Roadha Mihaaru
ކަންގަނާގެ "އެމަޖެންސީ" އަންނަ މަހު 6ގައި އަޅުވަނީ

ކަންގަނާގެ "އެމަޖެންސީ" އަންނަ މަހު ހައެއްގައި އަޅުވަނީ

15 އޯގަސްޓް 2024

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ" އަންނަ މަހު ހައެއްގައި ރިލީޒްކުރަން ނިންމައިފި އެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ" އަންނަ މަހު ހައެއްގައި ރިލީޒްކުރަން ނިންމައިފި އެވެ.

ކަންގަނާ ވަނީ "އިމަޖެންސީ" އަންނަ މަހު ހައެއްގައި ރިލީޒްކުރަން ނިންމައި ސޯޝަލް މީޑިއާގައި އިއްޔެ އެކަން އިއުލާންކޮށްފަ އެވެ. އަދި އެ ފިލްމުގެ އާ ޓްރެއިލާއެއް ވެސް ވަނީ ނެރެފަ އެވެ.

"އިމަޖެންސީ" ސިނަމާތަކަށް މި ގެންނަނީ އެކި ފަހަރު މަތިން ފަސްކުރުމަށް ފަހުގަ އެވެ. އެ ފިލްމު އެންމެފަހުން ފަސްކުރީ މިދިޔަ އަހަރު ގެނެސްދިން ކަންގަނާގެ ގިނަ ފިލްމުތަކެއް ފުލުފުލުގައި ފްލޮޕްވުމުންނެވެ.

ކަންގަނާ ކުރިން ބުނި ގޮތުގައި، "އިމަޖެންސީ" އަކީ އޭނާގެ މުޅި ފިލްމީ ކެރިއަރުގައި ލިބުނު ތަޖުރިބާއިން ވަރަށް ބުރަކޮށް ކުރި އަދި އޭނާއަށް ވަރަށް ހާއްސަ ވެސް މަސައްކަތެކެވެ. އެހެންވެ، އެ ފިލްމަށް އޭނާ ހާއްސަ އަހައްމިއްޔަތު ކަމެއް ދެ އެވެ.

"އިމަޖެންސީ"ގައި އިންދިރާ ގާންދީގެ ރޯލު ކުޅެނީ ކަންގަނާ އެވެ. އެ ފިލްމު ޑައިރެކްޓުކުރީ ވެސް އޭނާ އަމިއްލަ އަށެވެ.

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާ ފިލްމްސްއިން ޕްރޮޑިއުސްކުރި މި ފިލްމުގެ އިތުރު މުހިންމު ރޯލުތައް ކުޅުނީ އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ޝްރެޔަސް ތަލްޕަޅޭ އަދި ސަތީޝް ކޯޝިކް އެވެ.