12 އޮކްޓޯބަރ 2023
ގާޒާގައި ވެރިކަން ކުރަމުން އަންނަ ފަލަސްތީނުގެ "ހަމާސް ޖަމާއަތުގެ ކޮންމެ މެންބަރަކީ މަރުވެފައިވާ މީހެއް" ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.
ގާޒާގައި ވެރިކަން ކުރަމުން އަންނަ ފަލަސްތީނުގެ "ހަމާސް ޖަމާއަތުގެ ކޮންމެ މެންބަރަކީ މަރުވެފައިވާ މީހެއް" ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތައް ބައިވެރިކޮށްގެން އެކުލަވައިލި، ކުއްލި ހާލަތުގެ (އިމަޖެންސީ) ސަރުކާރުގެ ފުރަތަމަ ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމަކަށް އަންނާނީ ހަމާސް ޖަމާއަތް ނައްތައިލުމަށް ފަހު އެވެ. ހަނގުރާމަ ނިމމިގެން ދާއިރު ގާޒާގެ ތެރޭގައި، ދިރިހުރި ހަމާސްގެ އެންމެ މެމްބަރަކު ވެސް ނެތްކަން އިޒްރޭލުން ކަށަވަރު ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތައް ބައިވެރިކޮށްގެން، އާ ސަރުކާރެއް އެކުލަވައިލުމާ އެކު، ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އަށް އިތުރު ހަކަތަ ލިބިފައިވާ ކަމަށް، އިޒްރޭލު ސަރުކާރުން ބުނެ އެވެ. ސަރުކާރުގައި ބައިވެރިވި އިދިކޮޅު ލީޑަރު ބެނީ ގާންޓްޒް ވިދާޅުވި ގޮތުގައި މިހާރު މިއީ ހަނގުރާމަ ކުރަންވީ ވަގުތެވެ.
"މިއަދު އެކުލަވައިލި އާ ސަރުކާރު މިއޮތީ ވަރަށް ބަދަހި ގޮތެއްގައި. އަދި އަހަރެމެން މިތިބީ ހަމާސްއޭ ކިޔާ ބައިގަނޑު މިބިންމަތިން ފޮހެލުމަށް ތައްޔާރުވެ އެކަތިގަނޑަކަށް ވެގެން،" އިދިކޮޅު ލީޑަރު ބެނީ ގާންޓްޒް ވިދާޅުވި އެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ ގޮވައިލެއްވުމަށް އިޖާބަ ދެއްވައި، އިދިކޮޅު ގިނަ ސިޔާސީ ޕާޓީތައް ވަނީ ސަރުކާރާ ގުޅިފަ އެވެ. ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ޔައީރް ލަޕީޑް، މިހާތަނަށް ނަތަންޔާހޫގެ އެ ގޮވައިލެއްވުމަށް އިޖާބައެއް ނުދެއްވަ އެވެ.
ލަޕީޑްގެ އިންތިޒާރުގައި ހުންނެވިކަން ހާމަ ކުރައްވަމުން ނަތަންޔާހޫ އާއި ބެނީ ގާންޓްޒް ވިދާޅުވީ، ހަނގުރާމައިގެ ކެބިނެޓްގައި ލަޕީޑް އަށްޓަކައި ހުސް ގޮނޑިއެއް އަބަދުވެސް ހުންނާނެ ކަމަށެވެ. އިޒްރޭލުގެ އިދިކޮޅު ޕާޓީތަކުން ބުނި ގޮތުގައި ސިޔާސީ ދެބަސްވުންތައް އެއްފަރާތްކޮށް، ސަރުކާރާ ބައިވެރިވީ އިޒްރޭލަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިލެވޭނީ އެންމެން ގުޅިގެން ކަމަށްވާތީ އެވެ.
އާ ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ މުއްދަތުގައި ސަރުކާރުގެ ފަރާތުން އެއްވެސް ބިލެއް މަޖިލީހަކަށް ނުފޮނުވާނެ އެވެ. އަދި ހަނގުރާމައާ ސީދާ ގުޅުން ހުރި ކަމެއް ފިޔަވައި، ސަރުކާރުން އެހެން އެއްވެސް ކަމެއް މަޖިލީހަށް ހުށަނާޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިޒްރޭލުން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް މި އެކުލަވައިލީ، އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެނައުމުގެ ގޮތުން، އަގްސާ ތޫފާންގެ ނަމުގައި، އިޒްރޭލާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ހަނގުރާމަ ފަށައި، ގިނަ އަދަދެއްގެ ޔަހޫދީން މަރައިލުމާ ގުޅިގެންނެވެ.
އިޒްރޭލްގެ ހަމަލާއެއްގައި މަރުވި ފަލަސްތީނުގެ ކުޑަކުއްޖަކު އޭނާގެ ބައްޕަގެ އަތުން ވަޅުލަން ތައްޔާރު ވަނީ
އެ ހަނގުރާމައަށް މިއަދަށް ފަސް ދުވަސް ވެގެން ދިޔައިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ 190 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުގެ 3700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އެ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 1200 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އިތުރު 5600 މީހަކު ވަނީ ޒަޚަމްވެފަ އެވެ. ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ މިހާރު ވެސް ސުންނާފަތި ވެފައިވާ އިރު، އިޒްރޭލުން މިހާރު ތައްޔާރުވަމުން ދަނީ، އެއްގަމު މަގުން ގާޒާ އަށް އަރައިގަތުމަށެވެ. ގާޒާގެ ރަށްބޭރުގައި އިޒްރޭލުގެ އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން، ޓޭންކުތަކާއި ބަރު ހަތިޔާރުތަކާ އެކު ތައްޔާރީ ހާލަތުގައި ތިބި އިރު، ގާޒާ އަށް އަރައިގަންނާނެ ކަމަށް، އިޒްރޭލުން ވަނީ މިސްރަށާއި އެމެރިކާ އަށް އަންގައިފަ އެވެ.
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް
ގާޒާގެ އަމަން ބަލަހައްޓާނީ އިޒްރޭލުން: ނަތަންޔާހޫ
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
އަގްސާ ތޫފާން: ފަލަސްތީނުން ބޭރަށް ހަނގުރާމަ ފުޅާވަނީ
އަގްސާ ތޫފާން: ގާޒާ އަށް ބޮމާއި މިސައިލްގެ ވާރޭ
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން