ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ލީޑު ރޯލު ކުޅޭ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ"ގެ ފުރަތަމަ ޓީޒާ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ލީޑު ރޯލު ކުޅޭ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ"ގެ ފުރަތަމަ ޓީޒާ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
އެއް މިނެޓާއި 13 ސިކުންތުގެ މި ޓީޒާގައި ވަނީ މި ފިލްމުގެ ކާސްޓުންގެ ކުރު ތައާރަފެއް ދީފަ އެވެ. އަދި ފިލްމުން ފެންނާނެ ބައެއް ޝައުގުވެރި މަންޒަރުތައް ވެސް ވަނީ ހިމަނައިފަ އެވެ.
މިއީ ދީޕިކާ އާއި ރިތިކް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އޮން-ސްކްރީން ޖޯޑެއްގެ ގޮތުގައި މި ދެތަރިންގެ ކެމިސްޓްރީ ބަލައިލަން ލިބޭނެ ފުރަތަމަ ފިލްމެވެ.
"ފައިޓާ" އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ" އަދި "ބޭންގް ބޭންގް" ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނެކެވެ. މިއީ ސިދާތުގެ ޑައިރެކްޝަނެއްގައި ރިތިކް މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. ދީޕިކާގެ ދެވަނަ ފިލްމެވެ. އަދި އަނިލް ކަޕޫރުގެ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ހާއްސަ ރޯލުތަކުން ކަރަން ސިންގް ގްރޯވާ އަދި އަކްޝޭ އޮބެރޯއީ ވެސް ފެންނާނެ އެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް އަންނަ މަހު 25 ގަ އެވެ.
"ފައިޓާ"އަށް ތިން ދުވަސް ތެރޭގައި ރަނގަޅު އާމްދަނީ
އަގަސްތިޔަގެ އާ ފިލްމު "އިއްކިސް"ގެ ޓްރެއިލާ ނެރެފި
"ދޭ ދޭ ޕިޔާރު ދޭ 2" އަންނަ މަހު ގެނެސްދެނީ
ރިތިކްގެ "ވޯ 2"ގެ ޓްރެއިލާ އާންމުކޮށްފި
"ދަޅަކް 2"ގެ ޓްރެއިލާ ނެރެފި
ޕޯސްޓުތައް ޑިލިޓްކޮށްފައި ދިނީ އާ ފިލްމުގެ ޓްރެއިލާ
އިބްރާހިމްގެ ދެވަނަ ފިލްމުގެ ޓީޒާ ނެރެފި
ބޮލީވުޑްގައި ދީޕިކާ އާއި ސަންދީޕުގެ އަރައިރުމެއް!
"ސިތާރޭ ޒަމީން ޕަރު"ގެ އަންނަ މަހު ސިނަމާއަށް
ރާޖްކުމާރާއި ތުރިޕްތީގެ ފިލްމުގެ ޓްރެއިލާ