ގާޒާ (އޮކްޓޯބަރު 13) - ފަލަސްތީނުގެ ހަމާސް ޖަމާއަތް ނެތިކޮށްލުމަށް ކަމަށް ބުނެ ގާޒާ އަށް ދޭ ހަމަލާތައް އިތުރުކުރުމުގެ ގޮތުން އެ ސިޓީގެ ދެކުނުގައި އުޅޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން އިޒްރޭލުން 24 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.
ގާޒާ (އޮކްޓޯބަރު 13) - ފަލަސްތީނުގެ ހަމާސް ޖަމާއަތް ނެތިކޮށްލުމަށް ކަމަށް ބުނެ ގާޒާ އަށް ދޭ ހަމަލާތައް އިތުރުކުރުމުގެ ގޮތުން އެ ސިޓީގެ ދެކުނުގައި އުޅޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން އިޒްރޭލުން 24 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.
އިޒްރޭލުން މިހާރު ގާޒާ އަށް ހަމަލާ ދެމުންދަނީ ވައިގެ މަގުންނެވެ. އެ ހަމަލާތަކުގައި 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ވައިގެ މަގުން ދޭ ހަމަލާތަކުގައި ވެސް އިޒްރޭލްގެ ހިތް ނުފުރުނެވެ. މިހާރު ތައްޔާރުވަމުން ދަނީ ގްރައުންޑް ހަމަލާތައް ވެސް ގާޒާ އަށް ދިނުމަށެވެ.
އެ ހަމަލާތައް ދޭން ފެށުމުގެ ކުރިން އިޒްރޭލުން އިއުލާންކޮށްފައި ވަނީ ގާޒާގެ އުތުރުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ 1.1 މިލިއަން މީހުން 24 ގަޑިއިރު ތެރޭ އެ ސިޓީގެ ދެކުނު ސަރަހައްދަށް ހިޖުރަ ކުރުމަށެވެ.
އެކަމަކު އދ އިން ބުނަނީ މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހުން ބަދަލުކުރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ނުރައްކާތެރި އިތުރު ކަންތައްތަކެއް ނުކުންނާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
"ނުރައްކާތެރި އިންސާނީ ކާރިސާއެއް މިކަމުގެ ސަބަބުން ކުރިމަތި ވެދާނެ. މިއީ [24 ގަޑިއިރުތެރޭ މީހުން ބަދަލުކުރުމަކީ] ނުވާނެ ކަމެއް،" އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިޗް ވިދާޅުވި އެވެ.
އިޒްރޭލުން އިންޒާރު ދީފައި ވިޔަސް، އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށް ފަލަސްތީނުގެ ރެޑް ކްރޮސެންޓުން ބުންޏެވެ.
"އެގޮތަށް ނިންމައިފިން. އަހަރެމެން ދޫކޮށެއް ނުލާނަން. އަހަރެމެންގެ ސިއްހީ ހިދުމަތްތެރިން އެ މީހުންގެ އިންސާނީ ވާޖިބު އަދާކުރާނެ. މި ގައުމުގެ ރައްޔިތުން މަރުވާން އެކަނި ދޫކޮށްނުލާނަން،" ފަލަސްތީނުގެ ރެޑްކްރޮސެންޓުން ނެރުނު ބަޔާނުގައި ބުންޏެވެ.
އިޒްރޭލުން މިހާރު ވަނީ ގާޒާއިން ފެނާއި ކަރަންޓް އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފަ އެވެ.
ހަނދުފަޅި އާއި ސޮލީބުގެ ހަނގުރާމަ ފަށަންވީތޯ ސުވާލެއް
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ
އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަންނާނީ ކިހިނެއް؟
އިޒްރޭލްގެ 250 އަސީރުން އަތުލައިގެންފިން: ހަމާސް
އިޒްރޭލްގެ ހަމަލާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިން ގިނަ
ގިނަ އަދަދަކަށް އިޒްރޭލްގެ ސިފައިން އަތުލައިގެންފި
ޣައްޒާގައި 100 ދުވަސް ތެރޭ 24،000 މަރު
ޣައްޒާގެ ހަމަލާތަަކަށް 100 ދުވަސް، ދުނިޔެ ކުޅިބަލަން
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ