ލައްކައެއްހާ ރުފިޔާގެ އަގުހުރި ގަޑިއެއް ވަގަށް ނަގާފައި ވަނިކޮށް އެ ގަޑި ވިއްކި މީހަކާއި ކޭޝްކާޑަކުން ވަގަށް ވިޔަފާރިކުރި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
27 ޖޫން 2024
ލައްކައެއްހާ ރުފިޔާގެ އަގުހުރި ގަޑިއެއް ވަގަށް ނަގާފައި ވަނިކޮށް އެ ގަޑި ވިއްކި މީހަކާއި ކޭޝްކާޑަކުން ވަގަށް ވިޔަފާރިކުރި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޮކްޓޫބަރު، 2021 ގައި މާލޭގެ އެޕާޓްމެންޓަކުން ވަގަށް ނެގީ 98،000ރ. އަގުހުރި އޮމެގާ ބްރޭންޑްގެ ގަޑިއެކެވެ. އެ ގަޑި ވަގަށް ނަގާފައި ވަނިކޮށް އެހެން މީހަކަށް އެ ގަޑި 3،000ރ. އަށް ވިއްކާލި މައްސަލާގައި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ދައުލަތުން މއ. ލެއްގި އަބްދުލްއައްފާރު އަބްދުލްއަފޫރުގެ މައްޗަށެވެ. އަދި ހަމަ އެ ގެއިން ގެއްލުނު ކޭޝް ކާޑަކުން 1،500ރ. ގެ ވިޔަފާރިކުރި މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ގަޑި އަބްދުލްއައްފާރު އެހެން މީހަކަށް ވިއްކާލިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވާތީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
ކޭޝްކާޑުން ވިޔަފާރިކުރި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ ތެރެއިން ކުށް ސާބިތުވީ ސ. ފޭދޫ ފެހިވިދުވަރު މުހައްމަދު އިލްހާމްގެ މައްޗަށެވެ. އޭނާގެ ބައިގައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާ ހައްޔަރުކުރި ވަގުތު އެ ކޭޝްކާޑު އޭނާގެ އަތުން ފެނުނުއިރު، އެ ކާޑު ބޭނުންކޮށްގެން ގަނެފައިވާ ކޯސްޓް ކިރުދަޅާއި މައިލޯ ދަޅާއި ސިގިރެޓް ފަދަ ސާމާނު އޭނާގެ އަތުން ފެނުނު ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުވާތީ އޭނާ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލީ ކަމަށް ހުކުމުގައިވެ އެވެ.
އިލްހާމްގެ މައްޗަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ހަތް މަހުގެ ޖަލު ހުކުމެކެވެ.
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އުމުރުން 29 އަހަރު، 78 ފަހަރަށް ހައްޔަރު!
ހަތަރު މިލިއަން ފޭރެން އުޅުމުން ދެ އަހަރަށް ޖަލަށް
ރައުދަށް 27 ދުވަހުގެ ހުކުމެއް، ތަންފީޒުކުރާކަށްނުޖެހޭ
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރޭޓް ވައްކަމަށް އެހީވި ކަމަށް ތުހުމަތުކޮށްފި
ހަތަރު އަނބު ބިން ކަމަށް ބުނާ ދެ މީހަކު ބަންދަށް
މަންދީއަށް ހަމަލާދިން މީހާ އެހެން ކުށްތަކެއްގައިިި ޖަލަށް
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
ޗޮކްލެޓެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި