28 ސެޕްޓެމްބަރ 2023
ވެލިގާ ހާޑްވެއާއަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި އެވެ.
ވެލިގާ ހާޑްވެއާއަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި އެވެ.
އެފްއޭއެމުން ވެލިގާއިން ނަގާފައިވާ މުދަލަށް ފައިސާ ދައްކާފައި ނުވާތީ ކޯޓުގައި އެދިފައި ވަނީ 171،850.10 ރުފިޔާ އެއްފަހަރާ އެފްއޭއެމްގެ ކިބައިން ހޯދުމަށެވެ.
ނަމަވެސް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު އީސާފުޅު ހުކުމް ކުރެއްވީ އެއް އަހަރު ތެރޭ ބަހާލައިގެން ކޮންމެ މަހަކު ވަކިވަރެއް ދެއްކުމަށެވެ. ހުކުމްގައި ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު 25 ގެ ނިޔަލަށް ކޮންމެ މަހަކު މަދުވެގެން 14،729.71ރ. ކޯޓަށް ދެއްކުމަށެވެ.
ޝަރީއަތުގެ ހަރަދަށް 15،000ރ. އެފްއޭއެމްގެ ކިބައިން ހޯދަން ވެސް ވެލިގާއިން އެދުނެވެ. ނަމަވެސް ކޯޓުން ނިންމީ މި ހަރަދަށް 5،000ރ. ނަގައިދޭށެވެ.
އެފްއޭއެމުން އެލް އަށް 10 ދުވަސްތެރޭ ދެ ލައްކަ ޑޮލަރު ދައްކަން ހުކުމް ކޮށްފި https://t.co/D2lsZR9EFT
— Mihaaru (@Mihaarunews) August 30, 2023
އެފްއޭއެމުން ޝަރީއަތުގައި ބުނީ ވެލިގާއަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި އޮތީ އެ އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކަމަށެވެ.
މިއީ ފައިސާ ދައްކަން ދެ މަސް ތެރޭ ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ކުރި ދެވަނަ ހުކުމެވެ. މިދިޔަ މަހު އެ ކޯޓުން ވަނީ އެލް މޯބައިލްގެ މައި ކުންފުނި އެލް މޯލްޑިވްސް އަށް ދެ ލައްކަ ޑޮލަރު 10 ދުވަސްތެރޭގައި ދައްކަން ވެސް އެފްއޭއެމަށް ހުކުމްކޮށްފަ އެވެ. އެކަމަކު ކޯޓުން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ ފައިސާއެއް ނުދައްކަ އެވެ.
އެ ފައިސާ އަކީ އެލް މޯލްޑިވްސްއިން އެފްއޭއެމުން ނެގި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނަކަށް ދައްކަން ޖެހޭ ފައިސާ އެވެ. އެލް އިން ލޯނު ނެގީ ޑޮލަރުން އެ ފައިސާ ދައްކާނެ ކަމަށް ބުނެ އެވެ.
ކުނި އުކުމުގެ ފީ ނުދައްކާތީ އެފްއޭއެމްއަށް ހުކުމެއް
އެފްއޭއެމްގެ މައްޗަށް އަނެއްކާވެސް ދަރަނީގެ ހުކުމެއް
އެފްއޭއެމްގެ މައްޗަށް އިތުރު ހަތްލައްކަ ރުފިޔާ ހުކުމެއް
ބީހައިވަށް އެފްއޭއެމްގެ ދަރަނި މަހަކު 11 ހާސް ޑޮލަރު
އެފްއޭއެމުން ދެލައްކަ ޑޮލަރު ދައްކަން 10 ދުވަސް ދީފި
ގޯލްޑްކަޕަށް ގަލޮޅު ދަނޑު، ޔޫތުލީގު ހެންވޭރު ދަނޑަށް
ފުޓްބޯޅަ ކޮޅަށްނެގުމަކީ ގައުމީ މަސައްކަތެއް:ނައިބުރައީސް
ކޭޕާކާއެކު ހެދި އެއްބަސްވުންތަކުން އެފްއޭއެމަށް ގެއްލުން
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި