Roadha Mihaaru
11 ގަޑިއިރުން ކޭކް ޑޮނާސް 350،000ރ. ހޯދައިފި

ފަލަސްތީނަށް އެހީވާން 11 ގަޑިއިރުގެ ތެރޭގައި ކޭކް ޑޮނާސް އަށް 350،000 އެއްހާ ރުފިޔާ

18 އޮކްޓޯބަރ 2023

ފަލަސްތީނަށް އެހީވާން ކޭކް ޑޮނާސް އިން އިއްޔެ ބޭއްވި ހަރަކާތުން 350،000 އެއްހާ ރުފިޔާ ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަލަސްތީނަށް އެހީވާން ކޭކް ޑޮނާސް އިން އިއްޔެ ބޭއްވި ހަރަކާތުން 350،000 އެއްހާ ރުފިޔާ ލިބިއްޖެ އެވެ.

ތަފާތު އެކި ވައްތަރުގެ ކެއުންތަކާއި ޕޭސްޓްރީސްތައް ވިއްކަން މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި އިއްޔެ ހެނދުނު 7:00 އިން ހަވީރު 6:00 އަށް ސްޓޯލްތައް ބެހެއްޓި އެވެ.

ކޭކް ޑޮނާސްގެ ފައުންޑަރު އައިޝަތު ޝެރިން ވިދާޅުވީ މާލޭގެ އިތުރުން ހދ. ފިނޭގައި އެ ކޮމިއުނިޓީގެ ވޮލެންޓިއަރުން ހަރަކާތްތެރިވެ މާލެ ސަރަހައްދުން 341،865ރ. އަދި ފިނޭއިން 5،406ރ. އާއެކު ޖުމްލަ 347،271ރ. ލިބުނު ކަމަށެވެ.

އޭގެ އިތުރުން އެހީގެ ގޮތުގައި 365 ޑޮލަރާއި 55 ޔޫރޯ ލިބިފައިވެ އެވެ.

އެގާރަ ގަޑިއިރުގެ ހަރަކާތުން ލިބުނު ހުރިހާ ފައިސާއެއް އެ ފަރާތުން ވަނީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހަދިޔާކޮށްފަ އެވެ.

ކޭކު ޑޮނާސް އަކީ އިޖުތިމާއީ މި ފަދަ ކަންކަމުގައި 2016 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކޮމިއުނިޓީ އެކެވެ. އެކި ހާދިސާތަކާއި ބަލިތަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ކޮމިއުނިޓީން އިސްނަގައިގެން މީގެ ކުރިން ވެސް އެހީދީފައި ވެ އެވެ.