ކައިލީ ޖެނާ އިޒުރޭލަށް ސަޕޯޓްކޮށް އިންސްޓަގްރާމް ކުރި ޕޯސްޓަކާ ހެދި، އެއް ދުވަސް ތެރޭގައި މިލިއަނެއްހާ ފޮލޮވާސް އޭނާއަށް ގެއްލިއްޖެ އެވެ.
ކައިލީ ޖެނާ އިޒުރޭލަށް ސަޕޯޓްކޮށް އިންސްޓަގްރާމް ކުރި ޕޯސްޓަކާ ހެދި، އެއް ދުވަސް ތެރޭގައި މިލިއަނެއްހާ ފޮލޮވާސް އޭނާއަށް ގެއްލިއްޖެ އެވެ.
ކައިލީ މިދިޔަ ހޯމަ ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރި ޕޯސްޓެއްގައި އިނީ އިޒުރޭލުގެ ދިދައިގެ ފޮޓޯއެކެވެ. އަދި އެ ފޮޓޯގައި "އައި ސްޓޭންޑް ވިތު އިޒުރޭލު" ލިޔެފައިވެ އެވެ.
ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފަ އެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވަމުން ދާއިރު، އެމެރިކާގެ ބައެއް ސެލެބްރިޓީން ވަނީ އެ މީހުން އިޒުރޭލަށް ސަޕޯޓްކުރާ ކަން އަންގައިފަ އެވެ. އޭގެ ތެރޭގައި ކައިލީ ވެސް ހިމެނެ އެވެ.
Kylie Jenner loses around a million Instagram followers following her support for Israel. pic.twitter.com/asbZfOXoxE
— Pop Tingz (@ThePopTingz) October 9, 2023
ކައިލީ އެ ޕޯސްޓް ކުރިތާ މާ ގިނައިރުތަކެއް ނުވެ ޑިލިޓް ވެސް ކޮށްފި އެވެ. އޭނާ ޕޯސްޓު ޑިލިޓްކޮށްލީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ފަހުންނެވެ.
އެ ޕޯސްޓުކުރި އިރުގައި ކައިލީގެ ފޮލޮވާސްގެ އަދަދު އުޅުނީ 400 މިލިއަނަށް ވުރެ މަތީގަ އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 399 މިލިއަނަށް ވެއްޓިފަ އެވެ.
އިޒުރޭލަށް ސަޕޯޓްކޮށް ޕޯސްޓުކުރި މަޝްހޫރު ތަރިންގެ ތެރޭގައި މެޑޯނާ، އެމީ ޝޫމާ، މާކް ހެމިލް، ނެޓަލީ ޕޯޓްމަން، ގަލް ގެޑޯ، ޖެމީ ލީ ކާޓިސް، ނީނާ ޑޮބްރޭވް، ސޯފިއާ ރިޗީ އަދި އޭޝްލީ ޓިސްޑޭލް ހިމެނެ އެވެ. އެ އެންމެނަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
ކައިލީ އަށް އިންސްޓަގްރާމުން އާ ރިކޯޑެއް
ފަރުވާ ހޯދަމުން ހީނާ އަރާމުކޮށްލަން ސިޔާމް ވޯލްޑަށް
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި
ގޯހަރްގެ ދަރިފުޅުގެ މޫނު ދައްކާލީ އުމްރާ ދަތުރުގައި
ތުރިޕްތީގެ އިންސްޓަ ފޮލޮވާސްގެ އަދަދު ދެ މިލިއަނަށް
ވިޖޭއަށް އިންސްޓައިން މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސް
ކައިލީ ވައްޓާލައި އިންސްޓަގްރާމްގެ ރާނީކަން ސެލީނާއަށް
އިންސްޓަގްރާމް ޓިކްޓޮކަށް ވާތީ ކައިލީ ރުޅި ގަދަވެފައި
ކައިލީ އަކީ ތިމާވެށީގެ "ކްރިމިނަލް" އަކަށް ވެއްޖެ