Roadha Mihaaru
އޮޕަރޭޝަނަކަށް ކަމަށް ބުނެ ފައިސާ ހޯދުމުން ހުކުމެއް

އޮޕަރޭޝަނަކަށް ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމުން ނުވަ މަހަށް ގޭ ބަންދު

12 އޮކްޓޯބަރ 2023

ކުޑަކުއްޖެއްގެ އޮޕަރޭޝަނަކަށް އެހީ ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ނުވަ މަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖެއްގެ އޮޕަރޭޝަނަކަށް އެހީ ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ނުވަ މަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފި އެވެ.

ހދ. ކުޅުދުއްފުށީ މީހެއްގެ މައްޗަށް އެރަށު ކޯޓުން އެގޮތަށް ހުކުމްކުރީ 2020 ވަނ އަހަރު ތިން މަހުގެ ކުއްޖެއްގެ އޮޕަރޭޝަނަކަށް ފައިސާ ހޯދަން އެ ކުއްޖާގެ އާއިލާއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް ނަކަލުކޮށް، އަދި އެހެން އެކައުންޓް ނަމްބަރެއް ހިމަނައިގެން މީހުން އަތުން 2،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމުންނެވެ.

އެ މީހާގެ މައްޗަށް ކުރީ މަކަރާއި ހީލަތުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވިޔަސް، ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދޭން އެ މީހާ އެދުނެވެ. އެހެންވެ، މިދިޔަ ހަފުތާގައި ކުޅުދުއްފުށީ ކޯޓުން ހުކުމްކުރީ އެ މީހާ ނުވަ މަހާއި 18 ދުވަހަށް ގޭގައި ބަންދު ކުރުމަށެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލު ކުރުމުން ޖެހެނީ ނުވަ މަހުގެ މުއްދަތެކެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ކުރިން ވެސް ޖަލު ހުކުމާއި ގޭ ބަންދުގެ އަދަބުތައް މީހުންގެ މައްޗަށް އިއްވާފައިވެ އެވެ.