Roadha Mihaaru
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި

ޝްރައްދާ އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި

26 އޯގަސްޓް 2024

ޝްރައްދާ ކަޕޫރް އިންސްޓަގްރާމްގައި 92.2 މިލިއަން ފޮލޯވާސް ހޯދައި ޕްރިޔަންކާ ޗޯޕްރާ ފަހަތަށް ޖައްސާލައިފި އެވެ.

ޝްރައްދާ ކަޕޫރް އިންސްޓަގްރާމްގައި 92.2 މިލިއަން ފޮލޯވާސް ހޯދައި ޕްރިޔަންކާ ޗޯޕްރާ ފަހަތަށް ޖައްސާލައިފި އެވެ.

މީގެ ކުރިން އިންސްޓަގްރާމްގައި ދެވަނަ އެންމެ ގިނަ ފޮލޯވާސް ތިބި އިންޑިއާގެ އެކައުންޓަކީ ޕްރިޔަންކާގެ އެކައުންޓެވެ. ނަމަވެސް، ކުޑަ ތަފާތަކުން ޝްރައްދާ މިހާރު ވަނީ އެ މަގާމު ހޯދައިފަ އެވެ. އަދި ޕްރިޔަންކާ މިހާރު އޮތީ އެ ލިސްޓުގެ ތިންވަނައަށް ވެއްޓިފަ އެވެ.

ޝްރައްދާގެ އިންސްޓަގްރާމްގައި 92.2 މިލިއަން ފޮލޯވާސް ތިބި އިރު، ޕްރިޔަންކާއަށް ފޮލޯކުރަނީ 91.8 މިލިއަން މީހުންނެވެ. އެއީ މިލިއަނެއްގެ ތަފާތެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޝްރައްދާގެ މި ކާމިޔާބީގެ ފަހަތުގައި ވަނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އޭނާގެ އާ ފިލްމު "ސްތުރީ 2" އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފިލްމަށް ވަނީ ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ.

އެ ފިލްމުގެ ޕްރޮމޯޝަނަށް އަދި އޭނާ އިޝްތިހާރުކުރާ ބްރޭންޑުތަކުގެ ކޮންޓެންޓުތަކުން އިންސްޓަގްރާމް ފީޑު ފުރިފައި އޮތުމަކީ ފޮލޯވާސް ކުއްލިއަކަށް އިތުރުވި ސަބަބެއް ކަމަށް ބެލެވެ އެވެ.

ޝްރައްދާ އިންސްޓަގްރާމްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަހަތަށް ޖައްސާލިތާ ވެސް އަދި މާ ގިނަ ދުވަސްތަކެއް ނުވެ އެވެ. މޯދީގެ އިންސްޓަގްރާމްގައި 91.3 މިލިއަން ފޮލޯވާސް ތިބެ އެވެ. މޯދީގެ އިންސްޓަގްރާމް އެކައުންޓަކީ މިހާރު ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ފޮލޯކުރާ އިންޑިއާގެ އިންސްޓަގްރާމް އެކައުންޓެވެ.

އެ ލިސްޓުގެ އެއްވަނައިގައި އޮތީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އެވެ. ވިރާޓްގެ 270 މިލިއަން ފޮލޯވާސް ތިބެ އެވެ.