މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ރައްޔިތުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
18 އޮކްޓޯބަރ 2023
މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ރައްޔިތުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މިއަހަރު ދައުލަތުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
- ޖުމްލަ ރިކަރަންޓް ހަރަދު: 3.1 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު: 3.3 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރާނެ އެވެ. އަދި އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅާފަ އެވެ. އާސަންދައަށް އިތުރު ކުރި 1.2 ބިލިއަން ރުފިޔާއާ އެކު އާސަންދައަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
ކެޕިޓަލް ހަރަދު އިތުރު ކޮށްފައިވަނީ ޕީއެސްއައިޕީއަށް ކުރާ ހޭދަ އިތުރުވުމުންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ރިކަރަންޓް ހަރަދު 31.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ. ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުން ފެށިގެން އަހަރުގެ މެދު ތެރެއިން އަންނަނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުންނެވެ.
ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ނ. ގައި ބުނާގޮތުން މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީޙުން ފާސްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކޮށްގެން ނުވާނެ އެވެ. އަދި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ބޭނުންވާނަމަ، އެއް މަސް ދުވަސް ކުރިން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް މާލިއްޔަތު ގާނޫނުގައި ބުނެ އެވެ.
މިއަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މި މަސް ނިމުމުގެ ކުރިން ސަރުކާރުން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
ސަޕްލިމަންޓްރީ ބަޖެޓު ފޮނުވީ ކުރިންވެސް ފޮނުވާ ގޮތަށް
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
އިދިކޮޅުން ހުށަހެޅި އިސްލާހާ ނުލައި ބަޖެޓް ފާސްކޮށްފި
ބަޖެޓަށް ވޯޓަށް އެހުން ހޯމަ ދުވަހު
ސަޕްލިމެންޓަރީ ބަޖެޓާގުޅޭ އިންކުއަރީއެއް ހަދަން އެދިއްޖެ