މި އަހަރު ރާއްޖޭގައި 25 އާ ރިސޯޓް ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
06 ފެބުރުއަރީ 2017
މި އަހަރު ރާއްޖޭގައި 25 އާ ރިސޯޓް ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ޖުމްލަ 20 ރިސޯޓާއި ޓޫރިސްޓް ހޮޓަލެއް ވަނީ ހުޅުވިފަ އެވެ. އަދި މިދިޔަ އަހަރު ހަ އަތޮޅެއްގައި 11 ރިސޯޓަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި 135 ގެސްޓްހައުސް ރަޖިސްޓަރީ ކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ތެރޭގައި 13 އަތޮޅެއްގައި އިތުރު 25 ރިސޯޓާއި ގއ. ކޫއްޑޫގައި ޓޫރިސްޓް ހޮޓަލެއް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާ އެކު، ޓޫރިސްޓް އެނދުގެ އަދަދަށް މި އަހަރު 5،274 އިތުރު ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު ސިނާއަތް ކަމަށް ވުމާ އެކު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން މި ގެންދަނީ މި ދާއިރާގައި ކުރެވޭ އިންވެސްޓްމަންޓުތައް ފުޅާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މައްޗަށް،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
1. ރ. ފުރަވެރީގައި، ފުރަވެރި އައިލެންޑް ރިސޯޓް
2. ބ. ކަނިފުށީގައި، ފިނޮޅު ރިސޯޓް
3. ކ. މާދޫގައި، އޯޒެން ބައި މާދޫ
4. ކ. ކުޑަބަނޑޮހުގައި، މަލަހިނި ކުޑަ ބަނޑޮސް
5. ބ. ދިގުފަރުވިނަގަނޑުގައި، ދިގުފަރު އައިލެންޑް ރިސޯޓް
6. ޅ. ހުރަވަޅީގައި، ހުރަވަޅި މޯލްޑިވްސް
7. ދ. ވޮށްމުލީގައި، ސެއިންޓް ރެޖިސް މޯލްޑިވްސް ވޮށްމުލި
8. ނ. މެދުފަރުގައި، ސޮނޭވާ ޖާނީ
9. ބ. މިލައިދޫގައި، މިލައިދޫ އައިލެންޑް
10. ޅ. އޫކޮޅުފުށީގައި، ކޮކޫން މޯލްޑިވްސް
11. ބ. ވޯވަށުގައި، ފޯ ސީޒަންސް ވޯވަށް ޕްރައިވެޓް އައިލެންޑް
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޓޫރިސްޓުން ބައިތިއްބަން މިދިޔަ އަހަރު އާ 124 ތަނަކަށް ވަނީ ހުއްދަ ދީފަ އެވެ. އެއީ 11 ރިސޯޓަކަށާއި 11 ސަފާރީ އަކަށާއި 101 ގެސްޓްހައުސެއްގެ އިތުރުން، ޓޫރިސްޓް ހޮޓަލަކަށެވެ. އެއީ، ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ރިސޯޓް ހުޅުވި އަހަރެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އާ 50 ރިސޯޓް ހުޅުވުމަކީ ރައީސް ޔާމީންގެ ވައުދެކެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 4.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި 1.3 މިލިއަނަށް އަރައިފަ އެވެ. އެކަމަކު، އެއީ މިދިޔަ އަހަރު ގެންނަން އަމާޒުކުރި 1.4 މިލިއަން ޓޫރިސްޓުންނަށް ވުރެ ދަށް އަދަދެކެވެ.
މާލެ އަތޮޅުގެ 27 ފަޅެއް ޓޫރިޒަމަށް ތަރައްގީ ކުރަނީ
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި
ކޮރޯނާވައިރަަސް އިން ޓޫރިޒަމަށް ހިޔަނި އެޅިއްޖެ: ރައީސް
ރިޔާސީ ބަޔާނުގައި އެތައް ހުސްކަމެއް
24 ރިސޯޓާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ: ރައީސް
ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވައިލުން: އިބޫ
ރިއާސީ ބަޔާން: ޖަވާބު ނުލިބޭ އެތައް ސުވާލެއް!
މަޖިލީހުގެ ޖަލްސާތައް އަންނަ މަހުގެ 6 ގައި ފަށަނީ
ނާގޯށި ތަރައްގީނުކުރާތީ އަމިއްލަ އިންވެސްޓަރަކަށް ދެނީ
ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމުގެ އުސޫލު ބަދަލުކުރަނީ