Roadha Mihaaru
ކަންގަނާގެ "އިމަޖެންސީ" ލަސްވެއްޖެ

ކަންގަނާގެ "އިމަޖެންސީ" ލަސްވެއްޖެ

18 އޮކްޓޯބަރ 2023

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އެ ފިލްމު ފަސްކުރި ކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކުރީ ވެސް ކަންގަނާ އެވެ.

ކަންގަނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ގޮތަށް އޮތް "އިމަޖެންސީ" ފަސްކުރަން ނިންމީ ފުލުފުލުގައި އޭނާގެ ގިނަ ފިލްމުތަކެއް ސިނަމާ އަށް އަންނަ ގޮތަށް ތާވަލުކޮށްފައި އޮތުމުން ކަމަށެވެ.

އެ ޕޯސްޓުގައި ކަންގަނާ ބުނީ "އިމަޖެންސީ" އަކީ އޭނާގެ މުޅި ފިލްމީ ކެރިއަރުގައި ލިބުނު ތަޖުރިބާ އިން ވަރަށް ބުރަކޮށް ކުރި އަދި އޭނާ އަށް ވަރަށް ހާއްސަ ވެސް މަސައްކަތެއް ކަމަށެވެ. އެހެންވެ، އެ ފިލްމަށް އޭނާ ހާއްސަ އަހައްމިއްޔަތު ކަމެއް ދޭން ބޭނުންވާ ކަމަށް ބުންޏެވެ.

މިދިޔަ މަހު ރިލީޒްކުރި ކަންގަނާ އުޅޭ "ޗަންދުރަމުކީ 2" އަށް ފަހު، މި މަހު 27 ގައި ވެސް ކަންގަނާގެ އާ ފިލްމެއް ރިލީޒްކުރާނެ އެވެ. އެއީ ކަންގަނާ އަސްކަރީ ޕައިލެޓެއްގެ ރޯލު ކުޅޭ "ތޭޖާސް" އެވެ.

"އިމަޖެންސީ"ގައި އިންދިރާ ގާންދީގެ ރޯލު ކުޅެނީ ކަންގަނާ އެވެ. އެ ފިލްމު ޑައިރެކްޓުކުރީ ވެސް އޭނާ އަމިއްލަ އަށެވެ.

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާ ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ޝްރެޔަސް ތަލްޕަޅޭ އަދި ސަތީޝް ކޯޝިކް އެވެ.