05 އޮކްޓޯބަރ 2023
މާޗް 2020 ގައި ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެކު އެފްއޭއެމުން އަގުބޮޑު އެއްބަސްވުންތަކެއް ހެދި އެވެ. އެފްއޭއެމްގެ އޮފީސް ހުރި ބިމުގައި 20 ބުރީގެ އިމާރާތެއް ހެދުމަށާއި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތިން ބުރީގެ އިންޑޯ ފުޓްސަލް އެރީނާ އެއް ހެދުމުގެ މަޝްރޫ ވެސް 17 މިލިއަނަށް ވުރެ އަގު ބޮޑު އެ އެއްބަސްވުންތަކުގައި ހިމެނެ އެވެ.
މާޗް 2020 ގައި ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެކު އެފްއޭއެމުން އަގުބޮޑު އެއްބަސްވުންތަކެއް ހެދި އެވެ. އެފްއޭއެމްގެ އޮފީސް ހުރި ބިމުގައި 20 ބުރީގެ އިމާރާތެއް ހެދުމަށާއި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތިން ބުރީގެ އިންޑޯ ފުޓްސަލް އެރީނާ އެއް ހެދުމުގެ މަޝްރޫ ވެސް 17 މިލިއަނަށް ވުރެ އަގު ބޮޑު އެ އެއްބަސްވުންތަކުގައި ހިމެނެ އެވެ.
މާލޭގައި ހަދާ ދެވަނަ އަށް އެންމެ އުސް އިމާރާތުގެ ޕްރޮޖެކްޓް އަޑިއަށް ގަނބައިގެން ދިޔަ ގޮތަށް ފުޓްސަލް އެރީނާގެ ޕޮރޮޖެކްޓް ވެސް ދިޔައީ އަޑި އަށެވެ. އަދި ހަމަ އެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނުނު 17 ރަށެއްގައި އަޅައިދޭނެ ކަމަށް ބުނި ޓާފް ދަނޑުތަކުގެ ޕްރޮޖެކްޓްގައި ސޮއި ކުރި ނަމަވެސް ކުރިއަކަށް ނުދިޔަ އެވެ.
ފުޓްސަލް އޭޝިއާ ކަޕް ކޮލިފައިން އަށް ގައުމީ ފުޓްސަލް ޓީމު ކިރިގިސްތާނަށް ފުރުމުގެ ކުރިން ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށް ދޭން ސޯލައިޓް ރެސްޓޯރެންޓްގައި ރޭ ބޭއްވި ހަފުލާގައި، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުފާވިޒް ހާޝިމް ވިދާޅުވި ގޮތުން އެފްއޭއެމަށް އިންޑޯ ފުޓްސަލް އެރީނާ ނޭޅުނީ، މާފަންނު ސްޓޭޑިއަމުން އެ އެރީނާ އަޅަން ދިން ބިން ސަރުކާރުން އަތުލުމުންނެވެ.
"އެ އެރީނާ އަޅާ ބިން މިހާރު ތިން ހަތަރު ތަނަށް ބަދަލުވެއްޖެ،" ގައުމީ ފުޓްސަލް ޓީމަށް ހާއްސަ ކުރި އިވެންޓްގައި މުފާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ބިމުގައި 20 ބުރީގެ އިމާރާތެއް ހެދުމަށާއި އިންޑޯ ފުޓްސަލް އެރީނާ އެޅުމަށް ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ އިމާރާތް ހެދުމުގެ ޕްރޮޖެކްޓް އަދި އިންޑޯ ފުޓްސަލް އެރީނާ ހެދުމުގެ ޕްރޮޖެކްޓް ވެސް ކުރިއަކަށް ނުދިޔަ--- ފައިލް ފޮޓޯ: އެފްއޭއެމް
އެފްއޭއެމުން ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެކު ހެދި އެއްބަސްވުންތަކުގެ ދަށުން އެއް ވެސް ކަމެއް ނުނިމުނެވެ. އެ ކުންފުންޏާ އެކު އެފްއޭއެމުން ހެދި އެއްބަސްވުންތަކުގެ ދަށުން އޭރު ރާވާފައި އޮތީ 20 ބުރީގެ އިމާރާތް ހެދުމަށް ފަހު އެ އިމާރާތުން ތަންތަން ކުއްޔަށް ދީގެން ލިބޭ ފައިސާއިން އިންޑޯ ފުޓްސަލް އެރީނާ ހެދުމަށަށެވެ. އަދި 17 ރަށެއްގައި އަޅާ ޓާފް ދަނޑުތައް އެޅުމަށް ދާ ހަރަދު ވެސް ކުރަން ހަމަޖެހިފައި ވަނީ 20 ބުރީގެ އިމާރާޔް ކުއްޔަށް ދީގެން ލިބޭ ފައިސާއިންކަން އޭރު އިއުލާން ކުރި އެވެ.
އެކަމަކު މިހާރު އެ ކުންފުނި ވެސް އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ. ހުޅުމާލޭގައި ހަދާފައިވާ ކޭ-ޕާކް ރެސިޑެންސް އިމާރާތުން އެޕާޓްމެންޓް ވިއްކައި ފައިސާ ހޯދުމަށް ފަހު އެޕާޓްމެންޓްތައް ގަތް މީހުންނާ ހަވާލު ނުކުރި މައްސަލައިގެ ތެރޭގައި ތާށިވި ހިއްސާދާރުންނަކީ ސްކައިވިންޑް ގުލޯބަލް ކުންފުނީގެ ވެސް ހިއްސާދާރުންނެވެ. ސްކައި ވިންޑަކީ ކޭ-ޕާކްގެ ސަބް ކުންފުންޏެކެވެ.
އެފްއޭއެމްގެ 20 ބުރީގެ އިމާރާތުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ބައްސާމް މިހާރު ނުގެންގުޅުއްވަ އެވެ. އޯގަސްޓް މަހު އޭނާ ވިދާޅުވީ އެ މަސައްކަތް ހަވާލު ކުރި ކުންފުންޏަށް ވެގެން ދިޔަ ގޮތުން ވެސް ދެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.
އެފްއޭއެމް 20 ބުރީގެ އިމާރާތް ހެދައި ނިމޭ އިރު ހުންނާނެ ގޮތް ކަމަށް ބުނެ އެފްއޭއެމުން އާންމު ކުރި ކުރެހުން: ފަހުން ނިންމީ ބޭނުން ކުރާ މެޓީރިއަލްގެ ކުލަ ކަޅު ކުލަ އަށް ބަދަލުވާނެ ކަމަށް
"ވަރަށް ބޮޑު ޕްލޭނެއްގެ ދަށުން ބަޔަކާ އެކު އެއްބަސްވެގެން އެފްއޭއެމް ހައުސް 20 ބުރިއަށް ހަދަން އެއްބަސްވެގެން ދިޔައީ. ވަރަށް ބޮޑު ޕްރެސް ކޮންފަރެންސެއް އަޅުގަނޑުމެން ބޭއްވިން. ވަރުވަރުން ކޯޓުލައިގެން އައިސް އެކަން ވެސް ކުރިން އަޅުގަނޑުމެން. އެހެންނަމަވެސް މިއަދު އެ ކުންފުނި އޮތް ހާލު ހަމަ ތިބޭފުޅުން [ނޫސްވެރިން] ގެ ނޫސްތަކުން އަޅުގަނޑުމެންނަށް ފެނިފައި އޮތީ. އެހެންވީމަ އެ މަޝްރޫ އޮތީ މަޑުޖެހިފަ،" އޯގަސްޓް މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްސާމް ވިދާޅުވި އެވެ.
އެކަމަކު އަދި ވެސް އިންޑޯ ފުޓްސަލް އެރީނާއެއް ފުޓްސަލް ކުޅުންތެރިންނަށް ހޯދައި ދެވޭނެ ކަމުގެ އުންމީދު މުފާ އަށް އެބައޮތެވެ. އޭނާ ރޭ ވިދާޅުވީ އަންނަ މަހު ހުވާ ކުރައްވާ އިންތިހާބީ ރައީސް މުހައްމަދު މުޢިއްޒާއި އެމެނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވެސް ބައްދަލު ކުރައްވައި އިންޑޯ ފުޓްސަލް އެރީނާއެއް އަޅައި ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"މުއިއްޒާއި [ހުސައިން މުހައްމަދު ލަތީފް] ސެމްބެ އަހަރެމެންނާ ބައްދަލުކޮށްފައި ވިދާޅުވި އިންޑޯ ފުޓްސަލް އެރީނާއެއް ހަދައި ދޭނޭ ވާހަކަ،" އެފްއޭއެމްގެ ފުޓްސަލް ކޮމިޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ މުފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ފުޓްސަލް އަށް އަޅާލަން ޖެހޭ މިންވަރށް އަޅައެއް ނުލަ އެވެ. އެކަމަކު މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު ބުނީ ފުޓްސަލް ޓީމަށް ބޭނުންވާ އެއްވެސް ކަމެއް ހަމަޖައްސަން ފުޓްސަލް ކޮމިޓީ އަދި އެފްއޭއެމުން މިދިޔަ އަހަރާއި މި އަހަރު ވެސް މިނިސްޓްރީގައި އެދިފައި ނެތް ކަމަށެވެ.
އޮފިޝަލް ބުނީ ފުޓްސަލް ޓީމަށް އިންޑޯ ހަމަޖައްސަން ވެސް އެފްއޭއެމުން އެދިފައި ނެތް ކަމަށެވެ. ނަމަވެސް އިންޑޯ ހަމަޖައްސައި ދިނުމަށް އެދުނީ ޓީމުގެ ވަކިވަކި ކުޅުންތެރިންތަކެއް ކަމަށް އޭނާ ބުންޏެވެ. ކުޅުންތެރިންގެ އެދުމުގެ މަތިން މިނސްޓްރީން އިންޑޯ ހަމަޖައްސައި ދިނުމުން ގައުމީ ފުޓްސަލް ޓީމު ކޮލިފައިން މުބާރާތަށް ދިޔައީ ސޯޝަލް ސެންޓަރުގައި ތަމްރީންތައް ފުރިހަމަ ކުރުމަށް ފަހު އެވެ.
މުޅި ރާއްޖޭގައި ވެސް އިންޑޯ ކުޅިވަރުތަކަށް ހުރީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އެކަންޏެވެ. ފުޓްސަލްއިން އިންޑޯ ހޯލް ބޭޏުން ކުރަން ފެށުމުން މިހާރު ފަސް ކުޅިވަރަކުން ސޯޝަލް ސެންޓަރުގެ އިންޑޯ ބޭނުން ކުރެ އެވެ.
މުފާވެސް ބައްސާމާ ދުރަށް؟ އެފްއޭއެމުން އިސްތިއުފާ ދީފި
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
ވެލެންސިއާގެ އަނެއް ފެކްޝަނުން އަޒުމީނަށް ތުހުމަތުތަކެއް
ވެލެންސިއާގެ "ވަގު ސިޓީ" ގެ މައްސަލަ ޕޮލިހަކު ނެތް
މުފާގެ ރައްދު؛ ތަހުގީގުން ހަގީގަތް ސާފު ވާނެ!
ވެލެންސިއާއިން ބުނާ "ފޯޖް" ސިޓީގެ މައްސަލަ ޕޮލިހަށް
އިންޑޯގައި ފަރިތަ ކޮށްލެވުމުން ހިތްހަމަ ޖެހިއްޖެ: ކޮކޯ
އެފްއޭއެމުން ގައުމީ ފުޓްސަލް ލީގެއް ފަށަނީ
ފުޓްސަލްގައި ތުރުކްމެނިސްތާން ރާއްޖެ ބަލިކޮށްފި
ކިރިގިސްތާނުން ވެސް ގައުމީ ފުޓްސަލް ޓީމު ބަލިކޮށްފި