑަކޮށް ދުރަށް ޖެހިލުމުން އަޅުގަނޑުމެންނަށް ދަތިތައް ކުރިމަތިވި. ރާއްޖޭގެ ވަކި ވޯޓުތަކަށް ބަލާއިރު މުޅި ވޯޓަށް ބަލާއިރު ވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވީމަ ޕީޕީއެމްއަށް ވުރެ ވޯޓު ގިނަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެޓިކްގެ މެންބަރުންގެ ތާއިދު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި އެއީ އެމްޑީޕީއާ އެއް ފިކުރެއް ކަމާއި އެއް ބައެއްކަން ކަމަށެވެ.

"އެ ބޭފުޅުންގެ ތާއިދާ އެކު އަތުވާދެނާ ކަމުގެ ބިރު އޮތް ބިރުވެރިކަމާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތް ކުރުމުގެ އުއްމީދު ބޮޑުވެއްޖެ. އަޅުގަނޑަށް ޔަގީން، ބޮޑު ތަފާތެއް މި ތިނަދޫ ސިޓީން ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ

ރައީސް ވިދާޅުވީ 30 ސެޕްޓެމްބަރުގައި އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީން ކުރެވޭ އެންމެ ބޮޑު ސަބަބަކީ ޑިމޮކްރެޓުންގެ ތާއިދު ލިބެމުންދިޔުން ކަމަށެވެ. މިރޭ ރައީސް ތިނަދޫ އަށް ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމަށް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބެވެ.

އޭގެ ތެރެއިން އިސްކޮށް އުޅޭ އަލީ އަހުމަދު ދީދީ ބުނި ގޮތުގައި ޑިމޮކްރެޓުންނަށް އަދި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރައީސަށް ތާއިދު ކުރުން ކަމަށެވެ. ރާއްޖެ އަށް ބޭނުން ވަނީ ރައީސް ފަދަ ވެރިއެއް ކަމަށް އޭނާ ބުންޏެވެ.

"ގައުމަށް އެންމެ ރަނގަޅު ވާނީ ރައީސްގެ ފިކުރަށްވާތީ އަޅުގަނޑުމެން މި އައީ. ކޮންމެހެން އެމްޑީޕީ ވެގެނެއް ނޫން. މި ރަށަށް ފަސް އަހަރުގެ ދައުރެއްގައި ހިންގާފައިވާ މަޝްރޫއުތައް މަދެއް ނޫން އަދި ކޮށްފައިވަނީ ވަރަށް ފުރިހަމަ އަށް،" އޭނާ ބުންޏެވެ.

"ޑިމޮކްރެޓުން އެމްޑީޕީއާ ގުޅުމުން މާބޮޑު ތަކުލީފުތަކެއް ނެތި ތިނަދޫން ނަގާނެ އެމްޑީޕީން. އެންމެ ރަނގަޅީ ރައީސް ކަމަށްވާތީ ޑިމޮކްރެޓުންގެ ހުރިހާ މެންބަރުން ރައީސްގެ ފަހަތަށް އަރަން ގޮވާލަން"

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް ޑިމޮކްރެޓުން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެކު ޕާޓީގެ މެންބަރުން ދަނީ ރައީސަށް އަދި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް ތާއިދު ކުރަމުންނެވެ. ޕާޓީގެ ވޯޓުތައް އޮތީ ބެހިފަ އެވެ.

ރައީސްއާ އެކު ކޯލިޝަންގައި މިހާރު އޮތް ހަމައެކަނި ޕާޓީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިސާބު ޖައްސަވާ ގޮތުގައި ޑިމޮކްރެޓުންގެ 80 ޕަސެންޓް މީހުންގެ ތާއިދު ލިބޭނީ ރައީސަށެވެ.