Roadha Mihaaru
އެމްޑީޕީން ބޭނުންވަނީ "ބަރުލަމާނީ ނޫން ގޮތެއް"

އެމްޑީޕީ ގައުމީ މަޖިލީހުގެ ރޫހު ހުރީ "ބަރުލަމާނީ ނޫން ގޮތެއް" ހޯދަން

03 އޮކްޓޯބަރ 2023

ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް އިން މަސައްކަތް ކޮށްފައި، ނަޝީދު އެދިވަޑައިގަންނަވާ ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުނުކުރާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް އިން މަސައްކަތް ކޮށްފައި، ނަޝީދު އެދިވަޑައިގަންނަވާ ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުނުކުރާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންގެ ފަރާތުން ވެސް ފެނުނީ ނިޒާމީ ބަދަލަކަށް ވުރެ ޑިމޮކްރެޓްސް އާ މެދު އޮތް ހިތްހަމަނުޖެހުމެވެ.

އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރެއިން ނަޝީދު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް އިން ބުނަމުން ދިޔައީ "އިބޫ ނޫން ގޮތެއް" ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް،" ނިޒާމީ ވޯޓެއް ނެގުމަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުން މާ ރަނގަޅު ވާނެ ކަން ފާހަގަކުރައްވައި އިބުރޭ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ފެށުނީއްސުރެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށާއި އިންތިހާބަކުން ނާކާމިޔާބުވުމުން ވާދަވެރި ކެންޑިޑޭޓަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދިނުމަކީ އެމްޑީޕީގެ ގަބޫލުކުރުންތަކާ ހިލާފު ކަމެއް ކަމަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މެޖޯރިޓީ އަށް ތަބާވުމަކީ ޑިމޮކްރަސީގެ އަސާސީ ސިފަ ކަމަށެވެ. އެހެންކަމުން، ރައްޔިތުން ގޮތެއް ނިންމާފައިވަނިކޮށް، އެ ނިންމުމަށް ގޮންޖަހައި، މުޅިން އެހެން ގޮތަކަށް ވެރިކަން ހޯދަން ތާއީދުނުކުރައްވާ ކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑަށް ގެއްލުން ލިބުނީ ޑިމޮކްރެޓްސްގެ ފަރާތުން ކަމަށާއި، ކެމްޕޭނުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތައް ސަރުކާރަށް އަމާޒު ކުރަމުން ދިޔަ ކަމަށެވެ.

އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބު ކުރުމަށް އެތައް މަސައްކަތެއް ކޮށްފައި، ނަޝީދު އަލުން އެމްޑީޕީ އާ ގުޅިވަޑައިގަންނަން އެދިވަޑައިގެންނެވެމުން އެކަމަށް ވެސް މޫކޭ ފާޑުވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ "ބަރުލަމާނީ ނޫން ގޮތެއް" ގެންނަން އެމްޑީޕީއަށް ކުރެވެނު ކޮންމެ ކަމެއް ކުރަންޖެހޭ ކަމަށެވެ.