30 ޖޫން 2024
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަމިއްލަ ކުންފުންޏެއްގެ އަތުން ނެގި ފައިސާ އަނބުރާ ދައްކަން އެފްއޭއެމުން ދޫކުރި ޗެކް ބައުންސްވި މައްސަލާގައި 776،000ރ. ދައްކަން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަމިއްލަ ކުންފުންޏެއްގެ އަތުން ނެގި ފައިސާ އަނބުރާ ދައްކަން އެފްއޭއެމުން ދޫކުރި ޗެކް ބައުންސްވި މައްސަލާގައި 776،000ރ. ދައްކަން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ކުންފުނިން އެފްއޭއެމްއާ ދެކޮޅަށް ދައުވާކުރީ އޮގަސްޓް، 2022 ގައި އެފްއޭއެމް އިން އެ ކުންފުނި އަތުން އަނބުރާ ދައްކާގޮތަށް ނަގާފައިވާ 771،000ރ. ދެއްކުމަށްޓަކައި އެފްއޭއެމުން ދިން 50،000 ޑޮލަރުގެ ޗެކު ބައުންސްވެފައިވާތީ އެ ފައިސާ ހޯދުމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ގާނޫނީ ވަކީލުގެ ފީއަށް ހަރަދުވި 100،000ރ. ހޯދުމަށް ވެސް އެ ކުންފުނިން އެދުނެވެ.
ސިވިލް ކޯޓުން މިއަދު އެފްއޭއެމްގެ މައްޗަށް ހުކުމްކުރީ އެ އެސޯސިއޭޝަންގެ ޣައިރު ހާޒިރުގަ އެވެ.
ހުކުމުގައިވަނީ ހުށަހެޅިފައިވާ ކިތާބީ ހެކިތަކަށް ރިއާޔަތް ކުރާއިރު، އެ ޗެކަށް ފައިސާ ލިބިފައި ނުވާކަން ސާބިތުވާތީ، އެމްއެސް ފައިނޭންސް އަށް ދައްކަންޖެހޭ 771،000ރ. އާއި ޝަރީއަތުގެ ހަރަދަށްވާ 5،000ރ. މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަންގާ ކަމަށެވެ.
މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް ހުކުމްތަކެއް ކޮށްފަ އެވެ.
މީގެ އިތުރުން ފީފާއިން ދޭ ފައިސާއިން އެފްއޭއެމްގެ ވެރިން މަނީލޯންޑަރިން އާއި ހިޔާނާތާއި ކޮރަޕްޝަނާއި އެހެނިހެން ޖިނާއީ ކުށްތައް ކުރާކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިސް ނެގުމަށް ފަށާފައިވާ ތަހުގީގާ ގުޅިގެން، މި މަހު ފީފާއިން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނުވަ މަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެ މައްސަލާގައި ބައްސާމްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު އޮތީ ދައުވާ ވެސް ކޮށްފަ އެވެ.
ކުނި އުކުމުގެ ފީ ނުދައްކާތީ އެފްއޭއެމްއަށް ހުކުމެއް
އެފްއޭއެމްގެ މައްޗަށް އަނެއްކާވެސް ދަރަނީގެ ހުކުމެއް
ބީހައިވަށް އެފްއޭއެމްގެ ދަރަނި މަހަކު 11 ހާސް ޑޮލަރު
އެފްއޭއެމްގެ ދަރަނީގެ ލިސްޓަށް އަނެއްކާވެސް ހުކުމެއް
އެފްއޭއެމުން ދެލައްކަ ޑޮލަރު ދައްކަން 10 ދުވަސް ދީފި
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް
ގޯލްޑްކަޕަށް ގަލޮޅު ދަނޑު، ޔޫތުލީގު ހެންވޭރު ދަނޑަށް
ފުޓްބޯޅަ ކޮޅަށްނެގުމަކީ ގައުމީ މަސައްކަތެއް:ނައިބުރައީސް
ކޭޕާކާއެކު ހެދި އެއްބަސްވުންތަކުން އެފްއޭއެމަށް ގެއްލުން
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި