އެކަނި މަހަށް ނުކުމެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު އދ. ދަނގެތި، ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދަން ސިފައިން ހިންގާ ބޮޑު އޮޕަރޭޝަނެއްގައި ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
16 އޮކްޓޯބަރ 2023
އެކަނި މަހަށް ނުކުމެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު އދ. ދަނގެތި، ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދަން ސިފައިން ހިންގާ ބޮޑު އޮޕަރޭޝަނެއްގައި ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ޔޫސުބެ ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
ސިފައިން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޑައިވްކޮށްގެންނާއި ވައިގެ މަގުންނާ އަދި ސާފޭސް ސާޗުތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ޑައިވްތަކުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާ އެކު، އދ. ދަނގެތިން ވެސް ޑައިވަރުންތަކެއް ބައިވެރިވި ކަމަށް ސިފައިން ބުންޏެވެ.
އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދުމުގެ މަސައްކަތުގައި ސިފައިންގެ މީހަކު ދުރުމި އަޅައިގެން ބަލަނީ.-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނި ގޮތުގައި؛
• ޑައިވްކޮށްގެން 78،850 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވޭ.
• ވައިގެ މަގުން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓުގައި 156.87 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވޭ.
• ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ހަކުރާ" ވަނީ 4.11 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވޭ.
އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދުމުގެ މަސައްކަތުގައި ޑައިވަރުން.-- ފޮޓޯ: އެމްއެންޑީއެފް
އުމުރުން 68 އަހަރުގެ ޔޫސުބެ ކުޑަ ދޯންޏެއްގައި މަހަށް ނުކުތީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓްކުރީ އެ ދުވަހު މެންދުރު ވަނިކޮށެވެ. ޔޫސުބެ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެކެވެ.
ޔޫސުބެ އިންޖީނުލީ ކުޑަ ދޯންޏެއްގައި މަސްވެރިކަމަށް ނުކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތީ ފަރާތަށެވެ. އަދި އދ. ރަންވެލީގެ އުތުރު ކަނޑުއޮޅިން އެ ދޯނި ދަނިކޮށް އެ ދުވަހު ހެނދުނު ބަޔަކަށް ފެނުނެވެ.
ޔޫސުބެ ހޯދަން 22 ޑައިވަރުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް، ޑޯނިއާ ވެސް ބޭނުންކުރަނީ https://t.co/udQtPxFOp4
— Mihaaru (@Mihaarunews) October 15, 2023
އެ ހާދިސާ އާ ގުޅޭ ގޮތުން ދަނގެތި ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ކުރިން ވިދާޅުވި ގޮތުގައި، ޔޫސުބެ ހޯދަން އެމްއެންޑީއެފްގެ 10 ޑައިވަރުންނާއި އެ ރަށުން 12 ޑައިވަރުން ބައިވެރިވެ އެވެ.
ދަނގެއްޗަކީ ރާއްޖޭގައި ޑައިވަރުން އެންމެ ގިނަ އެއް ރަށް ވެސް މެ އެވެ
ނާއިޝް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ޔޫސުބެ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް
ޔޫސުބެ ހޯދަން 22 ޑައިވަރުންގެ ބޮޑު އޮޕަރޭޝަނެއް!
އެކަނި މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ
ސްނޯކެލިންއަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދަނީ
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ނުފެނޭ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
"ގެއްލުނު މީހާ ހޯދުން ހުއްޓާލި ކަމަށް ބުނީ އޮޅިގެން"
ބޯޓުން ގެއްލުނުމީހާ ހޯދުން މެދުކަނޑާލައިފި
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ