މާލޭގެ މަގުމަތިން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގައި އެކަކު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
10 ޖޫން 2024
މާލޭގެ މަގުމަތިން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގައި އެކަކު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޮގަސްޓް 2021 ގައި މަނީ އެކްސްޗޭންޖް ކުންފުންޏެއްގެ މުވައްޒަފުންތަކެއް މަގުމަތިން ދަނިކޮށް ދެ މީހަކު ވެގެން ގޮސް ވަޅިން ބިރު ދެއްކުމަށް ފަހު ނުވަ ލައްކަ ރުފިޔާ އާއި 27،000 ޑޮލަރު (ހަތަރު ލައްކަ ރުފިޔާ) ފޭރުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ހިޔަރޯދި މުހައްމަދު ޝަމްއާން ސަލީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޝަމްއާން އިތުރު މީހަކާ އެކު ސައިކަލުގައި ގޮސް ފައިސާ ދަބަސް ފޭރުނުއިރު، ސައިކަލް ދުއްވަން ހުރީ އޭނާ ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން އެކަމަށް ބާރު ދޭތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވަނީ އެ ކުށުގެ އަސްލު އަދަބަކީ 8 އަހަރަށް ޖަަލަށްލުން ކަމަށް ވިޔަސް، އޭނާ އެ މައްސަލާގައި ދެ އަހަރާއި 10 މަސް ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އެ ބައި ހުކުމުގެ މުއްދަތުން އުނި ކުރުމަށް ފަހު ފަސް އަހަރާއި އެއް މަހަށް އޭނާ ޖަލަށް ލާން ހުކުމްކުރީ ކަމަށެވެ.
އެ ފައިސާ ފޭރުނީ އެ ތަނުގެ ވެރިމީހާ އާއި މުވައްޒަފަކު ސައިކަލުގައި ދަނިކޮށް ބިންމައްޗަށް ވައްޓާލުމަށް ފަހު ވަޅިން ބިރު ދައްކައިގެންނެވެ.
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
އުމުރުން 29 އަހަރު، 78 ފަހަރަށް ހައްޔަރު!
ހަތަރު މިލިއަން ފޭރެން އުޅުމުން ދެ އަހަރަށް ޖަލަށް
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ފަށް ޖަހައިގަތް މީހާގެ ބަންދަށް ހަތް ދުވަސް
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
ކޭއެފްސީއަށް ގެއްލުންދިން މީހާގެ ބަންދަށް 30 ދުވަސް
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް