ގައުމީ އެއްބައިވަންތަކަމުގެ ވަރަށް ރަނގަޅު ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން ދަ ޑިމޮކްރެޓްސް އިން މިއަދު ލަފާދީފައިވާ ކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
09 އޮކްޓޯބަރ 2023
ގައުމީ އެއްބައިވަންތަކަމުގެ ވަރަށް ރަނގަޅު ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން ދަ ޑިމޮކްރެޓްސް އިން މިއަދު ލަފާދީފައިވާ ކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހަށް މިއަދު ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ އަދުލުއިންސާފު ގާއިމްވެފައި އޮތް ހަމަހަމަކަމާ އެކީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން ކަމަށާއި އެކަމާ ބެހޭ ގޮތުން ޑިމޮކްރެޓްސްގެ ހުރި ވިސްނުންތައް ހިއްސާ ކުރެއްވި ކަމަށެވެ.
"އެ ބޭފުޅުންނަކީ ކުރީގައި ވެސް ސަރުކާރު ހިންގެވި ބޭފުޅުން ވީމާ އެ ސަރުކާރުން ކުރި ތަޖުރިބާ އަޅުގަނޑުމެންނާ ހިއްސާ ކުރެއްވީ. ދިމާވެފައި ހުރި މައްސަލަތަކާ. އެއާ އެކީ އޭގެ އަލީގައި ކުރިއަށް ދިއުމުގައި ހިޔާލު ހުރި ގޮތް ހިއްސާ ކުރެއްވި،" އަދުރޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގައި ބައިވެރިވުން އޮންނާނެ ވަރާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތެއް ނުދެއްވަ އެވެ.
އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، ތައުލީމާއި ގާބިލްކަމަށް ބަލައި އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.
ކާމިޔާބީގެ އަސްލަކީ ލީޑަޝިޕްގެ މަޝްވަރާ: އަބްދުއްރަހީމް
އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ކަފުން ވެދާނެ ވަގުތުކޮޅު
"އެންމެ ވަރުގަދަ ކެބިނެޓަށް ވާނެ، ޕްރެޝަރެއް ނެތް"
ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އެކުގައި: އަދުރޭ
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
އަދުރޭ ރައީސަށް: ވަޑައިގަންނަވާ، ހިޔާނާތްތައް ކިޔާނަން
މަގުމަތިވީ ޕީޕީއެމް/ޕީއެންސީ ދޫކުރި މީހުން: އަދުރޭ
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް
ޔާމީނަކީ ވަރަށް ކަންނެތް މީހެއް: އަބްދުއްރަހީމް
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް