Roadha Mihaaru
ތާޕްސީ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ ޓްރެއިލާ ނެރެފި

ތާޕްސީ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ ޓްރެއިލާ ނެރެފި

10 އޮކްޓޯބަރ 2023

ބޮލީވުޑްގެ ތަރި، ތާޕްސީ ޕަންނޫ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ދަކް ދަކް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ބޮލީވުޑްގެ ތަރި، ތާޕްސީ ޕަންނޫ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ދަކް ދަކް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ތާޕްސީ ޕްރޮޑިއުސްކުރާ މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ ރަތުނާ ޕާޓަކް ޝާހް އާއި ފާތިމަތު ސަނާ ޝައިހް އާއި ދިއާ މިރްޒާ އަދި ސަންޖަނާ ސަންގީ އެވެ.

މިއީ ރޯޑް-ޓްރިޕެއްގެ ތެރެއިން ހަތަރު އަންހެނެއްގެ މެދުގައި ހިނގާ ކަންތައްތަކެއް ދައްކާނެ ފިލްމެކެވެ. އަދި އެ ރޯޑް-ޓްރިޕްގައި އެ މީހުން ދަނީ އުޅަނދުފަހަރަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭ ގޮތަށް ހަދާފައިވާ ދުނިޔޭގެ އެންމެ ދިގު މަގުގެ އެއްކޮޅުން އަނެއްކޮޅަށެވެ. އިންޑިއާގައި އޮންނަ އެ މަގަކީ 52 ކިލޯމީޓަރުގެ ދިގު މަގެކެވެ.

މި މަހު 13 ގައި "ދަކް ދަކް" ސިނަމާތަކުގައި ދައްކަން ފަށަން ނިންމާފައި ވާއިރު، މި ފިލްމު ގެނެސްދޭ ސްޓޫޑިއޯ ކަމަށްވާ ވިއާކޮމް 18 އާއި ތާޕްސީއާ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އެ މައްސަލަތަކުގައި ތާޕްސީ މިހާރު ވަނީ ފިލްމު ޕްރޮމޯޓްކުރުން ވެސް ހުއްޓާލައިފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ތާޕްސީ ހިތްހަމަނުޖެހުނީ މި ފިލްމު އިޝްތިހާރުކޮށް މާކެޓްކުރުމުގައި ވިއާކޮމް 18 އިން ފަރުވާ ކުޑަކޮށްފައި ވާތީ އެވެ. އެ ސްޓޫޑިއޯ އިން ފިލްމުގެ ޕްރޮމޯޝަނަށް މާ ބޮޑު ކަމެއް ނުކުރަނީ، މި ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކައިގެން ސްޓޫޑިއޯ އިން ފިލްމަށް ކުރި ހަރަދާއި ފައިދާ ވެސް ލިބިފައި ވާތީ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ތާޕްސީ އަށް ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ވެސް ސްޓޫޑިއޯ އިން ނުދިން ކަމަށްވެ އެވެ.