ގާޒާ (އޮކްޓޯބަރު 17) - އިޒްރޭލް 250 އެއްހާ އަސީރުން މިހާތަނަށް އަތުލައިގަނެވިފައިވާ ކަމަށް ގާޒާގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސްއިން ބުނެފި އެވެ.
ގާޒާ (އޮކްޓޯބަރު 17) - އިޒްރޭލް 250 އެއްހާ އަސީރުން މިހާތަނަށް އަތުލައިގަނެވިފައިވާ ކަމަށް ގާޒާގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސްއިން ބުނެފި އެވެ.
ހަމާސްގެ އަސްކަރީ ގޮފި އިއްޒުދީން އަލް ގައްސާމް ބްރިގޭޑިއާގެ ސްޕޯކްޕާސަން އަބައިދާ ބުނީ ހަމާސްގެ ބެލުމުގެ ދަށުގައި އިޒްރޭލްގެ 200 މީހުން އެބަތިބި ކަމަށެވެ. އަދި ފަލަސްތީނުގެ އެހެން ގުރޫޕްތަކުން ވެސް އިޒްރޭލްގެ 50 މީހުން އަތުލައިގަނެފައިވާ ކަމަށް އޭނާ ބުންޏެވެ.
"އޭގެ ތެރެއިން 22 އަސީރަކު މަރުވެފައި ވަނީ ސީދާ އިޒްރޭލުން ގާޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި،" އުބައިދާ ބުންޏެވެ.
އިޒްރޭލްގައި ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ މީހުން ވެސް ހަމާސްއިން އަތުލައިގަތެވެ. އެކަމަކު އެއީ ކިހާ އަދަދެއް ކަމެއް އުބައިދާ ހާމައެއް ނުކުރެ އެވެ. އިޒްރޭލުގެ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ 190 އަށް ވުރެ ގިނަ މީހުން ހަމާސްއިން ވަނީ އަތުލައި ގަނެފަ އެވެ.
"ބޭރުގެ ހުރިހާ އަސީރުން ދޫކޮށްލާނީ ޝަރުތުތަކަށް އެއްބަސްވުމުން،" އަނަޑޮލޫ ނިއުސް އެޖެންސީ އަށް އުބައިދާ ބުންޏެވެ.
"އެހެން ގައުމުތަކުގެ އަސީރުން ތިބީ އަހަރެމެންގެ އެންމެ ރަނގަޅު މެހެމާންދާރީގައި. އަދި އެ މީހުން ހައްޔަރު ކުރެވުނީތީ މައާފަށް އެދެން."
ހާމާސްއިން އިޒްރާއީލަށް ކުރާ އެންމެ ބޮޑު ޝަރުތަކީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމަ އަށް 10 ދުވަސް ވެއްޖެ އެވެ. އިޒްރޭލްގެ ހަމަލާތަކުގައި ގާޒާގައި 2،800 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 750 ކުޑަ ކުދިން ހިމެނެ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 1،300 މީހުން ވަނީ މަރުވެފަ އެވެ.
ހަނދުފަޅި އާއި ސޮލީބުގެ ހަނގުރާމަ ފަށަންވީތޯ ސުވާލެއް
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ
އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަންނާނީ ކިހިނެއް؟
ގާޒާގެ މިލިއަން މީހުން ގެދޮރުދޫކޮށް ދާން 24 ގަޑިއިރު
އިޒްރޭލްގެ ހަމަލާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިން ގިނަ
ގިނަ އަދަދަކަށް އިޒްރޭލްގެ ސިފައިން އަތުލައިގެންފި
ޣައްޒާގައި 100 ދުވަސް ތެރޭ 24،000 މަރު
ޣައްޒާގެ ހަމަލާތަަކަށް 100 ދުވަސް، ދުނިޔެ ކުޅިބަލަން
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ